Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީންގެ މައްސަލަ

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެ ގެނައި ބަޔަކު ތިބޭނެ، މިއީ އެއް ދުވަހަކުން ކުރިމަތިވިކަމެއް ނޫން: ރައީސް

4 މެއި 2020 | ހޯމަ 22:06

މި ސަރުކާރުން ވަނީ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ފަށާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 4 މެއި 2020 | ހޯމަ 22:06
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫން ކަމަށާއި، ބިދޭސީން ރާއްޖެއަށް ގެނައި ބަޔަކުވެސް ތިބޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ބިދޭސީންގެ މައްސަލާގައި ރައީސް ސޯލިހު ކަންބޮޑުވުން ފާޅުކުރެއްވީ ހޯމަ ދުވަހު ގައުމާ މުހާތަބު ކުރައްވާ ދެއްވި ހިތޯބުގައެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި މިހާރު "ކޯވިޑް-19" ފެތުރެމުންދާ ގޮތަށް ބަލާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ، އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައިކަމަށެވެ. އަދި މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވެސް އެއީ ކަމަށާއި، އެކަމަށް ހައްލެއް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ރާއްޖޭގައި އުޅެމުންދާއިރު އެ މީހުން ގެނައި ބަޔަކުވެސް ރާއްޖޭގައި ތިބޭނެ ކަމަށް ވިދާޅުވެއް ސުވާލު އުފައްދަވާފައެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި، ފުރަތަމަ ބުރުގައި، އެ ތަންތަނަށް 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބީދޭސީން އެމީހުންގެ ޤައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް މިއަންނަނީ ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވި އެވެ.

އެ މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވިދާޅުވީ ބަނގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެ ޤައުމުގެ 1500 މީހަކު، އެ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެކަމަށެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވެފައިމިވަނީ، މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ ބަންގަލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. މި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ޑެލިވަރީގެ އިތުރުން ފިހާރަތަކުގައި މަސައްކަތްކުރާ މީހުންނެވެ.

ކުރީގެ އެއްވެސް ސަރުކާރަކުން ބިދޭސީންގެ މައްސަލަ އަށް ހައްލެއް ގެނައުމަށް އެއްވެސް މަަސައްކަތެއް ކޮށްފައިނުވާއިރު، ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ބިދޭސީން ގަވާއިދާ، ޤާާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅޭ 40،000 މީހުން ވަނީ އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ޕޯޓަލް ގައި ރަޖިސްޓްރީ ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް