Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ \"ސަންސެޓް ބިލް\"އަށް ބަހުސްކުރުން

ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން ބޭތިއްބުމަށް ހުށަހެޅި ހާއްސަ ބިލުގެ ބަހުސް!

4 މެއި 2020 | ހޯމަ 07:38

ޖޫން 3ގެ ނިޔަލަށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 މެއި 2020 | ހޯމަ 07:38
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

މިހާރު ތިބި ކައުންސިލްތަކުގެ ދައުރު، ހަމަވިނަމަވެސް، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން ބޭތިއްބުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ޚާއްޞަ ބިލު މަޖިލީހުގެ ތަޅުމަށް ހުށަހަޅާއި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްޞަ ބިލް 2020" ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ ހުށަހަޅާފައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ޖަލްސާއަށް މި ބިލު ހުށަހަޅުއްވަމުން ޙަސަން ލަޠީފް ވިދާޅުވީ، މި ބިލަކީ ޤާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވިއްޖެ ޙާލަތެއްގައި ދެން ޢަމަލު ކުރާނެ ގޮތެއް ޤާނޫނުއަސާސީގައި ބަޔާން ކޮށްފައި ނުވާ ކަމަށެވެ. އަދި މިޙާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމާއި، ރާއްޖެއަށް މިހާރު ދިމާވެފައިމިވާ ޙާލަތަކީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެވޭނެ ޙާލަތެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ.

ޙަސަން ލަޠީފް ވިދާޅުވީ، ޤާނޫނުއަސާސީގައި ބުނަނީ، ސިއްރު ވޯޓަކުން އިންތިޚާބު ކުރެވޭ ކައުންސިލްތަކަކުން އިދާރާ ދާއިރާތައް ހިންގުން ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށްދާ ކައުންސިލްތަކުގެ ދައުރު ޖޫން މަހުގެ 3 ވަނަ ދުވަހަށް ހަމަވާއިރު، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ޙާލަތެއް ނެތްކަމަށްވާއިރު، އަދި އަމުދުން ސިއްރު ވޯޓަކުން އިންތިޚާބު ކުރެވޭ ކައުންސިލަރުންތަކެއް އިންތިޚާބު ކުރެވެން ނެތް ޙާލަތެއް ރާއްޖެއަށް ކުރިމަތިވެފައިވާތީ، މިބިލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

ޙަސަން ލަޠީފް ވިދާޅުވީ، ޤާނޫނުއަސާސީގެ މަފްޙޫމަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުކަމަށްވާއިރު، މިހާރު ތިބި ކައުންސިލަރުން، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން ބޭއްތިއްބުމަކީ ކުރެވިދާނެ ކަމެއްކަމަށް ޤަބޫލު ކުރައްވާކަމަށެވެ. އަދި މިހާރު ތިބި ކައުންސިލަރުން އިންތިޚާބު ކޮށްފައިވަނީ، ތިން އަހަރަކަށް ކަމަށްވިޔަސް، ޤާނޫނުއަސާސީގެ އެމާއްދާ ވަރަށް ފަހުން އިޞްލާޙުކޮށް، ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލުކޮށްފައިވާކަމަށެެވެ. އެހެންކަމުން މިހާރު ތިއްބެވި ކައުންސިލަރުން، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން ބޭތިއްބުމަކީ ކުރެވިދާނެ ކަމެއްކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ.

މިބިލަކީ، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ހަމާވާތީ، ކައުންސިލްތައް ޤާނޫނީ ހުސްކަމެއް، ނުވަތަ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާތީ، އެކަމަށް ޤާނޫނީ ފަރުވާއެއް ހޯދުމަށް ހުށަހަޅާފައިވާ ޚާއްޞަ ބިލެކެވެ. މިބިލުގެ މައިގަނޑު މަޤްޞަދަކީ ޖޫން މަހުގެ 3 ގެ ފަހުން، އަދި ކައުންސިލްތަކުގެ އިންތިޚާބު ބޭއްވި، ކައުންސިލަރުން މަޤާމާ ހަވަލުވުމާހަމައަށް، މިހާރު ހިނގަމުންދާ ކައުންސިލަރުން ބޭއްތިއްބުމަށާއި ޤާނޫނުއަސާސީގައި ރާއްޖެ ހިންގަންޖެހޭނީ ލާމަރުކަޒީ އުޞޫލުންކަމަށްބުނާތީ، އެ މަފްޙޫމް ދެމެހެއްޓުމަށްޓުމުގެ މަޤްޞަދުގައި ހުށަހަޅާފައިވާ ޚާޢްޞަ ބިލެކެވެ.

މިބިލަށް ބައެއް މެންބަރުން ދެކޮޅު ހެއްދެވިއެވެ. ދެކޮޅު ހެއްދެވި މެންބަރުން ވިދާޅުވަނީ، މިބިލު މިހާރު މިއޮތްގޮތަށް ބަލާނަމަ ޤާނޫނުއަސާސީއާއި ޚީލާފުކަމަށެވެ.

ޙަސަން ލަޠީފަކީ ގާނޫނުއަސާސީ ޑްރާފްޓް ކުރުމުގައި އުޅުއްވި، ޤާނޫނީ ވަކީލެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް