Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީން ޞިއްޙީ އާލްތައް އެކްސްޕޯޓް ކުރުން

ތުރުކީން، ސިއްހީ އާލާތްތައް އެކްސްޕޯޓުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި

3 މެއި 2020 | އާދީއްތަ 03:54

މީގެކުރިން ތުރުކީވިލާތުގައި ޞިއްހީ އާލާތްތައް އެކްސްޕޯޓުކުރުމަކީ މަނާކަމެއް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 3 މެއި 2020 | އާދީއްތަ 03:54
ތުރުކީގެ މެޑިކަލް ޓީމަކުން ކޮވިޑް-19 ބަލި މީހަކަށް އިމަރޖެންސީ ފަރުވާދެނީ

ތުރުކީގެ މެޑިކަލް ޓީމަކުން ކޮވިޑް-19 ބަލި މީހަކަށް އިމަރޖެންސީ ފަރުވާދެނީ

ތުރުކީވިލާތުގެ ސަރުކާރުން ޞިއްޙީ އާލާތްތައް އެކްސްޕޯޓުކުރުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފި އެވެ.

މިކަން އިޢުލާނުކޮށް، އެޤައުމުގެ ސަރުކާރުން ޢާންމުކުރި ޤަރާރުގައިވަނީ މިފަދައިން ނިންމީ ވިލާތުގެ ޤައުމުތައް ޞިއްޙީ އާލާތްތަކައް ޖެހިފައިވާތީ އެކަމަށް ލުޔެއް ގެނެސްދިނުމުގެ ގޮތުންކަމަށެވެ.

ތުރުކީ ވިލާތުގެ ކޮމަރސް މިނިސްޓްރީން ބުނެފައިވަނީ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން، ރެސްޕިރޭޓަރާއި، އިންކިއުބޭޓަރ ފަދަ ޞިއްޙީ އާލާތްތަކުގެ އިތުރުން ޑިސްއިންފެކްޓްކުރުމަށް ބޭނުންކުރާ އެތަނޯލް ފަދަ ބާވަތްތައް ބޭރުގެ ޤައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ފަހިވެގެން ދިޔަކަމަށެވެ.

މީގެކުރިން ޞިއްޙީ އާލާތްތައް އެކްސްޕޯޓުކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އެހެންނަމަވެސް ވަކި ޚާއްޞަ ޙާލަތްތަކެއްގައި، މައި ސަރުކާރުގެ ހުއްދައާއެކު ޞިއްޙީ އާލާތްތައް ފޯރުކޮށްދީފައި ވެއެވެ. މިފަހަރު އެޤައުމުގެ ސަރުކާރުން ޞިއްޙީ އާލާތްތައް އެކްސްޕޯޓުކުރުމަށް ހުއްދަ ދިނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުންނެވެ.

ވަގުތީ ގޮތުން ލުޔެއް ދިންނަމަވެސް، އެކްސްޕޯޓުކުރަން ހުއްދަދިން ޤަރާރު ބާޠިލުކުރާނެ ދުވަހެއް ތަރުޖަމާނު ހާމަކުރައްވާފައެއް ނުވެ އެވެ.

ތުރުކީ ސަރުކާރުން މި ނިންމި ނިންމުމާއި ގުޅިގެން، ތުރުކީ ވިލާތުގައި ފާމަސޫޓިކަލް އާލާތްތައް އުފައްދާ ކުންފުނިތަކުގެ އުފެއްދުންތެރިކަމުގެ ނިޞްބަތް ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެކަމަށް ލަފާކުރެވެ އެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެހެން ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި އެންމެ ބޮޑުގޮންޖެހުމެއްގެ ގޮތުގައި ކުރިމަތިވެފައިވާ ޞިއްޙީ އާލާތްތަކައް ޖެހުމުގެ މައްސަލައަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެ އެވެ. ވަކިން ޚާއްޞަގޮތެއްގައި ވިލާތު ބައްރުގެ ބައެއް ޤައުމުތަކުގައި ހިފެހެއްޓުމެއްނެތި ވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި، އެޤައުމުތަކައް ލުއި ފަސޭހަކަމާއެކު ޞިއްޙީ އާލާތްތައް ހޯދުމަށް މަގުފަހިވެގެންދާނެ އެެވެ.

ބައިނަލްއަޤުވާމީ މުފައްކިރުން ބުނާގޮތުގައި، ކޮވިޑް-19 ބަލިަމޑުކަމުގެ ތެރޭގައި ތުރުކީން ދަނީ ސިޔާސީ ކާޑުކުޅެ، ޤައުމުތަކާއި ގުޅުން ބަދަހި ކުރަމުންނެވެ. އެގޮތުން ބައެއް ޤައުމުތަކައް ޞިއްޙީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. ތުރުކީވިލާތުން ވަނީ ހޮނިހިރު ދުވަހު ސޯމާލިއާއަށް ޞިއްޙީ އާލާތްތަކުގެ އެހީތެރިކަން ފޯރުކޮށްދީފަ އެެވެ. މިތަކެތި ހިފައިގެން ދިޔައީ ތުރުކީ ވިލާތުގެ އަސްކަރިއްޔާގެ ޚާއްޞަ އުޅަނދެއްގަ އެވެ.

ތުރުކީ ވިލާތުން 124,375 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، 3,336 މީހުންވަނީ މި ވައިރަސްގައި މަރުވެފަ އެވެ. އަދި 58,259 މީހަކުވަނީ ފަރުވާދީގެން ރަނގަޅުކޮށްފަ އެވެ. މިހާރުވެސް، 62,780 މީހުންނަށް ފަރުވާދެމުންދާއިރު، މީގެތެރެއިން 1,445 މީހެއްގެ ޙާލަތު ގޯސްކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

06 އޯގަސްޓު 2018

އެމެރިކާގެ ދެ ވަޒީރަކާއި ދެކޮޅަށް ތުރުކީން ފިޔަވަޅު އަޅައިފި

06 އޯގަސްޓު 2018
އެމެރިކާގެ ދެ ވަޒީރަކާއި ދެކޮޅަށް ތުރުކީން ފިޔަވަޅު އަޅައިފި
20 މެއި 2018

ޒަޚަމްވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ތުރުކީން އެހީވުމަށް އިސްރާއީލުން ހުރަސް އަޅަނީ

20 މެއި 2018
ޒަޚަމްވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ތުރުކީން އެހީވުމަށް އިސްރާއީލުން ހުރަސް އަޅަނީ
10 ޖެނުއަރީ 2018

ތުރުކީން އެގައުމުގައި ތިއްބަވާ ރަޝިއާ އަދި އިރާނުގެ އެމްބެސެޑަރުން ހާޒިރުކޮށްފި

10 ޖެނުއަރީ 2018
ތުރުކީން އެގައުމުގައި ތިއްބަވާ ރަޝިއާ އަދި އިރާނުގެ އެމްބެސެޑަރުން ހާޒިރުކޮށްފި
27 ޑިސެމްބަރު 2017

ތުރުކީން ގަތަރަށް ސިފައިންގެ ފައުޖެއް ފޮނުވައިފި

27 ޑިސެމްބަރު 2017
ތުރުކީން ގަތަރަށް ސިފައިންގެ ފައުޖެއް ފޮނުވައިފި
19 ޑިސެމްބަރު 2017

ގުދުސްއާ ގުޅޭގޮތުން ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯ ކުރުމުން ތުރުކީން ކަންބޮޑުވުން ފާޅުކޮށްފި

19 ޑިސެމްބަރު 2017
ގުދުސްއާ ގުޅޭގޮތުން ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯ ކުރުމުން ތުރުކީން ކަންބޮޑުވުން ފާޅުކޮށްފި
06 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ތުރުކީން އިތުރު 10000 ޓަނުގެ އެހީ ފޮނުވަނީ

06 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް ތުރުކީން އިތުރު 10000 ޓަނުގެ އެހީ ފޮނުވަނީ
02 ސެޕްޓެމްބަރު 2017

ނާކާމިޔާބުކޮށްލި ބަޣާވާތާ ގުޅުންހުރި ކަމަށްބުނެ ތުރުކީން ޖަރުމަނު ދެ މީހުން ހައްޔަރުކޮށްފި

02 ސެޕްޓެމްބަރު 2017
ނާކާމިޔާބުކޮށްލި ބަޣާވާތާ ގުޅުންހުރި ކަމަށްބުނެ ތުރުކީން ޖަރުމަނު ދެ މީހުން ހައްޔަރުކޮށްފި
20 އޯގަސްޓު 2017

އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް

20 އޯގަސްޓު 2017
އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް