Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް

ނޫސްވެރިންގެ މަސައްކަތްތައް ބައްޓަންކުރަންވީ ކޮވިޑުން ސަލާމަވްވުމަށް ކުރެވޭ މަސައްކަތާ އެއް މިސްރާބަކަށް: މަރިޔަމް ވަހީދާ

3 މެއި 2020 | އާދީއްތަ 01:30

މި އަހަރުގެ ޝިއާރަކީ ބިރުވެރިކަމެއް ނުވަތަ ވަކި ފަރާތަކަށް ބުރަވުމެއް ނެތި ކުރެވޭ ނޫސްވެރިކަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 މެއި 2020 | އާދީއްތަ 01:30
ރާއްޖެޓީވީގެ ނޫސްވެރިން

ރާއްޖެޓީވީގެ ނޫސްވެރިން

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި ނޫސްވެރީންގެ މަސައްކަތްތައް ވެސް ބައްޓަންކުރަންޖެހިފައި މި ވަނީ މި ވަބާއިން އިންސާނިއްޔަތު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކާ އެއް މިޞްރާބަކަށް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހިދާ ވިދާޅުވެއްޖެއެވެ.

މަރިޔަމް ވަހީދާ މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖްގައެވެ. އެނާ ވިދާޅުވީ މި އަހަރުގެ މި ދުވަސް ކުރިމަތިލަނީ އިންސާނީ ޙަޔާތުގައިވެސް މީގެ ކުރީން ކުރިމަތިވެފައި ނުވާ ފަދަ ބޮޑު ބަލިމަޑުކަމެއް މުޅި ދުނިޔެ ތަޙައްމަލުކުރަމުންދާ ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. އެހެންކަމުން، ނޫސްވެރީންގެ މަސައްކަތްތައް ވެސް މި ދުވަސްވަރު ބައްޓަންކުރަންޖެހިފައި މި ވަނީ މި ވަބާއިން އިންސާނިއްޔަތު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކާ އެއް މިޞްރާބަކަށް ކަމަށެވެ.

Advertisement - newsAdvertisement

އަދި ރާއްޖޭގައި ވެސް ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާއިރު ނޫސްވެރިންނަށް މިނިވަންކަމާއެކު މި ކަމުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ފަހި ފުރުޞަތުތަކެއް ތަނަވަސްވެފައިވީ ނަމަވެސް، އެ ފުރުޞަތުގެ ބޭނުން ކުރަންވާނީ މި ކަމުގެ ޞައްޙަ މަޢުލޫމަތު ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށް ފަހުގައިކަން މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި ދުނިޔޭގެ ސައެންޓިފިކް ކޮމިއުނިޓީއިން ރިސާޗްކޮށް ހާމަކުރާ މި ބަލީގެ އެންމެ ފަހުގެ މަޢުލޫމާތަށް ބުރަވެ ނޫސްވެރިކަން މި ދާއިރާގައި ފުޅާކުރުމަކީ މުހިއްމުކަމެއްކަމަށް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް އައިސްފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ނުރަނގަޅު އަސަރު މީޑިއާތަކަށް ވެސް ކޮށްފައިވާ މިދަނޑިވަޅުގައި، ސަރުކާރުގެ ފަރާތުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުވައިދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާ ކުރައްވާފައިވެއެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ޒުވާން ނޫސްވެރިންގެ ތެރެއިން ގެއްލުވާލައިފައިވާ ނޫސްވެރިޔާ، އަޙްމަދު ރިލްވާނާއި މަރާލައިފައިވާ ނޫސްވެރިޔާ، ޔާމީން ރަޝީދުގެ މަތީން ހަނދުމަކޮށް، އެ ފަރާތްތަކުގެ ޢާއިލާތަކަށް އިންސާފު އަދިވެސް ލިބިފައިނުވާކަން ފާހަގަކުރައްވާފައިވެއެވެ.

3 މެއި 2020 ގައި ފާހަގަކުރާ މި އަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޝިޢާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ “ޖާނަލިޒަމް ވިތްއައުޓް ފިއަރ އޯ ފޭވަރ” ނުވަތަ “ބިރުވެރިކަމެއް ނުވަތަ ވަކި ފަރާތަކަށް ބުރަވުމެއް ނެތި ކުރެވޭ ނޫސްވެރިކަން” މިއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

27 ޖުލައި 2017

ނޫސްވެރިންގެ ހައްގުތަކަށް އިހުތިރާމްކުރަން ފުލުހުންނަށް އަމުރުކުރުމަށް އައިއެފްޖޭއިން ސަރުކާރަށް ގޮވާލައިފި

27 ޖުލައި 2017
ނޫސްވެރިންގެ ހައްގުތަކަށް އިހުތިރާމްކުރަން ފުލުހުންނަށް އަމުރުކުރުމަށް އައިއެފްޖޭއިން ސަރުކާރަށް ގޮވާލައިފި
23 ޖުލައި 2017

ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި

23 ޖުލައި 2017
ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި
08 ޖުލައި 2017

އޭޑީކޭ ޕާކިން ސިސްޓަމުގެ މިހާރު ދަނީ ފިނިޝިން މަސައްކަތްތައް!

08 ޖުލައި 2017
އޭޑީކޭ ޕާކިން ސިސްޓަމުގެ މިހާރު ދަނީ ފިނިޝިން މަސައްކަތްތައް!
19 ޖޫން 2017

ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ރިޔާޒު ގޮވާލައްވައިފި

19 ޖޫން 2017
ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ރިޔާޒު ގޮވާލައްވައިފި
28 މާރިޗު 2017

ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ އަސްލެއްް ނެތް ދައުވާތަކެއްކަން ސާބިތުވެއްޖެ: ރާއްޖެޓީވީ

28 މާރިޗު 2017
ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ އަސްލެއްް ނެތް ދައުވާތަކެއްކަން ސާބިތުވެއްޖެ: ރާއްޖެޓީވީ
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް