Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚާއްސަ ހުއްދައިގެ ދަށުން ރާއްޖެ އަންނަ މީހުން

ޚާއްސަ ވިސާގެ ދަށުން ރާއްޖެ އައުމަށް ވަކި ފަރާތްތަކަކަށް ހުއްދަދޭން ނިންމައިފި

2 މެއި 2020 | ހޮނިހިރު 19:10

ރާއްޖެ އާދެވޭނެ ފަރާތްތަކުގެ ގޮތުގައި ހިމެނެނީ ރިސޯޓް އޯނަރުންނާއި، އިންވެސްޓަރުންނާއި ޑަބްލިޔުއެޗްއޯ، ވާރލްޑް ބޭންކް ފަދަ ތަންތާންގެ މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 މެއި 2020 | ހޮނިހިރު 19:10
މަބްރޫކް އަޒީޒު

މަބްރޫކް އަޒީޒު

ސްޕެޝަލް ވިސާ ޕާމިޓްގެ ދަށުން ކަނޑައެޅޭ ވަކި ބަޔަކަށް ރާއްޖެ އައުމުގެ ހުއްދަ ދިނުމަށް ނިންމާ އެކަމުގެ އުސޫލުތައް އެކުލަވާލާފައިވާ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިވަގުތު އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައި ވުމާއެކު މިހާރު ރާއްޖެ އާދެވޭނެ ފަރާތްތަކުގެ ގޮތުގައި ހިމެނެނީ ރިސޯޓް އޯނަރުންނާއި، އިންވެސްޓަރުންނާއި ޑަބްލިޔުއެޗްއޯ، ވާރލްޑް ބޭންކް ފަދަ ތަންތާންގެ މީހުން ކަމަށެވެ. އަދި މިމީހުން ރާއްޖެ އަންނައިރު ކަންކުރަންވާ ގޮތް އަދި ޑިޕްލޮމެޓިކް ސަރވިސަސް ގެ ދަށުން އަންނަ ފަރާތްތަކަށް ކަންކަންކުރަންވީ ގޮތް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވީ މި ވިސާގެ ދަށުން އަންނަ މީހުންވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހޭނެކަމަށާއި އަދި އެއް ރަށުން އަނެއް ރަށަށް އެމީހުންނަށްވެސް އަރާ ނުފޭބޭނެކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މަރޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރ ވަނީ ބަންދުކޮށްފަ އެވެ. އެދުވަހުގެ ފަހުން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ވަނީ މެދުކަނޑާލާފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19 ފެތުރެމުންދާއިރު ބައެއް ރިސޯޓްތަކުގެ އޯނަރުން އަންނަނީ ރާއްޖެއަށް ސިއްހީ އާލާތްތައް ފޯރުކޮށްދެމުންނެވެ. އަދި ތަންތަނުގެ އޯނަރުން ރާއްޖެއަށް އަންނައިރު މިތަކެތި ގެންނާނެކަމަށް ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން 10،000 ޓެސްޓް ކިޓާއި، 5 ވެންޓިލޭޓަރ، 10،000 ފޭސް މާސްކް އަދި 200 ރެސްޕިރޭޓަރާއި 500 ޕީޕީއީ ކިޓް ދިނުމަށް ނިންމާފައިވާއިރު މިތަކެތި ހިފައިގެން މާލެ އަންނާނީ ވެލާ ރިސޯޓްގެ އޯނަރުން ކަމަށް އެތަނުން ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް