Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްރަށުގެ މޮނިޓަރިންގ ހާލަތު

4 ތަނެއްގެ މޮނިޓަރިންގ އުވާލައިފި

ރާއްޖޭގެ ގިނަ ބައެއް ރަށްރަށް އަދިވެސް މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 މެއި 2020 | ހޮނިހިރު 18:45
ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް

ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް

ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ 4 ތަނެއްގެ މޮނިޓަރިންގެ ޙާލަތު އުވާލާފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، އިތުރު 4 ތަނެއް މޮނިޓަރިންގެ ޙާލަތުން އާންމު ޙާލަތަށް ބަދަލުކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި އުޅަނދެއްވެސް ހިމެނޭ ކަމަށެވެ.

އެގޮތުން ދަރުމަ ދޯނި، އަދި ބ ކެންދޫ، ހއ އުތީމުގެ އިތުރުން، ހއ ދިއްދޫވެސް މޮނިޓަރިންގެ ޙާލަތުން ނެގިފައިވާކަން މަބްރޫކު ފާހަގަކުރެއްވިއެވެ.

މަބްރޫކު ވިދާޅުވީ، އެއާއެކު މިވަގުތު ރާއްޖެއިން މޮނިޓަރިންގެ ޙާލަތުގައި އޮތީ 260 ތަނެއް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރަށްރަށް މޮނިޓަރިންގެ ޙާލަތަށް ގެންދިއުމާއި، މޮނިޓަރިންގ އުވާލުމުގެ ބާރު ލިބިގެންވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ. އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ބެލުމަށް ކަނޑައެޅިފައިވާ ކަންކަން ބަލައިނިމި، މޮނިޓަރިންގ ގެ ޙާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތްކަން ޑީޖީއަށް ފާހަގަކުރެވުމުން ބައެއް ރަށްރަށުގެ މޮނިޓަރިންގ އުވާލަމުންދެއެވެ.

މިހާރުވެސް މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ ގިނަ ބައެއް ރަށްރަށް އަދިވެސް މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވެއެވެ.

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2018

އިމާރާތެއް އެޅުމަށް ކޮނުނު ތަނެއްގެ ކުންޑޮޅި ކަނޑައިގެންގޮސް ނަޖިސް ބޭރުވެއްޖެ

03 ޖެނުއަރީ 2018
އިމާރާތެއް އެޅުމަށް ކޮނުނު ތަނެއްގެ ކުންޑޮޅި ކަނޑައިގެންގޮސް ނަޖިސް ބޭރުވެއްޖެ
28 ޑިސެމްބަރު 2017

ހުއްދަ ނުހޯދައި ޑިޕްލޮމެޓުންނާއި ބައްދަލުކުރުން މަނާކުރި ސާކިއުލަރ އެންމެ ފަހުން އުވާލައިފި

28 ޑިސެމްބަރު 2017
ހުއްދަ ނުހޯދައި ޑިޕްލޮމެޓުންނާއި  ބައްދަލުކުރުން މަނާކުރި ސާކިއުލަރ އެންމެ ފަހުން އުވާލައިފި
13 ނޮވެމްބަރު 2017

އިތުރު ތިން ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި

13 ނޮވެމްބަރު 2017
އިތުރު ތިން ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި
12 ނޮވެމްބަރު 2017

ހިސާން އާއި ރިފްއަތުގެ ސަސްޕެންޝަން އުވާލައިފި

12 ނޮވެމްބަރު 2017
ހިސާން އާއި ރިފްއަތުގެ ސަސްޕެންޝަން އުވާލައިފި
17 އޮކްޓޯބަރު 2017

މެލޭޝިއާ ކުންފުންޏަށް ފައިސާ ހަމަޖެއްސޭގޮތް ނުވުމުން އެއާޕޯޓް އަޅަން ވި އެއްބަސްވުން އުވާލައިފި

17 އޮކްޓޯބަރު 2017
މެލޭޝިއާ ކުންފުންޏަށް ފައިސާ ހަމަޖެއްސޭގޮތް ނުވުމުން އެއާޕޯޓް އަޅަން ވި އެއްބަސްވުން އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު