Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއަށް އެހީގެ ތަކެތި ގެނައުން

ރާއްޖެއަށް އިތުރު އެހީ ގެނައުމުގެ ދަތުރު ފަށައިފި: ޗައިިނާ ސަފީރު

2 މެއި 2020 | ހޮނިހިރު 11:43

ރާޢްޖެ އަށް ގެންނަ ތަކެތީގެ ތެރޭގައި ޖެކްމާ ދެއްވާ ތަކެތި ހިމެނޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 2 މެއި 2020 | ހޮނިހިރު 11:43
ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޖޯންގް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޖޯންގް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ދިވެހިރާއްޖެ އަށް އެހީގެ ތަކެތި ގެނައުމުގެ ދަތުރު ފަށާފައިވާ ކަމަށް ޗައިނާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ސަފީރު ކުރައްވާފައިވާ ޓްވީޓްގައި ވަނީ މަޝްހޫރު އޮންލައިން ބިޒްނަސް ޗެއިން އަލީބާބާގެ ފައުންޑަރ ޖެކް މާ ގެ އިތުރުން ޗައިނާގެ ހަ ކުންފުންޏަކާއި ގުއަޒީ ސިޓީ އަދި ޗައިނާގެ ފޮރިން މިނިސްޓްރީން ރާއްޖެ އަށް ފޯރުކޮށްދޭ އެހީގެ ތަކެތި ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޖެކް މާ ހަދިޔާ ކުރެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ މާސްކާއި، ޓެސްޓް ކިޓް، ޕްރޮޓެކްޓިވް ސޫޓްސް، ވެންޓިލޭޓަރ އަދި ތާމޯމީޓަރެވެ. ޗައިނާއިން އިތުރު އެހީގެ ގޮތުގައި ފޯރުކޮށްދޭން ނިންމާފައިވާ ތަކެތީގެ ތަފްސީލެއް ސަފީރު ލިޖޮންގް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ތަކެތި ގެނައުމުގައި ލަސްވި ސަބަބު އޮޅުންފިލުއްވައިދެއްވަމުން، ސަފީރު ވިދާޅުވީ ތަކެތި އައުން ލަސްވެގެން އުޅެނީ މިހާލަތުގެ ގޮތުން ކަމަށެވެ. އަދި "ރަނގަޅު ކަންކަމަށް ކެތްތެރިކަން ބޭނުންވޭ" ކަމަށް ޓްވީޓުގައި ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން ވެސް ޗައިނާއިން ޞިއްހީ އާލަތްތައް ރާއްޖެއަށް ފޯރުކޮށްދީފައިފަ އެވެ. މީގެ އިތުރުން އެޤައުމުން ގެންދަނީ ރާއްޖޭގައި 1100 މީހުންގެ ޖާގައިގެ ކަރަންޓީނު ދެ ފެސިލިޓީ ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާއިން އެހީ ހޯދުމުގައި މި ސަރުކާރު ނުކުޅެދިފައިވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ޗައިނާއިން ދޭން އުޅުނު އެހީއަށް ދިވެހި ސަރުކާރުން ނޫނެކޭ ބުނެ ތުހުމަތުގެ އިނގިލި ސަރުކާރަށް ދިއްކުރިއެވެ. ޗައިނާ ސަފީރު ވަނީ މި ވާހަކަތައް ދޮގުކުރައްވާފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް