Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުައައިފޯ އިންޑިއާ ކޮންސެޓް ބާއްވަނީ

މަޝަހޫރު ގިނަ ފަންނާނުން ބައިވެރިވާ "އައި ފޯ އިންޑިއާ ކޮންސެޓް" މާދަމާ

2 މެއި 2020 | ހޮނިހިރު 04:22

ކޮންސެޓް ފެށޭނީ އިންޑިއާ ގަޑިން 7:30 ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 2 މެއި 2020 | ހޮނިހިރު 04:22
\"އައި ފޯ އިންޑިއާ ކޮންސެޓް\" ގައި ބައިވެރިވާ ބައެއް ތަރިން

\"އައި ފޯ އިންޑިއާ ކޮންސެޓް\" ގައި ބައިވެރިވާ ބައެއް ތަރިން

ބޮލީވުޑް އަދި ހޮލީވުޑްގެ ގިނަ ތަރިންނާއި، މަޝްހޫރު ލަވަކިއުންތެރިން ބައިވެރިވާ "އައި ފޯ އިންޑިއާ" ކޮންސެޓް އާދިއްތަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ކޮވިޑް-19 ރިލީފް ފަންޑަށް އެހީތެރިވުމުގެ މަޤުޞަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންސެޓް އިންތިޒާމު ކޮށްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ދެ ޕްރޮޑިއުސަރުން ކަމަށްވާ ކަރަން ޖޯހަރާއި، ޒޯޔާ އަޚްތަރެވެ.

އާދިއްތަ ދުވަހުގެ ރޭ އިންޑިއާ ގަޑިން 7:30 ފޭސްބުކް މެދުވެރިކޮށް ވަގުތުން މި ކޮންސެޓް ބެލޭނެ ކަމަށާއި، ހަދިޔާ ކުރާ ފައިސާ ދާނީ އިންޑިއާ ކޮވިޑް ރެސްޕޮންސް ފަންޑަށް ކަމަށް ކަރަން ވަނީ ބުނެފަައެވެ. މީގެ ދެހަފުތާ ކުރިން ޝޯވއަށް ތައްޔާރު ވާން ފަށާފައިވާ ކަމަށާއި ޝޯވގެ މަޤްޞަދަކީ ގޭގައި މިވަގުތު ފުރަބަންދުވެފައި ތިބި މީހުން މުނިފޫހި ފިލުވައި ދިނުމާއި، ކޮވިޑް -19 އާ ގުޅިގެން ޕްރޮންޓް ލައިންގައި މަސައްކަތް ކުރާ މީހުންގެ އަގުވަޒަން ކުރުމުގެ އިތުރުން، ގެދޮރު ނެތި ވަޒީފާ ގެއްލިފައިފައިވާ މީހުނަށް އެހީތެރިވުން ކަމަށް ފަންނާނުން ވަނީ ބުނެފައެވެ. އަދި ޝޯވ ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބޮލީވުޑްގެ ދެ މަޝްހޫރު ފަންނާނުން މިދުނިޔެއާއި ވަކިވެފައިވާކަންވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް މި ޝޯވ ކުރިއަށް ދާންޖެހޭ ކަމަށް ވަނީ ބުނެފައެވެ.

ދެގަޑިއިރަށް ކުރިއަށް ގެންދާ މި ކޮންސެޓްގައި ބައިވެރިވާ ބޮލީވުޑްގެ ފަންނާނުންގެ ތެރޭގައި ޝާހުރުކް ޚާން، އަކްޝޭ ކުމާރު، ކަރީނާ ކަޕޫރު، އާލިއާ ބަޓް، ޓައިގާ ޝްރޯފް، އަބީޝޭކް ބަޗަން، ރިތިކް ރޯޝަން، އާމިރު ޚާން، ރަންވީރު ސިންގް، އައިޝްވާރިޔާ ރާއީ ބައްޗަން، އަޖޭ ދޭވްގަން، ކާތިކް އާރްޔަން، އަދިތުޔަ ރޯއީ ކަޕޫރު، ވިކީ ކައުޝަލް، އަނުޝްކާ ޝާރްމާގެ އިތުރުންވެސް އިންޑިއާގެ މަޝްހޫރު އެތައް ފަންނާނުން ހިމެނެއެވެ.

މި ޝޯވގައި ބައިބެރިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި "ދަ ޖޯނަސް ބްރަދާސް" ގައި ހިމެނޭ ނިކް، ޖޯ، ކެވިން ގެ އުތުރުން ނިކްގެ އަންހެނުން ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި، ޖޯގެ އަންހެނުން ސޯފީ ޓާރނަރ ވެސް ހިމެނެއެވެ. އަދި ހޮލީވުޑްގެ ތަރި ވިލް ސްމިތްއާއި، ކޭޓް ބޮސްވޯރތާއި، ބްރަޔަން އެޑަމްސް ވެސް ބައިވެރި ވެއެވެ.

ކޮވިޑް-19 ރިލީފް ފަންޑަށް އެހީތެރިވުމުގެ ގޮތުން މީގެ ކުރިން ވެސް ދުނިޔޭގެ 100 އަށް ވުރެ ގިނަ މަޝްހޫރު ފަންނާނުން ހިމެނޭ ގޮތަށް "ވަން ވޯރލްޑް: ޓުގެދަރ އެޓް ހޯމް" ގެ ނަމުގައި ވަނީ ކޮންސެޓެއް ބާއްވާފައެވެ.

ޑަބްލިއު އެޗް އޯ އާއި، ގްލޯބަލް ސިޓިޒަން އާއި ގުޅިގެން ލޭޑީ ގާގާ އިންތިޒާމު ކުރި މި ކޮންސެޓަށް 127 މިލިއަން ޑޮލަރު ވަނީ ލިބުނެވެ. މި ކޮންސެޓްގައި ބޮލީވުޑްގެ ދެތަރިން ކަމަށްވާ ޝާހުކުރުކް ޚާނާއި، ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ވަނީ ބައިވެރިވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
10 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

10 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
07 މާރިޗު 2017

އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް

07 މާރިޗު 2017
އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް
22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
13 ފެބުރުއަރީ 2017

ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

13 ފެބުރުއަރީ 2017
ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
31 ޖެނުއަރީ 2017

"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ

31 ޖެނުއަރީ 2017
"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ
25 ޖެނުއަރީ 2017

އެންމެ ގިނަ އެވޯޑުތަކަށް ނޮމިނޭޓްވެފައިވަނީ ލާ ލާ ލޭންޑް

25 ޖެނުއަރީ 2017
އެންމެ ގިނަ އެވޯޑުތަކަށް ނޮމިނޭޓްވެފައިވަނީ ލާ ލާ ލޭންޑް
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
10 ޖެނުއަރީ 2017

ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި

10 ޖެނުއަރީ 2017
ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް