Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ އިގްތިސާދީ ޕްލޭން

ފަތުރުވެރިކަން އަލުން އިއާދަވަންދެން ވިޔަފާރި އަދި ވަޒީފާތައް ދެމެހެއްޓުމުގެ މަސައްކަތް ކުރަންޖެހޭ: ފައްޔާޒު

2 މެއި 2020 | ހޮނިހިރު 01:05

ސަރުކާރުން މަސައްކަތް ކުރަނީ 2 އަހަރެއްހާ ދުވަސް ތެރޭގައި ފަތުރުވެރިކަން އަލުން އިއާދަކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 މެއި 2020 | ހޮނިހިރު 01:05
އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

ކޮވިޑް-19 އިން އަރައިގަނެ ފަތުރުވެރިކަން އަލުން އިއާދަ ވަންދެން ވިޔަފާރިއާއި ވަޒީފަތައް ދެމެހެއްޓުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަން ޖެހޭކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހުކުރު ދުވަހު ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ 2 އަހަރެއްހާ ދުވަސް ތެރޭގައި ފަތުރުވެރިކަން އަލުން އިއާދަކޮށް, އެރައިވަލް އިތުރުކުރުމުގެ މަސައްކަތާއި އެއްގޮތަށް ކުރިއަށްދާނެ ކަމަށް ބައްލަވައިގެން ކަމަށެވެ. އަދި މިދޭތެރޭގައި ވިޔަފާރިތައް އަދި ވަޒީފާތައް އެފްލޯޓްކޮށް ބެހެއްޓުމަށް ސަރުކާރުގެ އިންޓަރވެންޝަނެއް އޮންނަންޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އިކޮނަމީ ޑައިވަރސިފައި ކުރުމަށްޓަކައި ކުރިންވެސް ކޮށްފައި ހުރި ކަންތައްތަކުގެ ތެރެއިން އަވަހަށް ފަށާނެ ކަންތައްތަކުގެ ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށްދިއުން އަދި އިތުރަށް މުޅި އިގްތިސާދު ޑައިވަރސިފައި ކުރުމުގެ ގޮތުން އެކިކަހަލަ ދިރާސާތައް ކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް މިދިޔަ ދެ މަސް ދުވަހަކީ ސަރުކާރުން ވަތަށް ދަތި އުނދަގުލުގައި އުޅުނު ދުވަސްތަކެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އިކޮނަމީ ޑައިވަރސިގައި ކުރުމުގެ މަސައްކަތް ކުރިން ވެސް ކުރައްވަމުން އައިސްފައިވާ ކަމަށާއި، އެއަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމަށް އިންވެސްޓް ކުރުމުން އޭގެއިން ބައިވަރު މަންފާތަކާއި ފައިދާތަކެއް އިގްތިސާދަށް ކުރާނެ ކަމަށާއި، އޭގެ ތެރޭގައި ވަޒީފާތައް އިތުރުވެ ގައުމަށް ލިބޭ ބޭރުފައިސާ އިތުރުވުމާއި، ދަނޑުވެރިކަމަށް ބޭރުކުރާ ފައިސާ ދަށްވުމާއި، އިގްތިސާދުގައި ބައިވަރު މަސައްކަތްތަކެއް ހިނގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާއިން މީގެ ކުރިން އައިސްފައިތިބި ހިސާބަކަށް ކުރިއަށް އޮތް ގަރުނުތަކުގައި ވެސް މަސްވެރިކަމާއި ދަނޑުވެރިކަމުން އެއާ ކައިރިއަށް ދެވޭނެކަމަށް ނުފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް