Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ފެނަކައިގެ މަސައްކަތްތައް

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފެނަކައިގެ މުވައްޒަފެއްވެސް ހިމެނޭ

2 މެއި 2020 | ހޮނިހިރު 00:21

ގާތްގަނޑަކަށް 350 މުވައްޒަފުން މިހާރުވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 މެއި 2020 | ހޮނިހިރު 00:21
ކޮވިޑް-19 އާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ގިނަ މުވައްޒަފުންތަކެއް ދަނީ ފްރަންޓްލައިންގައި ހަރަކާތްތެރިވަމުން

ކޮވިޑް-19 އާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ގިނަ މުވައްޒަފުންތަކެއް ދަނީ ފްރަންޓްލައިންގައި ހަރަކާތްތެރިވަމުން

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފެއްވެސް ހިމެނޭކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހުކުރު ދުވަހުގެރޭ ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ، ފެނަކައިގެ މުވައްޒަފަކުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭނާ މިހާރު ހުރީ ފަރުކޮޅުފުށި އައިސޮލޭޝަންގައި ކަމަށެވެ. އަދި އޭނާގެ ޙާލުވެސް ރަނގަޅުކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސައީދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ފެނަކައިގެ ގިނަ މުވައްޒަފުންތަކެއް ފްރަންޓްލައިންގައި މަސައްކަތް ކުރަމުންދާ ކަމަށާއި، ގާތްގަނޑަކަށް 350 މުވައްޒަފުން މިހާރުވެސް ފްރަންޓްލައިންގައި ހަރަކާތްތެރި ވަމުންދާކަމަށެވެ. އެގޮތުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުންފުނިން ޚާއްސަ އިސްކަމެއްދޭނެ ކަން ފާހަގަކުރައްވައި ސައީދު އިތުރަށް ވިދާޅުވީ، ފެނަކައިގެ އަމާޒަކީވެސް ލޮކްޑައުންއާ ގުޅިގެން ރައްޔިތުންނަށް ދެމުންގެންދާ އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުންކަމަށެވެ.

ފެނަކައިގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފެނާއި، ކަރަންޓު ބިލުތަކަށް ރީޑިންގ ނެގުމަށް ގޭގެއަށް ދިޔުމަކީ ރައްޔިތުންނަށާއި އެ ކުންފުނީގެ މުވައްޒަފުންނަށްވެސް އެންމެ ރައްކާތެރި ގޮތްކަމަށް ނުފެންނާތީ މީޓަރ ނަންބަރު ފެންނަގޮތައް ފޮޓޯ އަދި ގޭގެ ނަމާއެކު ވައިބަރ މެދުވެރިކޮށް ފޮނުވާގޮތަށްވެސް ފެނަކައިން ވަނީ ހަމަޖައްސާފައެވެ.

އޭގެ އިތުރުން، މުވައްޒަފުންނަށް ބޭނުންވާ ރައްކާތެރިކަމުގެ އާލަތްތައްވެސް ބޭނުންވާވަރަށް ހުންނާނެކަން ސައީދު ފާހަގަ ކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް