Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮކާކޯލާ ކޮމްޕެނީ ކްލަސްޓަރ

އެންމެ ބޮޑު އެއް ކްލަސްޓަރ: ކޮކާކޯލާގެ ތަނެއްގައި ތިބި އެންމެން ޕޮޒިޓިވް، ބަލި ފެތުރުމުގެ ފުރުސަތެއް ނެތް

2 މެއި 2020 | ހޮނިހިރު 00:14

މިކްލަސްޓަރ ގައި 72 މީހަކު ތިބި އިރު މިއީ މުޅިންވެސް އެއްތަނެއްގައި އުޅެމުންދިޔަ ބައެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 މެއި 2020 | ހޮނިހިރު 00:14
ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިޔަށްދަނީ

ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިޔަށްދަނީ

ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ތިބި ކުލަސްޓަރތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ތިބި އެއް ކްލަސްޓަރ އަކީ ކޮކާކޯލާ ކޮމްޕެނީގައި މަސައްކަތްކުރަމުން އައި ބަޔަކު ތިބި ކުލަސްޓަރއެވެ.

މިކުލަސްޓަރ ފެނިފައިވަނީ 30 އޭޕްރީލްގަ އެވެ. މިކްލަސްޓަރ ގައި 72 މީހަކު ތިބި އިރު މިއީ މުޅިންވެސް އެއްތަނެއްގައި އުޅެމުންދިޔަ ބައެއްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.

Advertisement - newsAdvertisement

ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑޮކްޓަރ، ޑރ އިބްރާހީމް އަފްޒަލް ވިދާޅުވީ މިމީހުންގެ ތެރެއިން ފުރަތަމަ މީހާ ފެނުމާއެކު އެތާންގައި އުޅެމުންދިޔަ އެންމެން މޮނިޓަރިންގެ ހާލަތަށް ގެނެވުނު ކަމަށެވެ. އެހެންކަމުން އޭގެ ފަހުން އެމީހުން ތިބި ތަނުން ބޭރަށް ނުނިކުންނަކަމަަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

އެމީހުންގެ ފުށުން އެހެން ކޮންޓެކްޓެއް ވެފައިނުވާކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. މީގެއިތުރުން ޑރ އަފްޒަލް ވިދާޅުވީ އެމީހުންނަކީ ފިހާރަތަކުގައި އިޝްތިހާރު ސްޓިކަރ ޖަހާ މީހުންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޑޮކްޓަރ ވިދާޅުވީ ބިދޭސީން ދިރިއުޅުމަށް ހަމަޖައްސާފައި ހުންނަ ތޮއްޖެހިފައިވާ މާހައުލާއި، ފާޚާނަކުރަން ހަމަޖެހިފައި ހުންނަ ގޮތްތަކުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަޔަކަށް ބަލިޖެހުމަށް މެދުވެރިވާކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްކުރާ މީހުން ވަނީ މިވައިރަސް އަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް އައިއިރު ރާއްޖޭގައި 491 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މީގެތެރޭގައި ބަންގްލަދޭޝަށް ނިސްބަތްވާ 261 މީހަކު ހިމެނެ އެވެ. މީގެއިތުރުން މިވަގުތު ފެންނަ ހުރި ބޮޑެތި ކްލަސްޓަރ ތައްވެސް ނިސްބަތްވަނީ ބިދޭސީންނަށެވެ. އެގޮތުން ކޮވިޑް ވިލެޖް ކްލަސްޓަރ އާއި ބާޒާރުމަތި ކްލަސްޓަރ ފާހަގަކޮށްލެވެ އެވެ.

މާލެ ތެރޭގައި ތޮއްޖެހެމުން ދިރިއުޅެމުން އަންނަ ބިދޭސީން އެއަށްވުރެ ރަނގަޅު މާހައުލަކަށް ބަދަލުކޮށް ތޮއްޖެހުން ކުޑަކުރުމަކީ މާލެ ސިޓީގެ ލޮކްޑައުން އިތުރުކުރި އެއް ސަބަބު ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް ވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޓެގް ޓީމުން ލަފާދީފައިވަނީ އެމީހުންގެ ތޮއްޖެހުން ކުޑަކުރުމަށް މަސައްކަތްކުރުމަށް ލޮކްޑައުންގައި ތިބެގެން އެމަސައްކަތް ކުރުމަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިވަގުތުވެސް ބިދޭސީންނަށް ޚާއްސަ ކުރެވިގެން ހުޅުމާލެ، ގުޅިފަޅު އަދި ވިލިވަރުގައި އަންނަނީ ކަރަންޓީނު ފެސިލިޓީތަކެއް ގާއިމުކުރަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް