Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1441

ޗިކަން ރޯލްސް

ރޮށީގެ ބަދަލުގައި ފަރާޓާވެސް ބޭނުންކޮށްލެވިދާނެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 1 މެއި 2020 | ހުކުރު 16:15
ޗިކަން ރޯލްސް - ފަރާޓާ ބޭނުންކޮށްގެންވެސް މިރޯލްސް ތައްޔާރުކޮށްލެވިދާނެ

ޗިކަން ރޯލްސް - ފަރާޓާ ބޭނުންކޮށްގެންވެސް މިރޯލްސް ތައްޔާރުކޮށްލެވިދާނެ

ކުކުޅު ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

· 1/2 ކިލޯ ކުކުޅު

· 1 މޭޒުމަތީ ސައިސަމުސާ ތަންދޫރީ މަސާލާ

· 2 މޭޒުމަތި ސައިސަމުސާ ޔޯގަޓް

· 1 ކުޑަ ސަމްސާ އިނގުރު ޕޭސްޓް

· 1 ކުޑަ ސަމުސާ ލޮނުމެދު ޕޭސްޓް

· 1 ފަޅި ލުނބޯ

· 1 ސައިސަމުސާ މުގުރި މިރުސް

· ފޮނިތޮށި

· 1/3 ސަމުސާ ގަރަމް މަސާލާ

· ކާކުލަ (ކުޑަ އެތިކޮޅެއް)

· 1 ސައިސަމުސާ ކޮރިއަންޑަރ ޕައުޑަރ

· 1/4 ސަމުސާ ރިނދޫ

ސޯސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

· 4 މޭޒުމަތީ ސަމުސާ ޔޯގަޓް

· 2 މޭޒުމަތި ސަމުސާ މަޔޮނައިސް

· ލޮނު (ރަހަލާވަރަށް)

ފިޔާ ސެލެޑަށް ބޭނުންވާ ތަކެތި:

· 1 ފިޔާ (ބޮޑު، ވަށްކޮށް ކޮށާފައި)

· މިންޓް ލީފް

· ކޮރިއޮންޑަރ ލީފް

ރޮށި ފިހެން ބޭނުންވާ ތަކެތި:

· 2 ޖޯޑު ފުށް

· 2 މޭޒުމަތި ސަމުސާ ތެޔޮ

· ލޮނު (ރަހަލާވަރަށް)

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ކުކުޅު، ލޮނުމެދު، އިނގުރު ޕޭސްޓް، ފޮނިތޮށި، މުގުރި މިރުސް، ކޮރިއަންޑަރ ޕައުޑަރ، ކާކުލަ، ރީނދޫ، ޔޯގަޓް، އަދި ރަހަލާވަރަށް ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ރޯލްސްގެ ސޯސް ތައްޔާރުކުރުމަށް ވަކި ބޯތައްޓެއްގައި ޔޯގަޓް، މަޔޮނައިސް، ލޮނު އަޅައިގެން އެއްކޮށްލާށެވެ. ދެން ތައްތެއްގެ ތެރެއަށް ފިޔާ، މިންޓް ލީފް، ކޮރިއަންޑަރ ލީފް، ލޮނު، ލުބޮއެއްގެ ހަތަރުބައި ކޮށްފައި އެއްބައި އަޅާލުމަށްފަހު އެއްކޮށްލާށެވެ. މިހާރު މިހިރީ ފިޔާ ސަޓަނީ އަދި ސޯސްގަނޑު ތައްޔާރުކޮށް ނިމިފައެވެ. އެއަށްފަހު ކުޑަ ތެޔޮކޮޅެއްގެ ތެރޭގައި ކުކުޅު ފްރައި ކޮށްލާށެވެ. ފްރައިވުމުން އޭގެ ތެރެއަށް ޖޯޑެއްގެ 1/3 ފެން އެޅުމަށްފަހު މަތިޖަހައިގެން 15 މިނިޓް މަޑު ގިނީގައި ކައްކާލާށެވެ.

ދެން ބޮޑު އެއް ރޮށި ދަމާލާށެވެ. ރޮށި ފިހޭއިރު ދެ ފުށުގައި ތެޔޮ ހާކަމުން ފިހެލާށެވެ. ފިހެ ނިމުމުން އޭގެ މައްޗަށް ތައްޔާރުކުރި ކުކުޅުކޮޅު ރޮށީގެ ދިގަށް އަޅާލާށެވެ. އޭގެމައްޗަށް ތައްޔާރުކުރި ސޯސް، ފިޔާ ސެލަޑްކޮޅު އަޅާލުމަށްފަހު ރޮށި އޮޅާލާށެވެ. މިހާރު މިހިރީ ޗިކަން ރޯލްސް ތައްޔާރުކޮށް ނިމިފައެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2020

ޗިކަން ނަގެޓްސް

27 އެޕްރީލު 2020
ޗިކަން ނަގެޓްސް
24 މެއި 2019

ޗިކަން ޕާމެޝަން ވިތް ޕާސްތާ

24 މެއި 2019
ޗިކަން ޕާމެޝަން ވިތް ޕާސްތާ
16 މެއި 2019

ޗިކަން ފްރައިޑް ރައިސް ރެސިޕީ

16 މެއި 2019
ޗިކަން ފްރައިޑް ރައިސް ރެސިޕީ
10 މެއި 2019

ޑެވިލްޑް ޗިކަން ރެސިޕީ

10 މެއި 2019
ޑެވިލްޑް ޗިކަން ރެސިޕީ
05 ޖޫން 2018

ކީވް ޗިކަން

05 ޖޫން 2018
ކީވް ޗިކަން
30 މެއި 2018

ޑީޕް ފްރައިޑް ޗިކަން ބްރައުން

30 މެއި 2018
ޑީޕް ފްރައިޑް ޗިކަން ބްރައުން
26 މެއި 2018

ޗިކަން ޝަވަރުމާ

26 މެއި 2018
ޗިކަން ޝަވަރުމާ
16 މެއި 2018

ޗިކަން ސްޓަފްޑް ޕޭންކޭކް

16 މެއި 2018
ޗިކަން ސްޓަފްޑް ޕޭންކޭކް
16 މެއި 2018

ގާލިކް ބެސިލް ޗިކަން

16 މެއި 2018
ގާލިކް ބެސިލް ޗިކަން
15 މެއި 2018

ލެމަން ބްލޫބެރީ ރޯލްސް

15 މެއި 2018
ލެމަން ބްލޫބެރީ ރޯލްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު