Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖަމާއަތުގައި ނަމާދުކުރުން

މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އަންގައިފި

ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްޓާލާފައިވަނީ ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 30 އެޕްރީލު 2020 | ބުރާސްފަތި 10:36
މާލޭގެ އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

މާލޭގެ އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

ކޮވިޑް-19 ގެ މިހާރު އޮތް ހާލަތާއި ގުޅިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގާފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

Advertisement - newsAdvertisement

އަދި މިގޮތަށް ނިންމާފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން ކަމަށާއި، 19 އޭޕްރީލް 2020 ވީ އާދީއްތަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން، 14 މެއި 2020 ވާ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ އެގޮތަށް ޢަމަލުކުރުމަށް ވަނީ އަންގާފައެވެ.

އަދި މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި "ސައްލޫ ފީ ބުޔޫތިކުމް" އަދި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް ވަނީ އަންގާފައެވެ.

އަދި މި މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީޙް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައިވެއެވެ.

ރާއްޖޭގެ އިތުރުން އިސްލާމީ އެހެން ގައުމު ތަކުގައިވެސް ކޮވިޑް-19 އާ ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު