Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެއްޖެ

29 އެޕްރީލު 2020 | ބުދަ 19:46

ކުރިއަށް އޮތް ތަނުގައި އެ ނަމްބަރު އިތުރުވުމުގެ ފުރުސަތު އެބައޮތް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އެޕްރީލު 2020 | ބުދަ 19:46
މާލޭގައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަނީ

މާލޭގައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަނީ

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދާ ރެންޑަމް ސާމްޕްލިންގ ގެ ތެރެއިން މިހާތަނަށް އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ނަމްބަރު އިތުރުވުމުގެ ފުރުސަތު އޮތްކަމަށެވެ.

Advertisement - newsAdvertisement

ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ ބޭނުމަކީ ބަލި ފެތުރިފައިވާ މިންވަރު ބެލުމުގެ އިތުރުން ނުހޯދި ހުރި ކްލަސްޓާތަކާއި ސަރަހައްދުތައް ދެނެގަތުން ކަމަށް ޑޮކްޓަރު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލެއިން ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް ފަށާފައިވާކަން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރީ މި ހަފްތާ ތެރޭގަ އެވެ.

މި ސާމްޕަލްތައް ނެގުމުގައި، ބާޒާރު މައްޗާއި ކަންމަތީ ފިހާރަތަކުގެ އިތުރުން ފެރީތަކުގައި ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ. މިއީ އެހެން ގައުމުތަކުގައި ވެސް މިކަން ކުރަމުން އަންނަ އުސޫލެވެ. އެގޮތުން، ބަލި ފެތުރިދާނެ ކަމަށް ބެލެވޭ ހޮޓް ސްޕޮޓްސް (ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ސަރަހައްދުތައް) ތަކުން ގިނަ ގައުމުތަކަކުން އަންނަނީ ސާމްޕަލްތައް ނަގަމުންނެވެ.

އޭގެ އިތުރުން، މަގުމަތިން ފެންނަ އެހެން ފަރާތްތަކާއި ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުން ވެސް ރެންޑަމްކޮށް ސާމްޕަލް ނެގުމަށް ވަނީ ނިންމާފަ އެވެ. މި ފީލްޑް ސަރވޭ ނިމުމުން، މާލޭގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ފަސޭހަވާނެ ކަމަށް ޑޮކްޓަރުންގެ ޓީމް (ޓެގް) އިން ވަނީ ހާމަކޮށްފަ އެވެ.

މިހާތަަނަށް އައިއިރު ރާއްޖެއިން 278 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 152 މީހުންނަކީ ބިދޭސީންނެވެ. މާލެ ތެރެއިން ބަލި ފެނުނު ފަހުން މިހާތަނަށް އައިއިރު، ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 16 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ވަނީ ރިޕޯޓްކުރެވިފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 އެޕްރީލު 2020

ޔޫކޭއިން އައި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

01 އެޕްރީލު 2020
ޔޫކޭއިން އައި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
31 މާރިޗު 2020

ކޮވިޑް-19 އަށް އަނެއްކާ ވެސް ދިވެއްސަކު ޕޮޒިޓިވްވެއްޖެ

31 މާރިޗު 2020
ކޮވިޑް-19 އަށް އަނެއްކާ ވެސް ދިވެއްސަކު ޕޮޒިޓިވްވެއްޖެ
29 މާރިޗު 2020

ކޮވިޑް-19: އިތުރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ

29 މާރިޗު 2020
ކޮވިޑް-19: އިތުރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ
27 މާރިޗު 2020

ރާއްޖޭއިން ފުރައިގެން ދިޔަ އިޓަލީ ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

27 މާރިޗު 2020
ރާއްޖޭއިން ފުރައިގެން ދިޔަ އިޓަލީ ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
27 މާރިޗު 2020

ރާއްޖޭގައި ހުރި ދިވެއްސަކު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

27 މާރިޗު 2020
ރާއްޖޭގައި ހުރި ދިވެއްސަކު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
18 މާރިޗު 2020

ކޮވިޑް-19:ސެނަހިޔާ ފްލޫ ކްލިނިކުން ނެގުނު ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެއްޖެ

18 މާރިޗު 2020
ކޮވިޑް-19:ސެނަހިޔާ ފްލޫ ކްލިނިކުން ނެގުނު ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެއްޖެ
09 މާރިޗު 2020

ކުރެއްދޫއިން އިތުރު 2 މީހުން ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވެއްޖެ

09 މާރިޗު 2020
ކުރެއްދޫއިން އިތުރު 2 މީހުން ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވެއްޖެ
08 މާރިޗު 2020

ބަތަލާއިން ޓެސްޓުކުރި 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

08 މާރިޗު 2020
ބަތަލާއިން ޓެސްޓުކުރި 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
07 މާރިޗު 2020

ރާއްޖެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

07 މާރިޗު 2020
ރާއްޖެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
23 ޖެނުއަރީ 2020

އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

23 ޖެނުއަރީ 2020
އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް