Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހަށް މިނިސްޓަރ ފޮނުއްވި ޖަވާބު

މެއި މަހު ރާއްޖެއަށް އިތުރު ވެންޓިލޭޓަރުތަކެއް ގެނެވޭނެ: މިނިސްޓަރ

18 ވެންޓިލޭޓަރ 1 މެއި 2020 ގައި ރާއްޖެ ގެނެވޭނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 29 އެޕްރީލު 2020 | ބުދަ 07:16
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު

މެއި މަހުގެ ތެރޭގައި ރާއްޖެއަށް އިތުރު ވެންޓިލޭޓަރުތަކެއް ގެނެވޭނެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ. މެންބަރު ކުރެއްވި ސުވާލަކީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރޯގާއާއި ގުޅިގެން ދިވެހިރާއްޖެއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ވެންޓިލޭޓަރުތަކެއް އެތެރެކުރުމަށްޓަކައި އެއްވެސް ފަރާތަކަށް ބިޑްކުރެވިފައިވާނަމަ އެކަމުގެ ތަފުޞލު ދެއްވަފާނަންތޯއެވެ. އަދި ވެންޓިލޭޓަރުތައް ދިވެހިރާއްޖެއަށް ގެނައުމަށް ހޭދަވާ މުއްދަތާއި ގުޅޭ ގޮތުން ވެސް ސުވާލުކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

ވަޒީރުގެ ޖަވާބުގައި ވަނީ ކޮވިޑް-19 ނުރައްކާތެރި ޙާލަތައް ގޮސްދާނެ ވަގުތަކަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރާއްޖެއަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ޚާއްޞަ ކަމެއްގެއްގެ ގޮތުގައި ކުރުމަށް ޕޮލިސީ ކޮމިޓީން ނިންމީ 15 މާރިޗް 2020 ވަނަ ދުވަހު ކަމަށެވެ. އަދި 18 މާރޗް 2020 ވަނަ ދުވަހު ވެންޓިލޭޓަރު ހޯދުމަށް ދިވެހި ތިން ކުންފުންނަކުން، މިނިސްޓްރީން އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހޯދާފައިވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކުންފުނިތަކަކީ ވޭތުވެ ދިޔަތަނުގައި މިނިސްޓްރީއަށް މެޑިކަލް އިންސްޓްރޫމަންޓް އަދި މެޝިނަރީސް ސަޕްލައި ކޮށްދެމުންދާ، އިތުބާރު ހިފޭ ކުންފުނިތަކުގެ ތެރެއިން ވެންޓިލޭޓަރ ގެނެވިދާނެކަމަށް މިނިސްޓްރީއަށް ފެންނަ ތިން ކުންފުނިތަކެއް ކަމަށެވެ. އެ ކުންފުނިތަކަކީ އެސް.ޓީ.އޯ، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ނާޑް ޕްރައިވެޓް ލިމިޓެޑެވެ.

ވެންޓިލޭޓަރު ސަޕްލައި ކޮށްދެވޭނެކަމަށް ކުންފުނިތަކުން ދީފައިވާ އެންމެފަހުގެ މަޢުލޫމާތުގައި ވާ ގޮތުން މެޑްޓްކް މޯލްޑިވްސްއާއި ޙަވާލުކޮށްފައިވާ ވެންޓިލޭޓަރތަކުގެ ތެރެއިން 18 ވެންޓިލޭޓަރ 1 މެއި 2020ގައި ރާއްޖެ ގެނެވޭނެކަމަށް އަންގާފައިވާކަމަށް މިނިސްޓަރުގެ ޖަވާބުގައިވެއެވެ. އަދި އެ ކުންފުންޏާ ޙަވާލުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރ 15 މެއި 2020ގައި ރާއްޖެ ގެނެވޭނެކަމަށް އަންގާފައިވާކަމަށް މިނިސްޓަރުގެ ޖަވާބުގަވެއެވެ. އެކުންފުންނާއި ޙަވާލުކުރެވިފައިވާ ބާކީހުރި ވެންޓިލޭޓަރތައް ގެނެވޭނެ ދުވަސް ކަށަވަރުވުމުން މިނިސްޓްރީއާއި ހިއްސާކުރާނެކަމަށް އެކުންފުނިން އަންގާފައިވާކަމަށެވެ.

މީގެ އިތުރުން ނާޑް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކޮށްފައިވާ 20 ވެންޓިލޭޓަރ އެއުފައްދާ ކުންފުނީގެ ފަރާތުން އުފެއްދުން ލަސްވެފައިވުމުގެ ސަބަބުން އިތުރު ގޮތްތަކެއް ހޯދަމުން ދާކަމަށް 22 އެޕްރީލް 2020 ގައި މިނިސްޓްރީ އަށް އަންގާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެގްޒެކިއުޓަރ ޖެނެރަލް ޓްރޭޑިންގ އާއި ޙަވާލުކޮށްގެން ގެނައުމަށް ހަމަޖައްސާފައިވާ 75 ވެންޓިލޭޓަރތަކުގެ ތެރެއިން 10 ވެންޓިލޭޓަރ 1 މެއި 2020ގައި ރާއްޖެ ގެނެވޭނެކަމަށް އަންގާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ޖަވާބުގައި ވަނީ ވެންޓިލޭޓަރު އުފައްދާ ޤައުމުތައް ލޮކްޑައުން ކުރެވިފައިވުމާއެކު، ދަތުރުފަތުރުގެ ދަތިތަކެއް ހުރުމުން ވެންޓިލޭޓަރުތައް ސަޕްލައިކުރުމަށް ކުންފުނިތަކުން ކަނޑައަޅާފައިވާ މުހުލަތުގައި ގެނެއުމަށް ބޮޑެތި ދަތިތަކެއް ހުރިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދެކުންފުންޏަކާއި ޙަވާލުކޮށްފައިވާ ވެންޓިލޭޓަރުތައް ސަޕްލައި ކުރުމުގައި ލަސްވެދާނެކަމަށް ޤަބޫލުކުރެވޭތީ، އިތުރަށް ހޯދަންޖެހޭ ވެންޓިލޭޓަރު ތަކުގެތެރެއިން 75 ވެންޓިލޭޓަރ ހޯދުމަށް ޑުބާއީ ކުންފުންޏެއް ކަމަށްވާ އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިންގ އާއި 02 އޭޕްރިލް 2020ގައި މި މަސައްކަތް ޙަވާލުކުރެވުނު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު