Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ރާއްޖެ ގެންނަ ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން ބުދަ ދުވަހުގެ ޖަލްސާގައި ހެލްތު މިނިސްޓަރާއި ސުވާލުކުރަނީ

28 އެޕްރީލު 2020 | އަންގާރަ 22:30

ހެލްތު މިނިސްޓަރާއި ސުވާލު ކުރައްވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރ އަހުމަދު ހައިތަމް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 އެޕްރީލު 2020 | އަންގާރަ 22:30
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދިވެހިރާއްޖެއަށް ވެންޓިލޭޓަރުތަކެއް އެތެރެ ކުރުމަށްޓަކައި އެއްވެސް ފަރާތަކާ ބިޑްކޮށްފައިވާނަމަ އެކަން ސާފުކުރުމަށް ބުދަ ދުވަހުގެ ޖަލްސާގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާ ސުވާލުކުރުމަށް އެޖެންޑާކޮށްފި އެވެ.

ހެލްތު މިނިސްޓަރާއި ސުވާލު ކުރައްވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރ އަހުމަދު ހައިތަމް އެވެ. ހައިތަމް މިނިސްޓަރާއި ދެން ސުވާލު ކުރައްވަނީ ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމަށް ހޭދަވާނެ މުއްދަތާއި އެކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި ގުޅޭގޮތުންނެވެ.

Advertisement - newsAdvertisement

ވަޒީރުންނާއި ސުވާލުކުރުމުގެ މިމައްސަލަ އެޖެންޑާ ކޮށްފައިމިވަނީ ހެލްތު މިނިސްޓަރ އަރިހުން ލިޔުމުން ޖަވާބު ހޯދުމަށް ފޮނުވާފައިވާ ސުވާލު ނޯޓިހުގެ މުއްދަތު 27 އޭޕްރީލްގައި ހަމަވުމަށްފަހު ޖަވާބު ފޮނުއްވާފައިނުވާތީ އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބަޔާނެއްވެސް ނެރުމަށްފަހު އެވެ. އެބަޔާން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނުތާ 21 މިނެޓް ތެރޭގައި މިނިސްޓަރ އަމީން ވަނީ މަޖިލީހަށް ޖަވާބު އީމެއިލް ކުރައްވާފައި ކަމަށް މަޖިލީހުގެ އިދާރާއިން ފަހުން ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން މީގެކުރިން ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ހާމަކުރައްވާފައިވާ މައުލޫމާތުތަކަށް ބަލާލާއިރު ސަރުކާރުން 26 ވެންޓިލޭޓަރު ގެނައުމަށް 8.3 މިލިއަން ރުފިޔާ ދައްކާގޮތަށް ނާޑް ނަމަކަށް ކިޔާ ކުންފުންޏަކާއި އެކު އެގްރީމެންޓް ހަދާފައިވާކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި 50 ވެންޓިލޭޓަރު ގެނައުމަށް 14.4 މިލިއަން ރުފިޔާ ހޭދަކުރުމަށް މެޑްޓެކް ކުންފުންޏާއެކު އެގްރީމެންޓް ކުރެވިފައިވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

34 މިލިއަން ރުފިޔާ ހޭދަކޮށްގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަބްރޫކް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. އެގޭ ތެރޭގައި ހިމެނެނީ އައިސީޔޫގައި ބަހައްޓާ 65 ސްޓޭޝަނަރީ ވެންޓިލޭޓަރާއި ދަތުރުމަތީގައި ބޭނުންކުރާ 10 ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރުތައް ގެނައުމަށް އެގްރީމެންޓް ކުރެވިފައިވަނީ ދުބާއީގެ އެކްޒިކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏަކާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މޭމަހުގެ ފުރަތަމަ ހަފްތާގައި މެޑް ޓެކް ކުންފުންޏާ ވެފައިވާ އެއްބަސްވުމުގެ ދަށުން 18 ވެންޓިލޭޓަރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. އަދި ވެންޓިލޭޓަރުތައް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި މަހުގެ 19 ވަނަ ދުވަހު 6 ވެންޓިލޭޓަރެއް ވަނީ ރާއްޖެ ގެނެސްފައެވެ.

މިނިސްޓަރ އަމީނާ ސުވާލުކުރުމަށް ހަމަޖެހިފައިވާ ޖަލްސާ އޮންނާނީ ބުދަ ދުވަހުގެ 11:00 ގަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް