Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑްގަ މަޑުކުރަން ޑެހެއާ ބޭނުން

ދިގު މުއްދަތަކަށް ޔުނައިޓެޑުގައި މަޑުކުރަން ބޭނުން: ޑެހެއާ

ޑެހެއާ ވަނީ މިހާތަނަށް ޔުނައިޓެޑާއެކު 10 އަހަރު ހޭދަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 އެޕްރީލު 2020 | ހޯމަ 11:06
މެންޗެސްޓާ ޔުނައިޓެޑްގެ ގޯލުކީޕަރު ޑޭވިޑް ޑެހެއާ

މެންޗެސްޓާ ޔުނައިޓެޑްގެ ގޯލުކީޕަރު ޑޭވިޑް ޑެހެއާ

ދިގު މުއްދަތަކައް މެންޗެސްޓަރ ޔުނައިޓެޑުގަ މަޑުކުރަން ބޭނުންވާ ކަމަށް ސްޕެއިންގެ ގޯލުކީޕަރު ޑޭވިޑް ޑެހެއާ ބުނެފިއެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2011 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި ޑެހެއާވަނީ އެކުލަބުގައި 10 އަހަރު ހޭދަކޮށްފައެވެ. މި މުއްދަތުގައި އޭނާވަނީ ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޑެހެއާ ބުނީ އޭނާ ބޭނުންވަނީ ދިގު މުއްދަތަކައް ޔުނައިޓެޑުގައި މަޑުކޮށް، އެކުލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްކަމަށެވެ. ކުލަބު ދޫކޮށް ދިޔުމުގެ ވިސްނުމެއް ނެތްކަމަށާއި، ޔުނައިޓެޑުގައި 10 އަހަރު ހޭދަކުރުމަކީ ހުވަފެނެއް ހަޤީޤަތަަކަށްވުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޔުނައިޓެޑް ދޫކޮށް ދިޔުމުގެ ވިސްނުމެއް ނެތްކަމަށް ޑެހެއާ ބުނިއިރު، އޭނާ ހޯދުމަށް ރެއާލް މެޑްރިޑުން މީގެ ކުރިންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އުމުރުން 28 އަހަރުގެ ޑެހެއާ ވަނީ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން 2024 ގެ ނިޔަލަށްވެސް ކުލަބުގައި މަޑުކުރުމުގެ އިޚުތިޔާރު އޭނާއަށް ވަނީ ލިބިފައެވެ.

ޔުނައިޓެޑަށް މިހާތަނަށް 304 މެޗު ކުޅެދީފައިވާ ޑެހެއާ ވަނީ ޔުނައިޓެޑާއެކު އިނގިރޭސި ޕްރިމިއަރ ލީގާއި، އެފްއޭކަޕާއި، ޔޫރޮޕާ ލީގުގެ އިތުރުން، އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު