Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓީން ކުރާ ރިސޯޓުތަކައް 27މިލިއަން

ކަރަންޓީނަށް ދޫކޮށްފައިވާ ރިސޯޓުތަކައް އެކަނިވެސް 27 މިލިއަން ރުފިޔާ ޚަރަދުކޮށްފި

27 އެޕްރީލު 2020 | ހޯމަ 10:20

ކަަރަންޓީންގެ ގޮތުގައި ނެގި ބައެއް ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ދަށްކޮށްފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 އެޕްރީލު 2020 | ހޯމަ 10:20
ފަން އައިލެންޑް ރިސޯޓް ކަަރަންޓީން ފެސިލިޓީ

ފަން އައިލެންޑް ރިސޯޓް ކަަރަންޓީން ފެސިލިޓީ

ރާއްޖެއިން ކޮވިޑް-19 ފެތުރެމުންދާއިރު، މިހާތަނަށް ކަރަންޓީން ފެސިލިޓީތަކަށް 2615 މީހަކު ގެންގޮސްފައިވާ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި މަބްރޫކް ވަނީ ކޮވިޑް-19 ރޯގާއާ ގުޅިގެން މިހާތަނަށް ކުރެވިފައިވާ ޚަރަދުތަކުގެ ބައެއް ތަފުޞީލުތައް ހާމަކުރައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން މަބްރޫކް ވިދާޅުވީ ކޮވިޑް-19އާއި ގުޅިގެން ކަރަންޓީން ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތުގެތެރެއިން، ވެލިދުއާއި، ވެލިވަރަށް ޚަރަދުކޮށްފައިވަނީ ޓޫރިޒަމް ޓްރަސްޓް ފަންޑުންކަމަށެވެ.

އެގޮތުން، ވެލިދުއަށް 469،000 ޚަރަދުވިއެވެ. އެރަށަކީ ކުރިން ފަތުރުވެރިކަމަށް ބޭނުންކޮށްފައިވާ ރިސޯޓެކެވެ. ނަމަވެސް ރޫމްތަކާއި ބައެއްތަންތަން މަރާމާތު ކުރުމަށް އެވަރު ޚަރަދު ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވިލިވަރު ފެސިލިޓީގެ ކޮޓަރިތައް ހެދުމަށާއި ސަރވިސް އޭރިޔާ ހެދުމަށް 6.6 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެރަށަކީ ރިސޯޓެއް ހެދުމަށް ނަގާފައިވާ ރަށެއް ކަމަށާއި، އެރަށް އޮތީ ކޮންސްޓަރަކްޝަން ސައިޓެއްގޮތަށް ކަމަށެވެ. އެގޮތުން މަބްރޫކް ވިދާޅުވީ ވެލިވަރުގައި 30 ކޮޓަރި އާއި ސަރވިސް އޭރިއާ ހަދާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަމުންދާ ރިސޯޓްތަކަކީ އެގްރިމޭންޓް ކުރެވިގެން ބޭނުންކުރަމުންދާ ކަރަންޓީން ފެސިލިޓީތަކެއް ކަމަށެވެ. އެގޮތުން، އެ ރިސޯޓްތަކަށް ސަރުކާރުން ފައިސާ ދައްކާނީ ކަރަންޓީނަށް އެ ރިސޯޓަކުން، އެއިރެއްގައި ބޭނުންކުރަމުންދާ ކޮޓަރިތަކަށް އެކަނި ކަމަށެވެ. އަދި ބޭނުން ކުރަމުންދާ ކޮންމެ ކޮޓަރިއަކަށް، ކޮންމެ ދުވަހަކަށް 750ރ ގެ ރޭޓުން އެގްރިމެންޓް ކުރެވިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ. އަދި އެއީ ފުލް ބޯޑު (ހުރިހާއިރެއްގެ ކެއުމާއެެކު) ކަރަންޓާއި ފެނާއި އަދި އެހެނިހެން އޮޕަރޭޝަނަލް ޚަރަދުތައް ހިމަނައިގެން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް އެވިދާޅުވި ގޮތުން، ރާއްޖޭގައި ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުންދާ ރިސޯޓްތަކަށް ސަރުކާރުން މިވަނީ މަދުވެގެން 27،457،500ރ (ހަތާވީސް މިލިއަން ހަތަރުލައްކަ ފަންސާސްހަތްހާސް ފައްސަތޭކަ ރުފިޔާ) ދައްކާފަ އެވެ. އެއީ ހަމައެކަނި ކޮވިޑް-19 ރޯގާއާ ގުޅިގެން ކަރަންޓީން ކުރެވުނު މީހުން ބޭތިއްބުމަށް ރިސޯޓްތަކާއެކު ކުރެވުނު އެގްރީމެންޓްގެ ދަށުން ހަމަ އެކަނި ރިސޯޓްތަކަށް ސަރުކާރުން މިހާތަނަށް ދޫކޮށްފައިވާ ފައިސާ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓިފައިވާތީ، ބައެއް ރިސޯޓް އޯނަރުން ވަނީ އެމީހުންނަން ވާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ސަރުކާރާއެކު އެގްރީމެންޓް ކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރަމުންދާއިރު، ބައެއް ރިސޯޓްތަކުން މުވައްޒަފުން ކަނޑާ، މުސާރަ ކުޑަކުރުމާއި، މުސާރަ ނުލިބޭގޮތައް ޗުއްޓީއަށް ފޮނުވާލުންފަދަ ކަންކަން ހިންގަމުންދާ ރިސޯޓް އޯނަރުންގެ ރިސޯޓްތައް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ނަގައިގެން ސަރުކާރުން ދަނީ އެ ރިސޯޓް އޯނަރުންނަށް ފައިސާ ވެސް ދައްކަމުންނެވެ.

ރާއްޖޭގައި ހާލުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން ގިނައިރު، މާލޭގައި ދިރިއުޅޭ %60 މީހުން ދިރިއުޅެނީ ކުއްޔަށް ތަންތަން ހިފައިގެންނެވެ. ބައެއް ގޭގެއިން ކުލި ނުދައްކާކަމަށް ބުނެ ގެއިން މީހުން ނެރެލާއިރު، ގިނަ ބައެއްގެ ވަޒީފާގެ ހާލަތަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް