Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާގައި ކުއްލި ނުރައްކާ

ލަންކާގައި އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފި

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރީ މި މާރިޗު މަހުގެ 6 ވަނަ ދުވަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 18 މާރިޗު 2018 | އާދީއްތަ 06:54
ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އަމަން ބެލެހެއްޓުމަށް ލަންކާގެ ސިފައިން ހަރަކާތްތެރިވަނީ

ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އަމަން ބެލެހެއްޓުމަށް ލަންކާގެ ސިފައިން ހަރަކާތްތެރިވަނީ

ބުޑިސްޓުންނާއި މުސްލިމުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އަވަށްޓެރި ސްރީ ލަންކާގައި އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފިއެވެ.

ލަންކާގެ ރައީސް، މައިތުރިޕާލާ ސިރިސޭނާ ވިދާޅުވީ، މި މާރިޗު މަހުގެ 6 ވަނަ ދުވަހު އެމަނިކުފާނު އިޢުލާނުކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވަން ނިންމެވީ އާންމު ރައްކާތެރިކަމުގެ ހާލަތު ބެއްލެވުމަށްފަހު ކަމަށެވެ.

ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރީ މި މަހުގެ ކުރީކޮޅު އެ ޤައުމުގެ ކޭނޑީގައި ބުޑިސްޓުންނާއި މުސްލިމުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ތަންތަނުގައި އަލިފާން ރޯކޮށް، މީހުންނަށާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބުމާއި ގުޅިގެން، އެ ޤައުމުގެ ހާލަތު އާންމު ހާލަތަކަށް ގެންދިއުމުގެ ބޭނުމުގައެވެ.

އެ ހަމަނުޖެހުންތަކުގައި 2 މީހުން މަރުވިއިރު، މުސްލިމުން ވިޔަފާރިކުރާ އެތައް ތަނެއްގައި ރޯކޮށް، 20 މިސްކިތަކަށް ގެއްލުން ދީފައިވެއެވެ.

މި ހަމަނުޖެހުންތައް ހިނޣާފައި މިވަނީ އެ ސަރަޙައްދުގައި ބުޑިސްޓުންނާއި މުސްލިމުންނާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވާތާ އަހަރެއްހާ ދުވަސް ފަހުންނެވެ. ނުތަނަވަސްކަން އުފެދެން ދިމާވީ އެ ސަރަޙައްދުގައި އުޅޭ އެހެން ދީންތަކުގެ މީހުން އިސްލާމް ދީނަށް ވަނުމަށް މުސްލިމުން މަޖުބޫރު ކުރަމުންދާ ކަމަށާއި، ބުޑިސްޓުންގެ އާސާރީ ބިނާތަކަށް މުސްލިމުން ގެއްލުންދޭ ކަމަށް ހަރުކަށި ފިކުރުގެ ބައެއް ބުޑިސްޓުން ތުޙުމަތު ކުރުމާއި ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

26 ޖުލައި 2017

މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ

26 ޖުލައި 2017
މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ
18 ޖުލައި 2017

ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި

18 ޖުލައި 2017
ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި
29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
15 މެއި 2017

ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!

15 މެއި 2017
ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު