Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 އިޓަލީގެ ހާލަތު

އިޓަލީގައި ކޮވިޑް-19 ޖެހޭ މީހުންނާއި މަރުވާމީހުންގެ އަދަދުތައް ދަށަށްދާން ފަށައިފި

އާދިއްތަ ދުވަހު އެގައުމުގައި މިވައިރަސް ޖެހިގެން މަރުވެފައިވަނީ 260 މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 އެޕްރީލު 2020 | ހޯމަ 04:46
އިޓަލީ- ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އަންނަނީ ދަށަށްދަމުން

އިޓަލީ- ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އަންނަނީ ދަށަށްދަމުން

ކޮވިޑް-19 ދުނިޔޭގައި އެންމެ ހަލުވި މިނުގައި ފެތުރެމުންދާ ތިން ވަނަ ޤައުމުކަމަށްވާ އިޓަލީގައި ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ ޢަދަދުތައް ދަށަށްދާން ފަށައިފިއެވެ.

އެގޮތުން އާދިއްތަ ދުވަހު އެޤައުމުގައި މިވައިރަސް ޖެހިގެން މަރުވެފައިވަނީ 260 މީހުން ކަމަށް އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ. މިއީ މަރޗް މަހުގެ 14 ވަނަ ދުވަހުގެ ފަހުން މަރުވި މީހުންގެ ޢަދަދު މިހާބޮޑަށް ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ. ހޮނިހިރު ދުވަހު 415 މީހުން މަރުވެފައިވާއިރު ހުކުރު ދުވަހު މަރުވެފައިވަނީ 420 މީހުންނެވެ. އަދި މިއީ މިފަހަކުން ޖެހިޖެހިގެން ތިން ދުވަހު މަރުވާ މީހުންގެ ޢަދަދުތައް ދަށަށްދާން ފެށި ފުރަތަމަ ފަހަރެވެ.

މީގެއިތުރުން އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން އިޓަލީގައި އަލަށް ވައިރަސް ޖެހޭ މީހުންގެ ޢަދަދުވެސް ވަނީ ދަށަށްދާން ފަށާފަ އެވެ. އެގޮތުން ހުކުރު ދުވަހު އަލަށް ވައިރަސް ޖެހިފައިވަނީ 3021 މީހުންނަށެވެ. ހޮނިހިރު ދުވަހު ވައިރަސް ޖެހިފައިވަނީ 2357 މީހުންނަށެވެ. އަދި އާދިއްތަ ދުވަހު އަލަށް ވައިރަސް ޖެހިފައިވަނީ 2324 މީހުންނަށެވެ.

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އިޓަލީން ފުރަތަމަ ފަހަރަށް ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާއިރު މިހާތަނަށް އައިއިރު 26,644 މީހުން ވަނީ މިވައިރަސް ޖެހިގެން މަރުވެފައެވެ. އިޓަލީއަކީ އެމެރިކާ ނެގުމަށްފަހު އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވަމުންދާ ޤައުމެވެ.

އިޓަލީގައި ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދަކީ 197,675 އެވެ. އިޓަލީއަކީ އެމެރިކާ އާއި ސްޕެއިނަށް ފަހު ދެން އެންމެ ގިނަ ޢަދަދެއްގެ ބަޔަކަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ޤައުމެވެ.

މީގެއިތުރުން މިވަގުތު ވައިރަސް ޖެހިގެން އިޓަލީގައި ރިޕޯޓު ކުރަމުންދާ ޢަދަދުތައްވެސް ވަނީ ދަށަށްދާން ފަށާފައެވެ. އެކްޓިވް ކޭސްތައް ހުކުރު ދުވަހު ހުރީ 106،527 ގައެވެ. އެޢަދަދު ހޮނިހިރު ދުވަހު ވަނީ 105،847 ށް ދަށަށްގޮސްފަ އެވެ. އަދި އާދިއްތަ ދުވަހު މިޢަދަދު ހުރީ 106،103 ގައެވެ. މިއީ މިޢަދަދުތައް ޖެހިޖެހިގެން ދަށަށްދާ ހަތް ވަނަ ދުވަހެވެ.

އާދިއްތަ ދުވަހު އިޓަލީގެ އައިސީޔޫ ތަކުގައި ފަރުވާދެމުން ގޮސްފައިވަނީ 2009 މީހުންނަށެވެ. ހޮނިހިރު ދުވަހު ފަރުވާދެމުން ގޮސްފައިވަނީ 2102 މީހުންނަށެވެ. ހުކުރު ދުވަހު އައިސީޔޫ ތަކުގައި ފަރުވާ ދެމުން ގޮސްފައިވަނީ 2173 މީހުންނަށެވެ. އަދި ބަލިން ރަނގަޅުވާ މީހުންގެ ޢަދަދުތައްވެސް މައްޗަށް ދާންފަށާފައެވެ. އެގޮތުން ހުކުރު ދުވަހު ރަނގަޅުވި މީހުންގެ ޢަދަދު ހުރީ 60،498 ގައެވެ. އެޢަދަދު ހޮނިހިރު ދުވަހު ވަނީ 63،120 މީހުންނަށް އިތުރުވެފައެވެ. އަދި އާދިއްތަ ދުވަހު ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމުލަ އަކީ 64,928 މީހުންނެވެ.

އަނެއްކޮޅުން މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އިޓަލީވިލާތުގައި އިޢުލާނުކުރި ލޮކްޑައުން އުވާލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ބޮޑުވަޒީރު ޖުޒެޕޭ ކޮންޓޭ ވަނީ ވިދާޅުވެފައެވެ. ލޮކްޑައުން އުވާލުމުގެ މަސައްކަތް ފެށުމުގެ ގޮތުން ކާރުޚާނާތަކާއި، ޢިމާރާތްކުރާ ތަންތަން ހުޅުވުމުގެ ހުއްދަ ދިނުމަށް އިޓަލީ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިތުރު ވިޔަފާރިތައް ހުޅުވުމުގެ ފުރުޞަތު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނާގޮތުގައި 1.1187 މިލިއަން މީހުން އިޓަލީގައި ވަނީ މިހާތަނަށް އައިއިރު ވައިރަސް އަށް ޓެސްޓްކޮށްފައެވެ. އިޓަލީގެ އާބާދީއަކީ 60 މިލިއަނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން

ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން

13 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު