Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވިދްޔާ ބާލަން

ހެލްތް ވޯކަރުންނަށް 1000 ޕީޕީއީ ކިޓު ވިދްޔާ ބާލަން ހަދިޔާ ކޮށްފި!

އިތުރު ޕީޕީއީ ކިޓު ގަތުމަށް ފަންޑު ހޯދުމުގެ މަސައްކަތް ވިދްޔާ ދަނީ ކުރަމުން

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 26 އެޕްރީލު 2020 | އާދީއްތަ 16:13
ވިދްޔާ ބާލަން

ވިދްޔާ ބާލަން

އިންޑިޔާގެ މަޝްހޫޜު އެކްޓަރ ވިދްޔާ ބާލަން އިންޑިއާގެ ހެލްތް ވޯކަރުންނަށް 1000 ޕީޕީއީ ކިޓު ހަދިޔާކޮށްފިއެވެ.

ވިދްޔާ މި ކިޓްތަށް ހަދިޔާކޮށްފައިވާކަން ހާމަކޮށްފައި ވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ޕޯސްޓުކުރި ވީޑިއޯ މެސެޖަކާއި އެކުގައެވެ. ވިދްޔާގެ އެ ޕޯސްޓުގައި ބުނެފައިވަނީ މިހާރުވެސް އެނާ އިތުރު ޕީޕީއީ ކިޓު ގަތުމަށް ފަންޑު ހޯދުމަށް މަޝްހޫރު އެކި ފަންނާނުނާއި އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ވިދްޔާ ބުނެފައި ވަނީ ކޮވިޑް 19 އާއި ދެކޮޅަށް އިންޑިއާގެ ހެލްތް ވޯކަރުން ސިފައިންނެކޭ އެއްގޮތަށް ބޯޑަރުގައި ހަނގުރާމަކުރަމުންދާ ކަމަށެވެ. ސީނިއަރ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި ހޮސްޕިޓަލްގެ ވޯލްޑުގައި މަސައްކަތްކުރާ ފަރާތަކަށް ބޭނުންވާ ޕީޕީއީ ކިޓު ނެތްކަން ވިދްޔާ ވާނީ ފާހަގަކޮށްފައެވެ.

ޕީޕީއީ ކިޓް ބޭނުންވާވަރަށް ނެތުމުގެ ސަބަބުން ގިނަ ހޮސްޕިޓާތަކަކަށް އެންމެ އެކަށީގެންވާ ބާރުމިނުގައި ޙިދުމަތް ދިނުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. މިކަން ބަދަލު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ވިދްޔާ ވަނީ ގޮވާލައްވާފައެވެ. މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ފާހަގަކޮށް ކޮންމެ އެހީތެރިއަކަށްވެސް ޝުކުރުގެ ޙާއްސަ ވީޑިއޯ މެސެޖަކާއި އެކު 2 މިނިޓުގެ ވީޑިއޯ ކޯލެއް ވިދްޔާ އާއި އެކު ލިބިގެންދާނެއެވެ.

ވިދްޔާ ބުނިގޮތުގައި އެންމެ ޕީޕީއީ ކިޓެއްގެ އަގުވެސް 650 ރުޕީސް އަށް އަރައެވެ.

އިތުރަށް ކިޔާލަން

05 މެއި 2024

1000 ފޫޓުގެ އުސް ރާޅަކުން ހިތަށް ހަމަޖެހުމެއް ލިބިދާނޭ ބުނަން ކެރިދާނެތަ؟

05 މެއި 2024
1000 ފޫޓުގެ އުސް ރާޅަކުން ހިތަށް ހަމަޖެހުމެއް ލިބިދާނޭ ބުނަން ކެރިދާނެތަ؟
23 ފެބުރުއަރީ 2024

ކޮވިޑް-19ގެ ޕީޕީއީ، ޑައެޕަރއަށް!

23 ފެބުރުއަރީ 2024
ކޮވިޑް-19ގެ ޕީޕީއީ، ޑައެޕަރއަށް!
15 މެއި 2020

ކޮވިޑް 19 ގެ ސިމްޓަމްސް ދެނެގަންނަ 1000 ބޭންޑް މުމްބައި ފުލުހަށް އަކްޝޭ ހަދިޔާކޮށްފި

15 މެއި 2020
ކޮވިޑް 19 ގެ ސިމްޓަމްސް ދެނެގަންނަ 1000 ބޭންޑް މުމްބައި ފުލުހަށް އަކްޝޭ ހަދިޔާކޮށްފި
02 މެއި 2020

ޕީޕީއީ ކިޓު ހަދިޔާ ކުރުމަށް ސޮނާކްޝީ ގޮވާލައިފި

02 މެއި 2020
ޕީޕީއީ ކިޓު ހަދިޔާ ކުރުމަށް ސޮނާކްޝީ ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު