Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުފުއްފާރުގައި ކޮވިޑާއި ގުޅިގެން ފިޔަވަޅުތައް އަ

ހުޅުދުއްފާރުގައި ރޭގަނޑު ބޭރަށް ނުކުންނަ މީހުން ކަރަންޓީން ކުރަނީ

ރޭގަނޑު ފިހާރައިގެ ހިދުމަތް މެދުކަނޑާލާ ޑެލިވަރީގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 އެޕްރީލު 2020 | އާދީއްތަ 04:23
ރ. ހުޅުދުއްފާރު - ރައްކާތެރިވުމުގެ ގޮތުން އެރަށު ކައުންސިލާއި ޓާސްކްފޯހުން ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައި

ރ. ހުޅުދުއްފާރު - ރައްކާތެރިވުމުގެ ގޮތުން އެރަށު ކައުންސިލާއި ޓާސްކްފޯހުން ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައި

ރ. ހުޅުދުއްފާރުގައި ރޭގަނޑު 10:00 ގެ ފަހުން ބޭރަށް ނުކުންނަ މީހުން ކަރަންޓީން ކުރާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ހުޅުއްފާރު ކައުންސިލުން ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެންގުމުގައި ވާގޮތުގެމަތީން، ހުޅުދުއްފާރުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން ހުޅުދުއްފާރު ޓާސްކް ފޯސްއިން ބައެއް ކަންކަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލް އިދާރާ، ޓާސްކްފޯސް، ސޯޝަލް ސަޕޯޓް ޑެސްކް، ފެނަކަ ބްރާންޗް އަދި ޞިއްޙީ މަރުކަޒުގެ ޑިއުޓީ ތަކަށް ނުވަތަ މަސައްކަތްތަކަށް އެކަމަށް ކަނޑައަޅާ މުވައްޒަފުންނަށް އެމަސައްކަތްތަކުގައި އުޅެވޭނެ ކަމަށާއި، ބަލިވެގެން ޑޮކްޓަރަށް ދައްކަން ބޭނުންފުޅުނަމަ ނުވަތަ ބޭހެއް ބޭނުންފުޅުނަމަ ޞިއްޙީ މަރުކަޒުގެ ނަންބަރަށް ގުޅުމަށް ވަނީ އެދިފައެވެ.

އަދި ޒަރޫރީ ބޭނުމެއްނެތި ރޭގަނޑު 10 ގެ ފަހުން މަގުމަތީގައި އުޅޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށާއި، އެފަދަ ފަރާތްތަކަށް ފުރަތަމަ ނަސޭހަތްތެރިވެވޭނެ ކަމަށާއި، ދެވަނަ ފަހަރު އެޢަމަލު ތަކުރާރު ކޮށްފިނަމަ ގޭގައި ކަރަންޓީނު ވުމަށް އެންގޭނެ ކަމަށެވެ. އަދި މިގޮތަށް އަމަލުނުކޮށްފިނަމަ ޕޮލިހަށް އެފަރާތެއްގެ މައްސަލަ ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ހުއްދަ ހޯދުމަށްފަހުގައި އުމްރާނީ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 08:00ން ހަވީރު 16:00ށް އަދި ފިހާރަ ތަކުން ޚިދުމަތްދޭ ގަޑިތަކަކީ ހެނދުނު 09:00ން 11:00ށް އަދި މެންދުރުފަހު 2:00ން 5:00ށް އަށް ކަމަށެވެ. އަދި ފިހާރަ ތަކުން ޑެލިވަރީގެ ޚިދުމަތްދޭނީ ރޭގަނޑު 08:00ން 10:00ށް ކަމަށް ބުނެފައިވެއެވެ.

ހޮޓާތަކުން ޑެލިވަރީގެ ޚިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ހަވީރު 5:00ން ރޭގަނޑު 12:00ށެވެ. ހުޅުދުއްފާރު ކައުންސިލުން ވަނީ މި ކަންތައްތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިދަނޑިވަޅުގައި ކޮންމެހެންއަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށްވާތީ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް އެދިފައެވެ. އަދި އެންމެންގެ ރައްކާތެރިކަމަށް ޞިއްޙީ މާހިރުންނާއި ކަމާއިގުޅޭ ފަރާތްތަކުން ދޭ ލަފަޔާއި އިރުޝާދާޢި އެއްގޮތަށް އަމަލުކުރުމަށް ވަނީ ހުޅުދުއްފާރު ކައުންސިލުން ވަނީ އަންގާފައެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

އަދީބު ރާއްޖޭން ބޭރަށް ނުފޮނުވަނީ ފިލައިފާނެތީ: ސަރުކާރު

20 ޖޫން 2017
އަދީބު ރާއްޖޭން ބޭރަށް ނުފޮނުވަނީ ފިލައިފާނެތީ: ސަރުކާރު
15 ޖޫން 2017

އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި

15 ޖޫން 2017
އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި
29 މެއި 2017

ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!

29 މެއި 2017
ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!
22 މެއި 2017

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

22 މެއި 2017
އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ
20 މެއި 2017

އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ

20 މެއި 2017
އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު