Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޣައްޒާގެ މުސްލިމުންގެ ޙާލަތު

ކޮވިޑް-19އާއި ހެދި ޣައްޒާގެ މުސްލިމުން ބިކަ ޙާލުގައި

25 އެޕްރީލު 2020 | ހޮނިހިރު 12:57

ޣައްޒާގެ މިސްކިތްތައް ބަންދުކޮށް ޖަމާޢަތުގައި ނަމާދުކުރުން ވަނީ މަނާކޮށްފައި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 25 އެޕްރީލު 2020 | ހޮނިހިރު 12:57
ޣައްޒާގެ ކުދިންތަކެއް މިދިޔަ އަޟްޙާ ޢީދުގައި ނަލަހެދިލައިގެން

ޣައްޒާގެ ކުދިންތަކެއް މިދިޔަ އަޟްޙާ ޢީދުގައި ނަލަހެދިލައިގެން | -

ކޮވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފަލަޞްޠީނުގެ ޣައްޒާގެ މުސްލިމުން ބިކަޙާލުގައި ޖެހިއްޖެއެވެ.

ބަރަކާތްތެރި ރަމަޟާންމަހުގައި އާންމުގޮތެއްގައި މިސްކިތްތަކުގައި ބާއްވާ ރޯދަވީއްލުމާއި މިސްކިތްތަކަށް އަަންނަ މީހުން ޞަދަޤާތުގެ ގޮތުގައިދޭ ފައިސާފޮތިން ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިގެން ތިބޭ މީހުންގެ އަދަދު ޣައްޒާގައި ގިނައެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެޤަައުމުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތައް ބަންދުކުރުން އެއީ ޣައްޒާ ބައެއް މުސްލިމުން މި ރަމަޟާންމަހު ކުރިމަތިލާންޖެހިފައި މިވަނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެކެވެ. ގިނަ ބަޔަކު މިހާރު ތިބީ ރަމަޟާންމަހު ދިރިއުޅުމުގެ ކަންކަން ހަމަޖައްސާނެ ގޮތަކާއި މެދު މާޔޫސްވެފައެވެ.

Advertisement - newsAdvertisement

ވަޒީފާއެއްނެތި އަންހެނުންނާއި 6 ކުދިން ގޮވައިގެން ޣައްޒާގެ ރަށްފުށު ޞަރަހައްދެއްގައި އުޅޭ އުމުރުން 47 އަހަރުގެ ޖިބްރީލް ބުނީ، ރަމަޟާންމަހު އެކި ގޮތްގޮތުން ލިބޭ ފައިސާއިން މުޅި އަހަރު ދިރިއުޅުމުގެ އެކި ބޭނުންތައް ފުއްދަމުން އަންނަ ކަމަށެވެ. މިއަހަރު މިވީ ގޮތުން ކުރިޔަށް އޮތް އަހަރު ދިރިއުޅެން ޖެހޭނެ ގޮތް ވަޒަންކުރަން ދަތިކަމަށް އޭނާ ބުންޏެވެ.

ދެމިލިޔަނާއި ގާތްކުރާ ޢަދަދަކަށް މީހުން ދިރިއުޅެމުން އަންނަ ޣައްޒާއިން މިހާތަނަށް ރިކޯޑުކުރެވިފައިވަނީ ކޮވިޑް-19 ގެ 17 ކޭސްއެވެ. އެހެންނަމަވެސް ވައިރަސް ފެތުރިދާނެކަމުގެ ބިރު ހީވެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ ރަމަޟާންމަސް ނިމެންދެންވެސް މިސްކިތްތައް ބަންދުކުރަން ނިންމާފައެވެ. އަދި ގިނަ މީހުންއެއްވެގެން ބާއްވާ ދީނީ ނަޞޭޙަތްދިނުންވެސް މަނާކޮށް، ގޭގައި ނަމާދުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޣައްޒާގައި އާދައިގެ މަތިން ރޯދަވީއްލާ އުޅެނީ ޢާއިލާތައް އެކީގައެވެ. އަދި ގިނަ މީހުން އިޚުތިޔާރުކުރަނީ މިސްކިތްތަކުގައި ރޯދަވީއްލުމަށެވެ. ރަމަޟާންމަހު އެހީދޭ ޖަމާއަތްތަކުން އެތައްހާސްމީހުންނަށް މިސްކިތްތައް މެދުވެރިކޮށް ރޯދަވީއްލުމުގެ ކަންކަން ހަމަޖައްސައިދެއެވެ. އަދި ޒަކާތުގެ ފައިސާގެ އިތުރުން ޞަދަޤާތުގެ ގޮތުގައިވެސް ފަޤީރުންނަށް ފައިސާލިބެއެވެ. ކޮވިޑް-19 އާއި ގުޅިގެން މިހުރިހައި ދޮރެއް މިވަނީ ބަންދުވަފައެވެ.

ވެރިކަންކުރާ ޙަމާސް ޖަމާއަތުން ވަނީ ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި 5000 އާއިލާއަކަށް 100 ޑޮލަރުދިނުމަށް ނިންމާފައެވެ. އެހެންނަމަވެސް މި ފައިސާ ޣައްޒާގެ މުސްލިމުންނަށް ލިބުނުކަން އެއްވެސް ޞައްޙަ މަސްދަރަކުން ކަށަވަރެއް ނުވެއެވެ.

ޞަލާޙު ޖިބްރީލަކީވެސް ހަމާސްއިން ފައިސާދޭން ބުނާ ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހެކެވެ. އޭނާއަށް ރަމަޟާންމަސް ނޫނަސް، ކޮންމެ ހަތަރު މަހުން އެއްމަހު ގައްޒާގެ މިނިސްޓްރީ އޮފް ސޯޝަލް އެފެއަރޒުން 500 ޑޮލަރުދެއެވެ. ޖިބްރީލު ބުނީ 8 މީހުންގެ ޢާއިލާއެއްގެ ދިރިއުޅުމުގެ ޒަރުރީ ބޭނުން އެއިން ނުފުދޭ ކަމަށެވެ. އަދި އަބަދުވެސް ބަރޯސާވަނީ ރަމަޟާންމަހު ލިބޭ އެއްޗަކަށް ކަމަށެވެ.

ޖިބްރީލު ފަދަ އެތައް މިލިޔަން މީހުން މިއަދު ޣައްޒާގައި ބަނޑަށް ޖެހި ފުރާނަ މުއްތު ކުރާނެ ގޮތެއް ނެތިފައި އެބަތިއްބެވެ. ދިރިއުޅުމުގެ އުފާތަކުން މަޙްރޫމުގެ ބައެއް މީހުންނަކީ ބޯހިޔާވަހިކަންވެސް ނެތް މީހުންނެވެ. ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ މުސްލިމުންގެ ދުޢާއަކީ ކޮވިޑް-19 އާއި ގުޅިގެން މި ކުރިމަތިވި ދަތި އުދަނގޫ ދުވަސްތަކުން ސަލާމަތްވުމެވެ. ކޮވިޑް-19 ގެ ކުރިންވެސް ޣައްޒާގެ ރައްޔިތުން އައީ އިސްރާއީލުގެ ދުއްތުރާތަައް ތަޙައްމަލުކުރަމުންނެވެ. އަމިއްލަ ވަޒަނުގެ ހިމާޔަތުގައި ފިކުރީ ހަނގުރާމައެއް ކުރަމުންދާ ޣައްޒާގެ ރައްޔިތުންނަކީ ކެތްގަދަ ބައެކެވެ. ހުރިހައި ޙާލަތެއް މެދުވާއިރުވެސް އަމިއްލަ ވަޒަނުގެ ހިމާޔަތުގައި ޖިހާދުކޮށްލަން ޣައްޒާގެ އެއްވެސް މުސްލިމަކު ފަސްނުޖެހޭނެއެވެ. ހިތްދަތިކަމާއި ވޭނުގައި މުޅި އުމުރު ދުއްވާލަން ޖެހުނަސް ފަރުވާލެއް ނެތެވެ.

އދ ގެ ރެފިއުޖީންނާއި ބެހޭ މައި އިދާރާގެ ދިރާސާތަކުން ދައްކާގޮތުގައި ޣައްޒާގެ %80 މީހުންގެ ދިރިއުޅުން ބަރޯސާވެފައިވަނި ލިބެ އެހީގެ މައްޗަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ދެކޮޅު ހެދިއަސް، މަރުގެ ހުކުމް ތަންފީޒް ކުރާނަން: ރައީސް ޔާމީން

24 އެޕްރީލު 2017
ދެކޮޅު ހެދިއަސް، މަރުގެ ހުކުމް ތަންފީޒް ކުރާނަން: ރައީސް ޔާމީން
12 އެޕްރީލު 2017

ޔާމިން ފަޅި ދޫކޮށް މައުމޫނު ފަޅިއަށް ބަދަލުވި ސައުދުގެ އަނބިކަނބަލުންގެ ކޮއްކޮ ވަޒީފާއިން ވަކިކޮށްފި

12 އެޕްރީލު 2017
ޔާމިން ފަޅި ދޫކޮށް މައުމޫނު ފަޅިއަށް ބަދަލުވި ސައުދުގެ އަނބިކަނބަލުންގެ ކޮއްކޮ ވަޒީފާއިން ވަކިކޮށްފި
01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
27 މާރިޗު 2017

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި

27 މާރިޗު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
04 މާރިޗު 2017

ނޫހުގެފާނުގެ ނައުކޮޅާ ގުޅޭ ގޮތުން ރައީސް ޔާމީން އިންޒާރުދެއްވީ އަނބިކަނބަލުންނަށް: މެމްބަރު ނާޒިމް

04 މާރިޗު 2017
ނޫހުގެފާނުގެ ނައުކޮޅާ ގުޅޭ ގޮތުން ރައީސް ޔާމީން އިންޒާރުދެއްވީ އަނބިކަނބަލުންނަށް: މެމްބަރު ނާޒިމް
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް