Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 ނިއުޔޯކްގެ ހާލަތު

ކޮރޯނާވައިރަސް ނިއުޔޯކަށް އައީ ޔޫރަޕުން، ޗައިނާ އަކުން ނޫން: ގަވަރުނަރު

ނިއު ޔޯކް ސިޓީގެ 10،000 ށް ވުރެ ގިނަ މީހުންނަށް އެސިޓީން ފުރަތަމަ ވައިރަސް ޖެހިގެން ރިޕޯޓްކުރި މަރޗް މަހުގެ 1 ވަނަ ދުވަހާހަމައަށް ވައިރަސް ޖެހިފައިވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 އެޕްރީލު 2020 | ހޮނިހިރު 06:01
ނިއުޔޯކް

ނިއުޔޯކް

މިވަގުތު ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް-19 ޖެހި އަދި މަރުވަމުންދާ އެމެރިކާގެ ނިއު ޔޯކަށް ވައިރަސް އައިސްފައިވަނީ ޔޫރަޕުން ކަމަށާއި ޗައިނާއިން ނޫންކަމަށް އެސިޓީގެ ގަވަރުނަރ އެންޑްރޫ ކޫމޯ ވިދާޅުވެއްޖެއެވެ.

ކޫމޯ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޔޫރަޕުގެ ގައުމުތަކުން އެމެރިކާއަށް އެތެރެވާ މީހުން ހުއްޓިވީ މާފަހުންކަމަށާއި އެކަމުގެ ސަބަބުން އެވައިރަސް ފެތުރުމަށް މަގުފަހިވި ކަމަށެވެ. ކޫމޯ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ނޮދަރން އީސްޓަރން ޔުނިވަރސިޓީއަކުން ހަދާފައިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ. އެ ޔުނިވަރސިޓީން އަންދާޒާކުރާ ގޮތުގައި ނިއު ޔޯކް ސިޓީގެ 10،000 ށް ވުރެ ގިނަ މީހުންނަށް އެސިޓީން ފުރަތަމަ ވައިރަސް ޖެހިގެން ރިޕޯޓުކުރި މަރޗް މަހުގެ 1 ވަނަ ދުވަހާހަމައަށް ވައިރަސް ޖެހިފައިވެއެވެ. އަދި ވައިރަސް ނިއު ޔޯކަށް އައުމުގެ އަޞްލަކީ އިޓަލީކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ކޫމޯ ވިދާޅުވެފައިވެއެވެ.

ކޫމޯ ވިދާޅުވީ ޓްރަމްޕް ޗައިނާއިން މީހުން އެެތެރެވުން މަނާކުރީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ކަމަށެވެ. އެއީ ވުހާންގައި ވައިރަސް ހަލުވިކަމާއެކު ފެތުރެން ފެށިތާ މަހެއްހާ ދުވަސް ފަހުންނެވެ. އަދި މަރޗް މަހު ޔޫރަޕުން މީހުން އައުން މަނާ ކުރިއިރު ވައިރަސް އެމެރިކާގައި ފެތުރިފައިވާކަމަށް ކޫމޯ ވިދާޅުވިއެވެ.

ކޫމޯގެ މިވާހަކަފުޅާއެކު އަމިއްލަފުޅަށް މިވަނީ ވައިރަސް އެމެރިކާއަށް ވަނުމަށް ދިމާވި ސަބަބުތަކާއި ފެތުރުން ދިމާވި ސަބަބުތަކާ ގުޅޭގޮތުން އެމެރިކާގައި ކުރެވޭ ހޫނު ގަދަ ސިޔާސީ ބަހުސްތަކުގެ ތެރެއަށް ވަދެވަޑައިގަންފައެވެ. ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅި ނަމަ ގިނަ ބައެއްގެ ފުރާނަ ސަލާމަތްވާނެކަމަށް ބުނެ އެމެރިކާގެ އެތެރޭގައި ވަނީ ބަހުސްތަކެއް ފެށިފައެވެ.

އެހެންނަމަވެސް ކޫމޯ ވަނީ އަމިއްލަފުޅަށް ނިންމެވި ނިންމެވުންތައް ދިފާޢުކުރައްވާ ވާހަކަދައްކަވާފަ އެވެ. އެގޮތުން ނިއު ޔޯކް ލޮކްޑައުން ކުރުމަށް ނިންމެވިތާ 19 ދުވަސް ފަހުން ނިއުޔޯކުން ފުރަތަމަ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރިޕޯޓުކުރުމަކީ ކޫމޯގެ ނިންމެވުންތައް އެހެން ސްޓޭޓްތަކުގެ ގަވަރުނަރުންގެ ނިންމެވުންތަކަށްވުރެ އަވަހަށް ނިންމެވި ނިންމެވުމެއް ކަމަށް ކޫމޯ ވިދާޅުވި އެވެ.

ކޫމޯ ވަނީ އެމެރިކާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއަށް އެހީ ދިނުން ހުއްޓާލުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ޑަބްލިޔުއެޗްއޯއިން ކޮވިޑް-19 ގެ ބަލިމަޑުކަމާއި ފުރިހަމައށް ޖަވާބުދާރީވޭތޯ ސުވާލު އުފެއްދުން ރަނގަޅު ކަމަށް ކޫމޯ ވިދާޅުވި އެވެ. ޓްރަމްޕް ޑަބްލިޔުއެޗްއޯއަށް ދޭ އެހީތައް ކަނޑުއްވާލެއްވީ ކޮވިޑް-19 އާއި ބަލި ފެތުރެން ދިމާވި ސަބަބުތަކާއި ގުޅިގެން ޗައިނާއިން ރަނގަޅު ނޫން މައުލޫމާތު ދޭކަމަށް ތުހުމަތުކުރައްވާފައެވެ.

އެހެންނަމަވެސް ކޫމޯ ވަނީ ޗައިނާގެ ތެރޭގައި މިވައިރަސް ޖެނުއަރީ އަދި ފެބްރުއަރީ މަހުގެތެރޭގައި ހަލުވިކަމާއެކު ފެތުރި އެތައް ބަޔަކު މަރުވަމުން ދިޔައިރު ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން އެކަމަށް ސަމާލުކަންދިންލެއް ލަސްކަމަށް ވިދާޅުވެފައެވެ. ކޫމޯ ވިދާޅުވީ މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު 2.2 މިލިއަން މީހުން ޔޫރަޕްގެ އެކި ގައުމުތަކުން ނިއުޔޯކު އަދި ނިއުޖަރޒީގެ އެއަރޕޯޓްތަކުން ފްލައިޓްތަކުން ދަތުރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން ގިނަ މީހުންނަކީ އޭރުވެސް މިވައިރަސް ހަށިގަނޑުގައި ހުރި މީހުންކަމަށެވެ.

ހެދޭ މިފަދަ ގޯސްތަކުން ފިލާވަޅު ހާސިލުކޮށް ކުރިޔަށް އޮތްތަން ރަނގަޅުކުރަން ޖެހޭ ކަމަށް ވިދާޅުވެ ކޫމޯ ވިދާޅުވީ ކުރިޔަށް އޮތް އޯޓަމްގައި އަނެއްކާވެސް އައު ވައިރަސް އެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުކަންދީ މިކަމުން ރެކެން ނޫޅެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ކޫމޯ ވިދާޅުވިއެވެ.

މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ލޮކްޑައުންގައިވާ ނިއުޔޯކްގެ ލޮކްޑައުން އުވާލުން އަދި މާއަވަސް ކަމަށް ކޫމޯ ވިދާޅުވިއެވެ. މިހާރުވެސް އަލަށް ވައިރަސް ޖެހިގެން ނިއު ޔޯކްގައި ދުވާލެއްގެ މައްޗަށް 1300 މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަމުން އަންނަކަމަށް ކޫމޯ ވިދާޅުވިއެވެ. އެހެންނަމަވެސް ކުރިޔާއަޅާ ބަލާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ކޮވިޑް-19 ޖެހިގެން އެޑްމިޓްކުރާ މީހުންގެ އަދަދުތައް ދަށަށްދާން ފަށާފައިވާކަމަށް ކޫމޯ ވިދާޅުވިއެވެ.

އެމެރިކާގެ 925,232 މީހުންނަށް މިހާތަނަށް އައިއިރު ވައިރަސް ޖެހިފައިވާއިރު ނިއުޔޯކުން އެކަނި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 277,445 ށް އަރައެވެ. 52,193 މީހުން އެމެރިކާގައި މިވައިރަސް ޖެހިގެން މަރުވެފައިވާއިރު ނިއުޔޯކުން މަރުވި މީހުންގެ އަދަދު ވަނީ 21,291 ށް އަރާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް

ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް

14 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު