Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެމްކޯގެ ޚިދުމަތް

ވެމްކޯއިން ޑަސްބިން ކޮތަޅު ވިއްކަނީ!

60 ކޮތަޅުގެ ބޮނޑިއެއްގެ އަގަކީ 150 ރުފިޔާ

އަމްނާ އިމާދު
އަމްނާ އިމާދު | 25 އެޕްރީލު 2020 | ހޮނިހިރު 06:12
ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތްތައް ކުރަނީ

ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތްތައް ކުރަނީ

ކަސްޓަމަރުންގެ އެދުމުގެ މަތިން ޑަސްބިން ކޮތަޅު ވިއްކަން ފަށާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.

ކޮވިޑް-19 ފެތުރެމުންދާތީ މާލެސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. އާންމު ހާލަތުގައި ވިޔަފާރި ކުރާ އުސޫލުން ވިޔަފާރި ކުރުމުގެ ފުރުސަތު ބަންދު ވެފައިވާއިރު، ޑޮލިވަރީ ކޮށްގެން ގެންގެން ގެންނަ ތަކެތި ރަނގަޅަށް ދޮވެ، ކޮތަޅު އެއްލާލުމަށް ކަމާ ބެހޭ ފަރާތްތަކުން އެދިފައިވެއެވެ.

ވެމްކޯއިން ބުނީ މިހާލަތުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެންމެ ބޮޑު ޝަކުވާއަކީ ޑަސްބިން ކޮތަޅު ލިބުމުގެ ޝަކުވާ ކަމަށެވެ. އަދި ގިނަ ކަސްޓަމަރަން ކޮތަޅު ފޯރުކޮށް ދިނުމަށް އެދެމުންދާ ކަމަށެވެ.

އެގޮތުން ކޮތަޅު ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން ބުނީ ކޮންމެ ދުވަހެއް ދުވަހެއް ހެނދުނު 10:00ން ހަވީރު 16:00ށް އޯޑަރު ދެވޭނެ ކަމަށެވެ. އޯޑަރު ދިނުމަށް ކަސްޓަމަރުގެ ނަމާއި ކޮންޓެކްޓް ނަންބަރު، ގޭގެ އެޑްރެސް އަދި ކޮތަޅު ބޭނުންވާ އަދަދު ލިޔުމަށްފަހު 7621666 އަށް ވައިބާ ކުރުމަށް ވެމްކޯއިން އެދިފައިވެއެވެ.

އޯޑަރު ބަލައިގަންނާނީ ވައިބަރ މެސެޖް މެދުވެރިކޮށް އެކަނިކަން ފާހަގަކޮށް ވެމްކޯއިން ބުނީ ކޮންމެ ގޭބީސީ އަކަށް އޯޑަރު ކުރެވޭނީ ދުވާލަކު 3 ބޮނޑި ރަތް ކޮތަޅު (ބޮނޑި އަކު 60 ކޮތަޅު) ކަމަށެވެ. އަދި ދުރާލާ ފައިސާ ނުފޮވާ އޯޑަރު ނަންބަރު ޔަގީން ކުރުމަށް އެދިފައިވެއެވެ،

ވެމްކޯ އިން ބުނީ 60 ކޮތަޅުގެ ބޮނޑިއެއްގެ އަގަކީ 150 ރުފިޔާ ކަމަށާއި އޯޑަރު ދިނުމަށްފަހު އެކުންފުނީގެ އެކައުންޓު ނަންބަރު 7730000058275 (ބީއެމްއެލް އެކައުންޓް) އަށް ލާރި ޓްރާންސްފާކޮށް، ސްލިޕްކޮޅު ވައިބާ ކުރުމުން ކޮތަޅު ޑެލިވާ ކޮށްދޭނެ ކަމަށެވެ.

ވެމްކޯއިން މާލެ، ހުޅުމާލެ އަދި ވިލިމާލެގެ ކަސްޓަމަރުންނަށް ކޮތަޅު ފޯރުކޮށް ދިނުމަށް ނިންމާފައި ވާއިރު، ކޮތަޅު ޑެލިވަރ ކުރުމަށް ތިން ދުވަސް ނަގާނެ ކަމަށެވެ.

ކަސްޓަމަރުންގެ އެދުމުގެ މަތިން ޑަސްބިން ކޮތަޅު ވިއްކަން ފަށާފައިވާއިރު، ކުނި އުފައްދާ މިންވަރު ވީހާވެސް މަދު ކުރުމަށާއި، މާލެ ސަރަހައްދުގެ ގޭބީސީތަކުގައި އުފެދޭ ކުނި މެންދުރު 12 އާއި 2 އާ ދެމެދު ގޭގެ ތިރިއަށް ބޭލުމަށް ވެމްކޯއިން އެދިފައިވެއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2018

ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް އެމްޑީޕީ ހަރުގެއަށް އުކައިފި

12 ޖެނުއަރީ 2018
ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް އެމްޑީޕީ ހަރުގެއަށް އުކައިފި
22 ނޮވެމްބަރު 2017

ފަސް ކިލޯގެ ހަނޑޫ ބަސްތާ ކޮންޓްރޯލް ކޮށްގެން ވިއްކަނީ ސްޓޮކް މަދުވެގެނެއް ނޫން: އެސްޓީއޯ

22 ނޮވެމްބަރު 2017
ފަސް ކިލޯގެ ހަނޑޫ ބަސްތާ ކޮންޓްރޯލް ކޮށްގެން ވިއްކަނީ ސްޓޮކް މަދުވެގެނެއް ނޫން: އެސްޓީއޯ
14 ނޮވެމްބަރު 2017

ވެމްކޯއިން އޮންލައިކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފި

14 ނޮވެމްބަރު 2017
ވެމްކޯއިން އޮންލައިކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފި
21 އޮކްޓޯބަރު 2017

އިންޑަސްޓްރިއަލް ވިލެޖްގައި ވެމްކޯއިން 10 ބުރީގެ އިމާރާތެއް އަޅަނީ

21 އޮކްޓޯބަރު 2017
އިންޑަސްޓްރިއަލް ވިލެޖްގައި ވެމްކޯއިން 10 ބުރީގެ އިމާރާތެއް އަޅަނީ
12 އޮކްޓޯބަރު 2017

"އަބުރުފުޅު" ފަންޑަށް ފަންޑް ރެއިޒް ކުރުމަށް ރާއްޖެޓީވީ ލޯގޯޖެހި ޓީޝާޓް ވިއްކަނީ!

12 އޮކްޓޯބަރު 2017
"އަބުރުފުޅު" ފަންޑަށް ފަންޑް ރެއިޒް ކުރުމަށް ރާއްޖެޓީވީ ލޯގޯޖެހި ޓީޝާޓް ވިއްކަނީ!
28 އޯގަސްޓު 2017

ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން: ފުވައްމުލަކު ސިޓީ ކައުންސިލް

28 އޯގަސްޓު 2017
ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން: ފުވައްމުލަކު ސިޓީ ކައުންސިލް
25 އޯގަސްޓު 2017

މިފަހުން ވިއްކާފައިނުވާ ވަރުގެ ބޮޑު އަދަދެއްގެ ޓީބިލް ވިއްކަނީ!

25 އޯގަސްޓު 2017
މިފަހުން ވިއްކާފައިނުވާ ވަރުގެ ބޮޑު އަދަދެއްގެ ޓީބިލް ވިއްކަނީ!
01 ފެބުރުއަރީ 2017

ސިންގަޕޫރުގެ ޑީބީއެސް ބޭންކަށް ސޮވެރިން ބޮންޑް ވިއްކަނީ

01 ފެބުރުއަރީ 2017
ސިންގަޕޫރުގެ ޑީބީއެސް ބޭންކަށް ސޮވެރިން ބޮންޑް ވިއްކަނީ
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު