Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެމްކޯ

ވެމްކޯއިން އޮންލައިކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފި

ވެމްކޯއިން ދަނީ މާލެ ސީޓީގައި އުފެދޭ ކުށި ނައްތާލުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 ނޮވެމްބަރު 2017 | އަންގާރަ 11:43
އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމް: ވެމްކޯއަށް ގެނެސްފައިވާ ވެހިކަލްތަކެއް ކައިރީގައި މަޑުކޮށްލައިގެން

އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމް: ވެމްކޯއަށް ގެނެސްފައިވާ ވެހިކަލްތަކެއް ކައިރީގައި މަޑުކޮށްލައިގެން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި އުކާލުމުގެ ފީ އޮންލައިންކޮށް ދެއްކޭ ގޮތަށް ހަދައިފި އެވެ.

ވެމްކޯގެ އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވީ އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ ކުރިން ވެމްކޯގެ ބިލު ދެއްކުމަށް ދާން ޖެހެނީ އެކުންފުނީގެ އޮފީހަށް ނުވަތަ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެ ކުންްފުނީގެ ސައިޓަށެވެ.

ވެމްކޯއިން ބުނީ އޮންލައިކޮށް ފައިސާ މިހާރު ބަލައިގަންނަން ފެށި ނަމަވެސް، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެ އޮފީހުގައި ސައިޓުން ވެސް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވެމްކޯއިން ބުނީ އިންޑަސްޓްރިއަލް ވިލެޖުން ފައިސާ ބަލައިގަންނަމުން ދާނީ ރަސްމީ ދުވަހު ހެނދުނު 09:00 އިން ފެށިގެން 15:00 އަށް ކަމަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 14:00އަށް ފައިސާ ބަލައިގަންނަމުންދާނެ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.

ވެމްކޯ އިން ބުނި ގޮތުގައި އޮންލައިންކޮށް ފައިސާ ދެއްކޭނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށެވެ. އެގޮތުން ވެބްސައިޓުގެ މެއިން ޕޭޖުގައި އިންނަ، އޮންލައިންކޮށް ބިލު ދައްކާ ބެނާ އަށް ގޮސް، އައިޑީ ކާޑު ނަމްބަރު ޖެހުމުން އެ މީހެއްގެ އެކައުންޓު ފެންނާނެ އެވެ.

ގޭގެއަށް ގޮސް ކުނި އުކާލުމުގެ ހިދުމަތް ރަސްމީކޮށް މާލެ ސިޓީގައި ފަށާފައިވަނީ މިދިއަ އޮގަސްޓް މަހު އެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު