Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭރުގެ މާލީ އިދާރާތަކުން މިލިއަން ރުފިޔާ ލިބޭނެ

ބޭރުން 215 މިލިއަން ޑޮލަރު ހޯދުމުގެ މަޝްވަރާތައް ކުރިއަށް އެބަދޭ: ފިނޭންސް މިނިސްޓްރީ

24 އެޕްރީލު 2020 | ހުކުރު 12:48

ބައިލަން އަގްވާމީ މާލީ އިދާރާތަކުން 215.37 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 އެޕްރީލު 2020 | ހުކުރު 12:48
މަޖިލީހުގެ ކޮމެޓީއަކަށް ފިނޭންސް މިނިސްޓަރ އަމީރު މައުލޫމާތު ހިއްސާ ކޮށްދެއްވަނީ (ފައިލް ފޮޓޯ)

މަޖިލީހުގެ ކޮމެޓީއަކަށް ފިނޭންސް މިނިސްޓަރ އަމީރު މައުލޫމާތު ހިއްސާ ކޮށްދެއްވަނީ (ފައިލް ފޮޓޯ)

ބައިނަލްއަގްވާމީ މާލީ އިދާރާތަކުން 215 މިލިއަން ޑޮލަރު ލިބޭނެ ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ކޮވިޑް-19 އާ ގުޅިގެން އަންނަ އިޤްތިޞާދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމާއި އަދި އިގްތިޞާދީ މިހާލަތުގައި އަމަލު ކުރައްވާނެ ގޮތުގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ދައުލަތުގެ މިއަހަރުގެ ބަޖެޓަކީ 37 ބިލިއަން ރުފިޔާކަމަށާއި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާއިން، 7 ބިލިއަން ރުފިޔާ ދައުލަތުގެ ޚަރަދުން ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ބޭރުގެ މާލީ ބައެއް އިދާރާތަކުން ލިބޭނެ ކަމަށް ލަފާ ކުރެވޭ ބައެއް ފައިސާގެ އަދަދުތައް ވެސް އަމީރު ވަނީ ވިދާޅުވެދެއްވާފަ އެވެ. އަދި ކޭޝްފްލޯ އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ ފޮނުއްވާފައިވާ ލިޔެކިޔުން ތަކުގައި ބޭރުން ލިބެންހުރި ފައިސާގެ ތަފްސީލްތައް ހިމަނާފައި ވެއެވެ.

އެގޮތުން، ވާރލްޑް ބޭންކުން 30.10 މިލިން ޑޮލަރު، ހަމަޖެހިފައިވާއިރު، އޭގެތެރެއިން 10 މިލިއަން ޑޮލަރު ކެޓް-ޑީޑީއޯގެ ތެރެއިން ލިބިފައި ވެއެވެ. އަދި މަޝްރޫއުތަކަށް ލިބިފައިވާ ފައިސާ، ބަޖެޓް ސަޕޯޓަށް ރީއެލޮކޭޓް ކުރެވޭތޯ މަޝްވަރާ ކުރަމުން ދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 27.60 މިލިއަން ޑޮލަރާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުން 5 މިލިއަން ޑޮލަރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން 25.59 މިލިއަން ޑޮލަރު ހޯދުމުގެ މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި ޝާކް ޑިވެލޮޕްމަންޓް ފަންޑް 1.5 މިލިއަން ޑޮލަރާއި އެޗްއެސްބީސީ އެސްޓީއޯ ޓްރޭޑް ފައިނޭންސް ފެސިލިޓީން 25 މިލިއަން ޑޮލަރު ހީދުމުގެ މަޝްވަރާ ވެސް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން 30 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭއިރު، އެކަމުގެ މަޝްވަރާ ނިމި، މިހާރު އޮތީ ބޯޑު އެޕްރޫވަލް މަހުރުހަލާގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)އިން 20 މިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، އެފައިސާ ވަނީ ހަމަޖެހިފަ ކަމަށާއި މިހާރު އޮތީ ފައިސާ ދޫކުރުމުގެ މަގުމަތީގައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެންމެ ބޮޑު އެހީތެރިކަމެއް ވެދެނީ، އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ނެވެ. އެފަރާތުން 50 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ ޕްރައިވެޓް ސެކްޓަރ ފެސިލިޓީ އެއް ކަމަށާއި އެކަމުގެ މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ޔުނިސެފް ފަދަ ޖަމިއްޔާ ޖަމާއަތްތަކުން ވެދޭ ފައިސާގެ އެހީތެރިކަންވެސް ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން އަންނަ އިޤްތިޞާދީ އަލީ މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ އިތުރު ކުރުމާ ގުޅޭގޮތުން މިނިސްޓަރު އަމީރު ވިދާޅުވީ އެކަމާގުޅޭ ލިޔެކިޔުންތައް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި ދައުލަތުގެ ކޭޝްފްލޯ އަށް 4.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.

އެގޮތުން 4.2 ބިލިއަން ރުފިޔާ 1 އަހަރު ދުވަހުގެ މުއްދަތަށް ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް އޯވަރޑްރޯ ކުރެވޭ ގޮތަށް ހަމަޖެހިގެން ދިއުމަކީ ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި ޚިދުމަތުގެ ކަށަވަރުކަން ދެވޭނެކަމެއްކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެފައިވެއެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާޢްދާގައި ބުނަނީ، ސަރުކާރުގެ އޯވަރޑްރާފްޓް ލިމިޓްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ ވޭތުވެދިޔަ 3 އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށްޖެހޭ އެވްރެޖް އާމްދަނީން 1 ޕަސެންޓަށްވުރެ އިތުރު ނުވާނޭގޮތުގެ މަތިން ސަރުކާރަށް އޯވަރޑްރާފްޓް (މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގުން) ދެވިދާނެ ކަމަށެވެ. އެގޮތުން ބަލާއިރު، ސަރުކާރަށް މަރުކަޒީ ބޭންކުން ލިބެން އޮތް އޯވަރޑްރާފްޓްގެ އަދަދަކީ 219 މިލިއަން ރުފިޔާ އެވެ. އެއީ ވޭތުވެދިޔަ 3 އަހަރުގެ ޖުމްލަ އާމްދަނީގެ އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީ 1 ޕަސެންޓް މިންވަރަކީ 219 މިލިއަން ރުފިޔާ ކަމަށްވާތީ އެވެ.

ކޮވިޑް-19 އާ ގުޅިގެން އަންނަ އިޤްތިޞާދީ އަލީ މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމުގެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަހުސް މަރުހަލާގަ އެވެ. މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، މިހަފްތާގެ ހޮނިހިރު އަދި އާދިއްތަ ދުވަހު ވެސް މަޖިލީހުގެ ޖަލްސާ ބާއްވައި، މިމައްސަލައާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް