Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓަރގެ ވާހަކަފުޅު

ރާއްޖެއިން ބޭރުގައި ތިބި ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީ ސަރުކާރުން ފޯރުކޮށްދޭނެ: ފޮރިން މިނިސްޓަރ

23 އެޕްރީލު 2020 | ބުރާސްފަތި 19:47

ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހާނަން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 23 އެޕްރީލު 2020 | ބުރާސްފަތި 19:47
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީ ސަރުކާރުން ފޯރުކޮށްދޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

‎ފޮރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީ ސަރުކާރުން ފޯރުކޮށްދޭނެކަމަށާއި، ރާއްޖޭގެ އިޤްތިޞާދު އަލުން ނަގާ ކޮޅަށް ޖަހާނެކަމަށެވެ. އަދި އެ މަސައްކަތުގައި އެންމެ ފުރަތަމަ ސަފުގައި ޚާރިޖީ ޓީމް އޮންނާނެކަން ޔަޤީންކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement

‎މި ބައްދަލުވުމުގައި ޖަޕާނުގެ ވެރިރަށް ޓޯކިޔާ އިން ފެށިގެން އެމެރިކާގެ ނިއުޔޯކާ ދެމެދު ޤާއިމްކޮށްފައިވާ ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންގެ މުވައްޒަފުންވެސް ބައިވެރިވެފައިވާއިރު މިއީ ދިވެހި ޚާރިޖިއްޔާގެ ތާރީޚުގައި ފޮރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ބޭއްވި ފުރަތަމަ ބައްދަލުވުންކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ބައްދަލުވުމުގައި ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުންތައް މިނިސްޓަރ ވަނީ ހުރިހާ މުވައްޒަފުންނަށް ފޮނުއްވާފަ އެވެ. އަދި މިއަހަރުގެ ރަމަޟާން މަސް ކުރިމަތިލަނީ ކޮވިޑް-19 ގެ ބިރުވެރިކަމާ މުޅި ދުނިޔެ ކުރިމަތިލާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވައި، މި ދަނޑިވަޅުގައި މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރެއްވި އެވެ.

‎އަދި ހަމައެއާއެކު މިފަދަ ޙާލަތެއްގައި ހުރިހާ މުވައްޒަފުންވެސް އިޙްސާންތެރިކަމާ އަޅާލުން އިސްކުރުމަށާއި، އެކަކު އަނެކަކުގެ ޙާލު ބަލައި، އެހީތެރިކަން ފޯރުކޮށްދެވެން އޮތް މިންވަރަކުން އެހީވެދެމުން ގެންދިޔުމަށް މިނިސްޓަރ ވަނީ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

‎ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނު ޚާރިޖީ ވަޒީރަކަށް ހުންނަވާ ކުރައްވާ މަސައްކަތް ކާމިޔާބުވަނީ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތުންކަމަށް ވިދާޅުވި އެވެ. އަދި ހަމައެއާއެކު ގޮންޖެހުންތައް ބޮޑު މިފަދަ ދަނޑިވަޅެއްގައި ޤައުމަށް ބޭނުންވި ޚާރިޖީ ޓީމް އެމަނިކުފާނާއެކު އޮތްކަމީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

‎ކޮވިޑް-19ގެ ޙާލަތާއި ބެހޭ ގޮތުން މުވައްޒަފުންނާ އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއަށް ދިމާވާ ނުރައްކާ އިތުރަށް ބޮޑުކަމަށެވެ. އެހެނީ ރާއްޖެއަކީ އާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ތަކެތި އިމްޕޯޓްކޮށް، ޤައުއުމުގެ އިޤްތިސާދު ޓޫރިޒަމަށް ބަރޯސާ ވެފައިވާ ޤައުމެއް ކަމަށް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް