Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ފެތުރެން ދިމާވި ގޮތުގެ ތަހުގީގު

ކޮރޯނާވައިރަސް ފެތުރެން ދިމާވި ގޮތާމެދު ޑަބްލިޔުއެޗްއޯއިން ކުރިޔަށްގެންދާ އިންކުޔަރީގައި މެމްބަރު ހުރިހާ ގައުމަކުން ބައިވެރިވާންޖެހޭ: އޮސްޓްރޭލިއާ

23 އެޕްރީލު 2020 | ބުރާސްފަތި 13:05

މޮރިސަން ވިދާޅުވީ މިކަމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާ ބުދަ ދުވަހު މަޝްވަރާކުރެއްވި ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 އެޕްރީލު 2020 | ބުރާސްފަތި 13:05
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން

މިހާރު ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ފެތުރެން ދިމާވި ސަބަބުތައް އަލުން ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ މިނިވަން އިންކިޔުރީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުރިހާ ގައުމުތަކަކުންވެސް އެއްބާރުލުން ދޭންޖެހޭނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.

މޮރިސަން ވިދާޅުވީ މިކަމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާ ބުދަ ދުވަހު މަޝްވަރާކުރެއްވި ކަމަށެވެ. އެގޮތުން ކޮވިޑް-19 އުފެދުނު ގޮތާއި އެފެތުރުނުގޮތް ދެނެގަތުމަށް އެމެރިކާގެ އެއްބާރުލުން ބޭނުންވާތީ އެކަމާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް މޮރިސަން ވިދާޅުވި އެވެ.

އެވާހަކަތަކަށް އިޝާރާތްކުރައްވާ މޮރިސަން ވިދާޅުވީ މިކަމުގައި ޑަބްލިޔުއެޗްއޯއިން ކުރިޔަށްގެންދާ އިންކިޔުރީގައި މެމްބަރު ހުރިހާ ގައުމަކުން ބައިވެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ހަދަންޖެހޭ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޮރިސަން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާފަދަ ޖަމިއްޔާގެ މެމްބަރެއް ކަމުގައިވާނަމަ އެ މެމްބަރެއްގެ ޒިންމާތަކެއް ހުންނާނެކަމަށެވެ. އަދި ވަކިކަންތައްތަކެއް ކުރުން މަޖުބޫރު ވާގޮތަށް ހިމަނާފައި ހުންނަންޖެހޭނެ ކަމަށް މޮރިސަން ވިދާޅުވި އެވެ.

"މިފަދަ ވައިރަސްތަކުން ސަލާމަތްވެގެންވާ ދުނިޔެ އަށް ބޭނުންވަނީ. އެހެންކަމުން ކޮންމެ ގައުމެއްވެސް އެއީ ޗައިނާ ކަމުގައި ވީނަމަވެސް އަދި އެހެން ގައުމަކަށްވީ ނަމަވެސް ބޭނުންވާންވާނީ ހަމަ އެއް ކަމެއް." މޮރިސަން ވިދާޅުވި އެވެ.

ކޮވިޑް-19 އުފެދުނު ގޮތާއި ފެތުރެން ދިމާވި ގޮތްތަކާމެދު އެމެރިކާއިން އަންނަނީ ޗައިނާއަށް ބަހުގެ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އެވައިރަސް އަކީ ޗައިނާގެ ލެބޯޓްރީއެއްގައި އުފެއްދި ވައިރަސް އެއްކަމަށް އެމެރިކާގެ ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު ޗައިނާ އާއި ޑަބްލިޔުއެޗްއޯއިން އަންނަނީ އެކަން ދޮގުކުރަމުންނެވެ. އަދި މިހާތަނަށް އެފަދަ ހެއްކެތް ލިބިފައިނުވާކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޑަބްލިޔުއެޗްއޯއަށް އެމެރިކާއިން ދެމުންގެންދާ އެހީތައްވެސް ކަނޑާލާފަ އެވެ. އެކަމާއި ޑަބްލިޔުއެޗްއޯއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2020

ނޮވެލް ކޮރޯނާވައިރަސް: ބަލި ފަސޭހަވޭތޯ 30 ބޭހެއް ޓެސްޓުކުރަނީ

28 ޖެނުއަރީ 2020
ނޮވެލް ކޮރޯނާވައިރަސް: ބަލި ފަސޭހަވޭތޯ 30 ބޭހެއް ޓެސްޓުކުރަނީ
28 ޖެނުއަރީ 2020

ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 4577 ކޭސް ރިޕޯޓު ކުރެވިފައިވޭ

28 ޖެނުއަރީ 2020
ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 4577 ކޭސް ރިޕޯޓު ކުރެވިފައިވޭ
27 ޖެނުއަރީ 2020

ކޮރޯނާވައިރަސްގެ ސަބަބުން ޝަންހާއީގައި ހުރި ކުންފުނިތައް ފެބްރުއަރީ 9 ގެ ކުރިން ނުހުޅެވޭނެ

27 ޖެނުއަރީ 2020
ކޮރޯނާވައިރަސްގެ ސަބަބުން ޝަންހާއީގައި ހުރި ކުންފުނިތައް ފެބްރުއަރީ 9 ގެ ކުރިން ނުހުޅެވޭނެ
26 ޖެނުއަރީ 2020

ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ ހަތަރު ވަނަ މީހާ ޖަޕާނުން ފެނިއްޖެ

26 ޖެނުއަރީ 2020
ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ ހަތަރު ވަނަ މީހާ ޖަޕާނުން ފެނިއްޖެ
26 ޖެނުއަރީ 2020

ކޮރޯނާވައިރަސްގެ އަސަރު ފުރަތަމަ ފަހަރަށް ކެނެޑާ މީހެއްގެ ގައިން ފެނިއްޖެ

26 ޖެނުއަރީ 2020
ކޮރޯނާވައިރަސްގެ އަސަރު ފުރަތަމަ ފަހަރަށް ކެނެޑާ މީހެއްގެ ގައިން ފެނިއްޖެ
27 އޮކްޓޯބަރު 2019

އައިސިސް ޖަމާއަތުގެ ލީޑަރު މަރާލި ކަމުގެ ޚަބަރު ފެތުރެން ފަށައިފި

27 އޮކްޓޯބަރު 2019
އައިސިސް ޖަމާއަތުގެ ލީޑަރު މަރާލި ކަމުގެ ޚަބަރު ފެތުރެން ފަށައިފި
30 ޖެނުއަރީ 2019

ސާރޭ ޖަހާސެ އައްޗާއިން ޝާހު ނުފެންނާނެ ކަމުގެ އަޑުތައް ފެތުރެން ފަށައިފި

30 ޖެނުއަރީ 2019
ސާރޭ ޖަހާސެ އައްޗާއިން ޝާހު ނުފެންނާނެ ކަމުގެ އަޑުތައް ފެތުރެން ފަށައިފި
08 ނޮވެމްބަރު 2017

ޚާމަނާއީގެ މުޝީރުގެ އިންޒާރު ހަރީރީއަށް:ބައްޕާފުޅަށް ދިމާވި ގޮތް ވެދާނެ

08 ނޮވެމްބަރު 2017
ޚާމަނާއީގެ މުޝީރުގެ އިންޒާރު ހަރީރީއަށް:ބައްޕާފުޅަށް ދިމާވި ގޮތް ވެދާނެ
07 ނޮވެމްބަރު 2017

އަނެއްކާވެސް ސައުދީ ޕްރިންސަކު އަވަހާރަވެއްޖެ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފި

07 ނޮވެމްބަރު 2017
އަނެއްކާވެސް ސައުދީ ޕްރިންސަކު އަވަހާރަވެއްޖެ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފި
16 އޮކްޓޯބަރު 2017

ވައިގެ ތެރޭ ދިމާވި ކަމަކުން އެއާއޭޝިއާގެ ފްލައިޓެއް އަނބުރާ ޖައްސައިފި

16 އޮކްޓޯބަރު 2017
ވައިގެ ތެރޭ ދިމާވި ކަމަކުން އެއާއޭޝިއާގެ ފްލައިޓެއް އަނބުރާ ޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް