Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޮލީވުޑް

ސާރޭ ޖަހާސެ އައްޗާއިން ޝާހު ނުފެންނާނެ ކަމުގެ އަޑުތައް ފެތުރެން ފަށައިފި

30 ޖެނުއަރީ 2019 | ބުދަ 15:43

ސާރޭ ޖަހާސެ އައްޗާއަކީ ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަ ފިލްމެއް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 30 ޖެނުއަރީ 2019 | ބުދަ 15:43
ވިކީ ކައުޝަލް

ވިކީ ކައުޝަލް

ހިންދީ ފިލްމު "ސާރޭ ޖަހާސެ އައްޗާ" އިން ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝާހުރުކުޚާން ފެނުމުގެ ފުރުސަތު ކުޑަކަމަށް އަޑުތައް ފެތުރެން ފަށައިފިއެވެ .

ފިލްމު ސާރޭ ޖަހާސެ އައްޗާއަކީ މިހާރުވެސް ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. އަދި ފިލްމާއި ދޭތެރެ އެކި ގޮތްގޮތަށް އެކި ވާހަކަ ދައްކަމުންދާ މި ދަނޑިވަޅުގައި އެންމެ މުހިންމު އެއްވާހަކައަކީ މި ފިލްމުން ޝާހް ފެނުމުގެ ފުރުސަތު ކުޑަކަމުގެ ވާހަކައެވެ.

ޝާހްގެ ބަދަލުގައި ދެން މިފިލްމުން ފެންނާނެ ކަމަށް ބެލެވެނީ އުމުރުން 35 އަހަރުގެ ވިކީ ކައުޝަލެވެ. އޭނާ ފެންނާނެ ކަމަށް ބެލެވެނީ ފިލްމުގެ ލީޑް ރޯލުންނެވެ.

ވިކީ އަކީ މިހާރު ބޮލީވުޑްގައި އެންމެ ހަލުވިކަމާއި އެކު ކުރިއަރަމުން އަންނަ އެއްފަންނާނެވެ.

މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ރާކޭޝް ޝަރުމާގެ ސާރޭ ޖަހާސެ އައްޗާގައި ޝާހް ކުޅުމަށް ހަމަޖެހިފައިވަނީ އެސްޓްރޮނޯޓެއްގެ ބައެވެ.

މަޝްހޫރު ފިލްމީ ތަރި އާމިރުޚާން ކުރިން މިފިލްމް ކުޅޭގޮތަށް ހަމަޖެހިފައި ވީނަމަވެސް އާމިރުވަނީ ފިލްމަށް ޝާހް ރިކޮމެންޑް ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން ޝާހު ކުޅުނު ފިލްމު "ޒީރޯ" ވެސް ވަނީ ފްލޮޕް ފިލްމަކަށް ވެފައެވެ. އެހެންކަމުން މިފިލްމުގެ ލީޑްރޯލުން ޝާހު ފެނުމުގެ ބަދަލުގައި ޒުވާން ތަރިއަކު ފެނިއްޖެނަމަ ފިލްމު މާބޮޑަށް ވެސް ކާމިޔާބު ވާނެކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބުނެފައި ވެއެވެ.

އަދި އާމިރު އާއި ޝާހަށް މި ފުރުސަތު ގެއްލި ވިކީއަށް މި ފުރުސަތު ލިބިއްޖެނަމަ ވިކީގެ ފިލްމީ ހަޔާތަށް ވަރަށްބޮޑު ކުރިއެރުމެއް އަންނާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އިތުރަށް ކިޔާލަން

21 މެއި 2025

އެމެރިކާ އާއެކު ކުރާ މަޝްވަރާތަކުން ނަތީޖާއެއް ނުފެންނާނެ ކަމަށް ޚާމަނާއީ ވިދާޅުވެއްޖެ

21 މެއި 2025
އެމެރިކާ އާއެކު ކުރާ މަޝްވަރާތަކުން ނަތީޖާއެއް ނުފެންނާނެ ކަމަށް ޚާމަނާއީ ވިދާޅުވެއްޖެ
31 އޯގަސްޓު 2020

އަމިތް ޝާހު ކޮވިޑުން ރަނގަޅުވެއްޖެ

31 އޯގަސްޓު 2020
އަމިތް ޝާހު ކޮވިޑުން ރަނގަޅުވެއްޖެ
03 ޖޫން 2020

ޖޯޖް ފްލޮއިޑްގެ ދަރިފުޅުގެ މަންމަ: "ދަރިފުޅުގެ ގްރެޖުއޭޝަންވެސް އޭނާއަށް ނުފެންނާނެ"

03 ޖޫން 2020
ޖޯޖް ފްލޮއިޑްގެ ދަރިފުޅުގެ މަންމަ: "ދަރިފުޅުގެ ގްރެޖުއޭޝަންވެސް އޭނާއަށް ނުފެންނާނެ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް