ސައޫދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް ފަށައިފި
23 އެޕްރީލު 2020 | ބުރާސްފަތި 07:50ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރިއަށްދޭ


1440 ވަނަ ރަމަޟާންމަހު ކަދުރު ބެހުމުގެ މަސައްކަތުގެ ތެރެއިން
ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
ރާއްޖެއެމްވީއަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުލް އަޒީޒް އިސްމާއިލް ވިދާޅުވީ ކޮންމެ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހަށް ވެސް ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ ކަމަށެވެ. އެއީ 2 ކިލޯގެ 25000 ކަދުރު ޕެކެޓް ކަމަށް އަޒީޒް ވިދާޅުވިއެވެ.
ކަދުރު ބަހާ އުސޫލަށް އަލިއަޅުއްވާލައްވާ އަޒީޒް ވިދާޅުވީ ރާއްޖޭގެ ފަގީރުންގެ ގޭބިސީއަށް ޕެކެޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބާކީ ގެތަކުގެ ނިސްބަތަށް ބަލާއިރު ތިން ގެއަށް ޖެހެނީ ޕެކެޓެއް ކަމަށްވާތީ އަވަހަށް ކަދުރު ބަލާ އަންނަ މީހުންނަށް އިސްކަންދޭނެ ކަމަށެވެ.
މީގެ އިތުރުން އަޒީޒް ވިދާޅުވީ މާލެ އަދި ވިލިމާލެއަށް ކަދުރު ދޫކުރަމުންދާނީ މާލެސިޓީ ކައުންސިލުން ކަމަށާއި، ހުޅުމާލެއަށް ކަދުރު ދޫކުރަނީ ހައުސިންގ ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ކަމަށެވެ.
އަތޮޅުތެރޭގެ ރަށްތަކަށް ކަދުރު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އަޒީޒް ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އެމަސައްކަތް ކުރަމުންދާ ކަމަށެވެ.
އާންމު ގޮތެއްގައި ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާކުރަނީ ރޯދަމަހާ ދިމާކޮށެވެ.
ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 16،209 މީހުން ރަޖިސްޓްރީވެފައިވެ އެވެ. އެގޮތުން މާލޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 3،300 މީހުންނެވެ.





