Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަދުރު

ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓް ކަދުރު

ކަދަރު ލިބޭނީ ސައްޚަ ލިޔުމެއެް ގެންދިއުމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 25 މެއި 2017 | ބުރާސްފަތި 12:11
މިދިޔަ އަހަރު ސައުދީ ސަރުކާރުން ބަހަން ދިން ކަދުރު، މެޑަމް ފާތިމަތުގެ އިބްރާހީމްގެ ސަދަގާތް ފައުންޑޭޝަން ބަހާފައިވޭ

މިދިޔަ އަހަރު ސައުދީ ސަރުކާރުން ބަހަން ދިން ކަދުރު، މެޑަމް ފާތިމަތުގެ އިބްރާހީމްގެ ސަދަގާތް ފައުންޑޭޝަން ބަހާފައިވޭ

ރަމްޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސައުދީ ސަރުކާރުންނާއި ޔުނައިޓެޑް އަރަބް އެމެރޭޓްސްގެ ސަރުކާރުން އިސްލާމިކް މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ކަދުރު ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މާލޭ ސިޓީ އާއި، އައްޑޫ ސިޓީ އާއި، ފުވައްމުލަކު ސިޓީގެ އިތުރުން އަތޮޅުތަކުގެ ރަށްތަކަށް ކަދަރު ބަހާނީ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދޭ އުސޫލުންނެވެ.

Advertisement - newsAdvertisement

އިއުލާނުގައި ބުނެފައިވާ ގޮތުގައި ކަދަރު ބަހާނީ އެ ގޭބިސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެނައުމުން އެ ލިޔުމުގެ ސައްހަކަން ބެލުމަށް ފަހު ސައްހަ ލިޔުމަކަށް އެއް ޕެކެޓް ކަދުރެވެ.

އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ގޭބިސީގެ ސައްހަކަން ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ތަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލެވެ.

ކަދުރު ބެހުމާ ބެހޭ އިއުލާނުގައި ބުނެފައިވާ ގޮތުގައި މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ތައްޔިތުންނަށް ކަދުރު ބަހާނީ ހައުސިން މިނިސްޓްރީންނެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދފުރު ބަހާނީ އެޗްޑީސީ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަދި އަތޮޅުތަކުގަ އާއި ރަށްރަށުގައި ކަދަރު ބެހުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކަދަރު ބަލާ އަންނަ މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކަޑު ގެންނަން ޖެހޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި ކަދުރު ބަހަން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ އެއް ބައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހިންގަވާ ސަދަގާތު ފައުންޑޭޝަން މެދުވެރިކޮށް ބެހުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެ މައްސަލަ ބެލި އެވެ. އެ މައްސަލަ ބެލުމަށް ފަހު އޭސީސީން ބުނެފައި ވަނީ އެކަމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށާއި ސަދަގާތު ފައުންޑޭޝަނުން މަސައްކަތްކުރީ ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމުގައި އެހީތެރިކަން ކަމަށެވެ. ނަމަވެސް އެކަން ކުރުމުގައި އަމިއްލަ ޖަމާއަތްތައް ހަމަހަމަ ގޮތެއްގައި ބައިވެރިކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު