Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދުނިޔޭގެ ސިއްޙަތު ޖަމިއްޔާ

"އަދި ވަރަށް ގިނަ ދުވަހު ވައިރަސްއާއެކު އުޅެން ޖެހިދާނެ"

މި ދަނޑިވަޅުގައި އެއްވެސް ޤައުމަކުން ފަރުވާކުޑަ ކޮށްގެން ނުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އެޕްރީލު 2020 | ބުރާސްފަތި 06:06
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް، ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް، ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް

ދުނިޔޭގެ 200 އަށްވުރެ ގިނަ ސަރަޙައްދުގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަދިވެސް ގިނަ ދުވަސްތަކެއް ވަންދެން ފެތުރިދާނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް، ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، މި ދަނޑިވަޅުގައި އެއްވެސް ޤައުމަކުން ފަރުވާކުޑަ ކޮށްގެން ނުވާނެ ކަމަށާއި، މި ވައިރަސްގެ ނުރައްކާ އަދި ގިނަ ދުވަސްތަކެއް ވަންދެން ދެމި އޮންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޤައުމުތަކުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށާއި، ޚާއްސަކޮށް އިޖުތިމާއީ ގައިދުރުކަން (ސޯޝަލް ޑިސްޓެންސިންގ) އަދި ފުރަބަންދު (ލޮކްޑައުން) ފަދަ ފިޔަވަޅުތަކުގެ ރަނގަޅު އަސަރު ބައެއް ޤައުމުތަކުން ފެންނަމުންދާ ކަމަށެވެ. އަދި އެއާއެކުވެސް މި ވައިރަސްގެ ނުރައްކާ ނުހަނު ބޮޑުކަން ޓެޑްރޯސް ފާހަގަކުރެއްވިއެވެ.

ޓެޑްރޯސް އިތުރަށް ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މިވަގުތު އެންމެ ބޮޑަށް ބާރު އަޅަނީ ކިރިޔާވެސް ޝައްކުވާ ކޭސްއެއް ހުރިނަމަ އަވަހަށް އެކަހެރިކޮށް، ޓެސްޓް ކުރުމަށް ކަމަށެވެ. ނަމަވެސް އާބާދީގެ ހުރިހާ ރައްޔިތުން ޓެސްޓް ކުރުމަށް ބާރުނާޅުއްވާކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސްގެ ވާހަކަފުޅުގައި ވަނީ ދުނިޔޭގެ ޤައުމުތަކުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ މިވަގުތުގެ ޙާލަތަށްވެސް އަލިއަޅުވާ ލައްވާފައެވެ. އެގޮތުން ޓެޑްރޯސް ވިދާޅުވީ، މުޅި ދުނިޔެއަށް ބަލާއިރު، 91 އިންސައްތަ ޤައުމުތަކުގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަަމަށާއި، 78 އިންސައްތަ ޤައުމުތަކުގައި ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމުގެ ދުރުރާސްތާ ޕްލޭންތައް ޤާއިމުކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދޭނެ އެކަށީގެންވާ ނިޒާމެއް ޤާއިމުވެފައި އޮތީ ދުނިޔޭގެ 66 އިންސައްތަ ޤައުމުގައިކަން ފާހަގަކުރައްވައި ޓެޑްރޯސް ވަނީ، ޤައުމުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް އެފްރިކާއާއި، މެދުތެރޭ އެމެރިކާގައި މި ވައިރަސް ނުރައްކާތެރި މިންވަރަކަށް ފެތުރެމުންދާކަން ފާހަގަކުރައްވައި ޓެޑްރޯސް ވަނީ އެމެރިކާއިން މެދުކަނޑާލާފައިވާ މާލީ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިއީ އެމެރިކާގެ އިތުރުން، މުޅި ދުނިޔެއަށްވެސް އެހީތެރިކަން ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްކަން ޓެޑްރޯސް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހުނު ވަގުތު އެކަން ކުރުމަށް ޑަބްލިއުއެޗްއޯއަށް ނުކުޅެދުނުކަމަށް ބުނެ އެމެރިކާއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް ދެމުންއައި ފަންޑު ހުއްޓާލާފައިވާއިރު، އެމެރިކާއަކީ ޖެނީވާގައި ޤާއިމު ކުރެވިފައިވާ މި ޖަމްޢިއްޔާއަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ދެމުން އައި ޤައުމެވެ. އެގޮތުން 2019 ވަނަ އަހަރުވެސް އެމެރިކާއިން ވަނީ ޑަބްލިއުއެޗްއޯއަށް 400 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު