Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް

ކޮވިޑް-19 އާ ގުޅިގެން ބޭރުގެ ފަރާތްތަކުން 215 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަނީ

11 ތަނަކުން 215.37 މިލިއަން އެމެރިކާ ޑޮލަރު ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 އެޕްރީލު 2020 | ބުދަ 18:06
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވާނެ އިގްތިޞާދީ ދަތިކަން ފޫބެއްދުމަށްޓަކައި ބޭރުގެ އެކި ފަރާތްތަކުން 215.37 މިލިއަން އެމެރިކާ ޑޮލަރު ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން އަންނަ އިގްތިޞާދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯ ހޯދުމަށް މަޖިލީހުން ބޭނުންވާ ހުއްދަތަށް ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ ކަރުދާހުގަ އެވެ. މިކަރުދާހުގައި ޖުމްލަ 11 ފަރާތަކުން އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުން ގެންދަވާކަން ވަނީ ހާމަކޮށްފަ އެވެ.

Advertisement - newsAdvertisement

އޭގެތެރޭގައި ވާ ކަންކަމަކީ:

- ވޯލްޑް ބޭންކުން - 30.10 މިލިއަން ޑޮލަރު ( މީގެ ތެރެއިން 10 މިލިއަން އެމެރިކާ ޑޮލަރު ކެޓް -

ޑީޑީއޯ ގެ ތެރެއިން ވަނީ ލިބިފައި، އަދި އެހެން މަޝްރޫޢު ތަކަށް ލިބިފައިވާ ފައިސާ ބަޖެޓް ސަޕޯޓަށް

ރީއެލޮކޭޓް ކުރުމަށް ދަނީ މަޝްވަރާ ކުރަމުން)

- އޭޝިއަން ޑިވެލޮޕްމަންޓް ފަންޑު - 27.60 މިލިއަން ޑޮލަރު (މަޝްވަރާގައި)

- އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް- 5 މިލިއަން ޑޮލަރު (މަޝްވަރާގައި)

- އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު- 30 މިލިއަން ޑޮލަރު (މަޝްވަރާ ނިމި ބޯޑް އެޕްރޫވަލް

މަރުހަލާގައި)

- އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑް- 25.59 މިލިއަން ޑޮލަރު (މަޝްވަރާގައި)

- އޯޕެކް ފަންޑު ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)- 20 މިލިއަން ޑޮލަރު (ފައިސާ ހަމަޖެހި ދޫކުރުމުގެ މަގުމަތީގައި)

- އިންޓަރނޭޗަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ)- 50 މިލިއަން ޑޮލަރު (މަޝްވަރާގައި)

- ސާކް ޑިވެލޮޕްމަންޓް ފަންޑު- 1.50 މިލިއަން ޑޮލަރު (މަޝްވަރާގައި)

- ވަރލްޑް ހެލްތު އޯގަނައިޒޭޝަން - 0.40 މިލިއަން ޑޮލަރު

- ޔުނިސެފް- 0.18 މިލިއަން ޑޮލަރު

- އެޗް.އެސް.ބީ.ސީ، އެސްޓީއޯ ޓްރޭޑް ފައިނޭންސް ފެސިލިޓީ- 25 މިލިއަން ޑޮލަރު (މަޝްވަރާގައި)

މީގެތެރެއިން ވޯލްޑް ބޭންކުގެ ފަރާތުން 10 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު ޝަރުތަކާ ނުލާ އައިއެމްއެފުން ދިނުމަށް ހަމަޖެހިފައިވާ 30 މިލިއަން ޑޮލަރު ވަރަށް އަވަހަށް ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރަހުމަތްތެރި ޤައުމުތަކާއެކު ބައިލެޓެރަލް ގުޅުންތަކުގެ ތެރެއިން ފައިސާ އާއި ހިލޭ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މިހާރުވެސް ބަޖެޓުން 1 ބިލިއަން ރުފިޔާ ކުޑަކޮށްފައި ވާއިރު އިތުރަށްވެސް ޚަރަދު ކުޑަކުރުމުގެ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށް ފިނޭންސް މިނިސްޓަރގެ ހުށަހެޅުއްވުމުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު