މިއަހަރުގެ ރަމަޟާންމަހު ސަލަފުގެ ފަރާތުން ސުކޫލުކުދިންނަށް ޚާއްސަ ކުއިޒެއްބާއްވަނީ
22 އެޕްރީލު 2020 | ބުދަ 15:33މިއީ އިނގިރޭސި ބަހުން ބާއްވާ ކުއިޒެއް


މިކުއިޒްގައި ގުރޭޑް 06 އިން ފެށިގެން މަތީ ގުރޭޑުތަކަށް ބައިވެރިވެވޭނެ
1441ވަނަ އަހަރުގެ ރަމަޟާންމަހު ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސުކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުއިޒެއް ބާއްވަން ނިންމައިފިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ހިންގާކޮމެޓީގެ މެމްބަރު މުހައްމަދު ޝުޖާއު ވިދާޅުވީ”ޑޯން ޓު ޑަސްޓް“ގެ ނަމުގައި ކުރިޔަންގެންދާ މި ކުއިޒު ކުރިއަށްދާނީ އިނގިރޭސި ބަހުންކަމަށެވެ.
މިކުއިޒުގައި ބައިވެރިވެވޭނީ ގުރޭޑް 6ކުން ފެށިގެން މަތީ ގުރޭޑުތަކުގެ ދަރިވަރުންނަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މިރަމަޟާންމަހުގެ ކޮންމެ ފަސް ދުވަހަކުން ޖަމްއިއްޔަތުއް ސަލަފުގެ ފޭސްބުކް ޕޭޖަށް އަދި ސައިޓަށް އަޕްލޯޑްކުރާ ދީނީ އެކިއެކި މައުޟޫތަކާއި ގުޅޭ ލިޔުންތައް ކިޔުމަށްފަހު ސުވާލު އަށް ޖަވާބުދީގެން ކުރިއަށްދާ މިކުއިޒުގައި ވަނަތައް ހޮވާ އިނާމުދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެއްވަނައަށް އަންނަ ދަރިވަރަކަށް 1500 ރުފިޔާ ދެވަނައަށް އަންނަ ދަރިވަރަކަށް 1000 ރުފިޔާ އަދި ތިންވަނައަށް އަންނަ ދަރިވަރަކަށް 500 ރުފިޔާގެ ފައިސާގެ އިނާމު ސަލަފުގެ ފަރާތުން ދޭގޮތަށް ކަނޑައަޅާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރުވެސް ކޮންމެ ރަމަޟާން މަހަކު ސަލަފުން ގެނެސްދޭ ”ސަލަފު ރަމަޟާން ކުއިޒު“ 1441 ކުރީ އަހަރުތަކޭ އެއްގޮތަށް ހަމަ ކުރިއަށްދާނެކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.






