Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހާލުގައިޖެހިފައިވާ މީހުންގެ ހައްޤުތައް

ހާލުގައިޖެހޭ މީހުންގެ ހައްގުތަށް ރައްކާތެރިކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅަނީ

22 އެޕްރީލު 2020 | ބުދަ 13:56

މިފަދަ ހާލަތްތަކުގައި ގޭގައިން މީހުން ނެރެވިގެން ނުވާނެ، އިތުރަށް ރައްޔިތުން ނިކަމެތި ހާލަތަކަށް ވައްޓާލުމަށް އެއްވެސް ފަރާތަކަށް ޖާގަ ދެވިގެން ނުވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 އެޕްރީލު 2020 | ބުދަ 13:56
ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް: މިފަދަ ހާލަތްތަކުގައި ނިކަމެތި ރައްޔިތުންގެ ހައްގުތަށް ރައްކާތެރިކުރުމަށް ބިލެއް ޑްރާފްޓް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް: މިފަދަ ހާލަތްތަކުގައި ނިކަމެތި ރައްޔިތުންގެ ހައްގުތަށް ރައްކާތެރިކުރުމަށް ބިލެއް ޑްރާފްޓް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި

ކޮވިޑް-19 ފަދަ ބޮޑެތި ބަލިމަޑުކަން ރާއްޖޭގައި ފެތުރެމުންދާ ދަނޑިވަޅުތަކުގައި ހާލުގައި ޖެހޭ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއްް ހުށަހަޅުއްވާނެ ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ މިހާލަތުގައި، ބައެއް ރަށްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުގައި، ސަރުކާރުން އަމަލުކުރާނެ ގޮތެއް ސާފުވެފައި ނުވާތީކަމަށް ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ކޮވިޑް-19 ރޯގާ މާލޭ ސަރަހައްދުގައި ފެތުރެމުންދާއިރު، ގޯތި ގެދޮރުން މީހުން ބޭރުކުރަމުންދާ މައްސަލައާއި ކޮންޓްރެކްޓްތައް އުވާލުމާއި ފީ ނުދައްކާ މީހުން ޖޫރިމަނާކުރުމުގެ ކަންތައްތަކަށް ގާނޫނީ ހައްލެއް ގެންނަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ސަލީމް ވިދާޅުވީ، މިމައްސަލަތަކަށް ގާނޫނީ ފަރުވާއެއް ހޯދުމަށް ބިލެއް ޑްރާފްޓް ކުރައްވަމުން ގެންދަވާ ކަމަށާއި މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ ރައީސްގެ އެއްބާރު ލިބިލައްވައިފިނަމަ، މަޖިލީހަށް އެބިލް ހުށަހެޅުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

މީގެއިތުރުން ސަލީމް ވިދާޅުވީ، ކޮވިޑް-19 މާލޭ ސަރަހައްދުގައި ފެތުރެމުންދާއިރު، މިހާލަތުގައިވެސް މީހުން މަގުމަތިވާ ވާހަކަ އަޑުއިވެމުންދާ ކަމަށެވެ. އަދި އަނބުރާ ރަށަށް ދާން މާލެއައިސްތިބި މީހުން މާލޭގައި ތާށިވެ، އަދި ވަގުތީ ގޮތުންވެސް ކޮޓަރި ކުށްޔަށް ހިފައިގެން އުޅޭ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވެ، ހާލުގައި ޖެހޭ ވާހަކަ އަޑުއިވެމުންދާ ކަމަށެވެ.

މީގެއިތުރުން ސަލީމު ވިދާޅުވީ، ރާއްޖެއިން މިފެންނަނީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި ކުރަމުންދިޔަ މަރުކަޒީ ވެރިކަމުގެ ސަބަބުން ދިވާމެގެން އުޅޭ މައްސަލައެއް ކަމަށާއި، މިކަހަލަ ބަލި މަޑުކަމެއް ފެތުރެމުންދާއިރު، އެކަން މެނޭޖް ކުރުމަށް ހުރިދަތިތައް މިހާރުވެސް އެބަފެންމަތިވަމުންދާ ކަމަށެވެ.

ސަލީމް ވަނީ، ރަށު ލެވެލްގައި ބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި އަދި ބަލި މީހުންނަށް، އެންމެ ކުޑަމިނުން ކޮންމެ ރަށެއްގައި ގާއިމު ނުކުރެވުނުނަމަވެސް އަތޮޅުގެ ކޮންމެވެސް ސަރަހައްދުތަކެއްގައި ބައްޔަށް ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖައްސާ ދެއްވަން ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފަ އެވެ. ނަމަވެސް މިއީ ޚަރަދު ބޮޑު، އަދި މިދަނޑިވަޅުގައި ވަރަށް ދަތި އުނދަގޫ ކަމަކަމަށްވާނެ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

މީގެ އިތުރުން ސަލީމް ވަނީ، މިފަދަ ދަތި އުނދަގޫ ދަނޑިވަޅުގައި އެންމެން އެންމެނަށް ތަންކޮޅެއް ބޮޑަށް އަޅާޅުން އިސްކޮށް، އެކަކުއަނެކަކަށް އެހީތެރިވުމުގެ ރޫހެއްގައި މަސައްކަތް ކުރެއްވުމަށް ދިވެހި ރައްޔިތުންނަށް ކިބައިން އެދިލައްވާފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް