Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަންގުލަދޭޝުން ހަދިޔާ ކުރި ތަކެތި

މި ހާލަތުގައި ދިވެހިންނާއި ބަންގުލަދޭޝްގެ ރައްޔިތުންނާއި ދެމެދު ތަފާތުކުރުމެއް ނުގެންގުޅޭނެ: ޝާހިދު

22 އެޕްރީލު 2020 | ބުދަ 07:54

އެހީތަކުގެ ތެރޭގައި ބޭހުގެ ބައެއް ބާވަތްތަކާއި މެޑިކަލް އިކުއިޕްމަންޓް އަދި ކެއުމަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އެޕްރީލު 2020 | ބުދަ 07:54
ބަންގުލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތަށް ހަވާލުވުމަށް ޕޯޓްސް ގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވާހަކަދައްކަވަނީ

ބަންގުލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތަށް ހަވާލުވުމަށް ޕޯޓްސް ގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވާހަކަދައްކަވަނީ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އުޅޭ ބަންގުލަދޭޝްގެ ރައްޔިތުންނާއި ދިވެހިންނާއި ދެމެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބަންގުލަދޭޝްއިން ހަދިޔާކުރި ބޭހުގެ ބައެއް ބާވަތްތަކާއި މެޑިކަލް އިކުއިޕްމަންޓް އަދި ކެއުމަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ހަވާލުވެވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Advertisement - newsAdvertisement

މިތަކެތި ރާއްޖެއަށް ހަވާލުކުރުމަށް ބުދަ ދުވަހުގެ ހެނދުނު މާލޭ ޕޯޓްގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މިނާޒުކު ދަނޑިވަޅުގައި ބަންގްލަދޭޝްއިން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށްޓަކައި އެޤައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާއި، ޚާރިޖީ ވަޒީރު އޭ.ކޭ އަބްދުލްމޮމެންގެ އިތުރުން ބަންގްލަދޭޝް ނޭވީއަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ކޮވިޑް-19 އާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގައި ބަންގްލަދޭޝް ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތެއް ދިވެހި ސަރުކާރުން ނުކުރާނެކަމަށް ވިދާޅުވެ، ބަލިޖެހިގެން ފަރުވާދޭން ޖެހިއްޖެ ޙާލަތެއްގައިވެސް އެއްވެސް ތަފާތުކުރުމެއް ދިވެހި ސަރުކާރުން ނުގެންގުޅޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މިދަނޑިވަޅުގައި ބަންގްލަދޭޝް ސަރުކާރާއި އަސްކަރިއްޔާ އަދި ނޭވީއިން ރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ފޯރުކޮށްދިން އެހީގެ އިތުރުން، ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ފޯރުކޮށްދިން އެހީތެރިކަންވެސް މިއަދު ވަނީ ފާހަގަކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެއަށް ބަންގްލަދޭޝްއިން ކަނޑައަޅާފައިވާ ހައިކޮމިޝަނަރ ޑެޒިގްނޭޓް މުހައްމަދު ނަޒްމުލް ހަސަން ވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ހާލަތު ބަލަމުންދާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދީފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

04 ޖޫން 2017

ކުއްލި ހާލަތުގައި އުލިގަމަށް ބަނދަރުކުރި ޓަގު ބޯޓް އަދި ނުފުރާ!

04 ޖޫން 2017
ކުއްލި ހާލަތުގައި އުލިގަމަށް ބަނދަރުކުރި ޓަގު ބޯޓް އަދި ނުފުރާ!
03 ޖޫން 2017

ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި

03 ޖޫން 2017
ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި
03 ޖޫން 2017

ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ

03 ޖޫން 2017
ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ
31 މެއި 2017

ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި

31 މެއި 2017
ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި
24 މެއި 2017

ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މެއި 2017
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
01 މެއި 2017

އެމްޑީޕީގެ ޓީމު ބުރުނީ އަދި ވިލިފުށީގެ ރައްޔިތުންނާއި ބައްދަލުކޮށްފި

01 މެއި 2017
އެމްޑީޕީގެ ޓީމު ބުރުނީ އަދި ވިލިފުށީގެ ރައްޔިތުންނާއި ބައްދަލުކޮށްފި
30 އެޕްރީލު 2017

ރައީސް ޔާމީނަށް އިސްލާހު ކުރަންޖެހޭ ކަމެއް ނޭންގި ރައްޔިތުންނާއި ސުވާލު ކުރުމުން ހައިރާންވޭ: މެންބަރު ހުސައިން މުހައްމަދު

30 އެޕްރީލު 2017
ރައީސް ޔާމީނަށް އިސްލާހު ކުރަންޖެހޭ ކަމެއް ނޭންގި ރައްޔިތުންނާއި ސުވާލު ކުރުމުން ހައިރާންވޭ: މެންބަރު ހުސައިން މުހައްމަދު
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް