Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ޕާކިސްތާނުގެ ހާލަތު

ކޮވިޑް-19 ޖެހިގެން ޕާކިސްތާނުގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވީ އިއްޔެ

21 އެޕްރީލު 2020 | އަންގާރަ 14:49

ހޯމަ ދުވަހު އެކަނި 17 މީހުން ވައިރަސް ޖެހިގެން މަރުވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އެޕްރީލު 2020 | އަންގާރަ 14:49
ޕާކިސްތާނުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން

ޕާކިސްތާނުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން

ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު އެއްދުވަހާއި މަރުވެފައިވަނީ ހޯމަ ދުވަހު ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

އެގޮތުން ހޯމަ ދުވަހު އެކަނި 17 މީހުން ވައިރަސް ޖެހިގެން މަރުވެފައިވާއިރު އިއްޔެ އެކަނި އަލަށް އެގައުމުގެ 705 މީހަކަށް ވަނީ ވައިރަސް ޖެހިފަ އެވެ. އެއާއެކު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 9214 ށް އަރާފަ އެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 192 ށް އަރާފަ އެވެ.

Advertisement - newsAdvertisement

ޕާކިސްތާނުން އަންނަނީ ލޮކްޑައުންގައި އޮތުމުގެ ސަބަބުން އެގައުމުގެ އިގްތިޞާދަށް އަސަރު ކުރަމުންދާތީ އެކަމުން އަރައިގަތުމަށް ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ. މިހާތަނަށް ކޮވިޑް-19 ޖެހިގެން އެގައުމުގެ 2053 މީހުން ވަނީ ރަނގަޅުވެފަ އެވެ. މިހާރު އެގައުމުގައި ވައިރަސް ޖެހިފައިވާ އެކްޓިވް މީހުންގެ އަދަދު އުޅެނީ 6969 ގައެވެ.

ޕާކިސްތާނުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވަނީ އެގައުމުގައި މިވައިރަސް އަށް ޓެސްޓް ކުރާ މީހުންގެ އަދަދު އިތުރުވަމުންދިޔުމާ ގުޅިގެންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެގައުމުގައި 25،000 ޓެސްޓް ހަދަމުންދާއިރު މިހާތަނަށް އާއިރު ޕާކިސްތާނުގައި ވަނީ 111،806 ޓެސްޓް މިވައިރަސް ހުރިތޯ ބެލުމަށް ހަދާފަ އެވެ. އެއީ އެގައުމުގެ ކޮންމެ އެއްހާސް މީހަކަށް 0.53 ޓެސްޓެވެ. އެގައުމުގައި ހޯމަ ދުވަހު އެކަނިވެސް 5347 މީހުން ވަނީ ވައިރަސް ހުރިތޯ ބެލުމަށް ޓެސްޓް ކޮށްފަ އެވެ.

ޕާކިސްތާނުގައި އެންމެ ފުރަތަމަ ކޮވިޑް-19 ޖެހެންފެށީ އިރާނުންނާއި އެހެން ގައުމުތަކުން އެގައުމަށް އެތެރެވި މީހުންގެ ފުށުންނެވެ. އެއާއެކު އެގައުމުގެ ތެރޭގައި އާންމުންގެ މެދުގައި ވައިރަސް ފެތުރެންފެށި އެވެ. ޕާކިސްތާނުގެ ހެލްތު މިނިސްޓަރ ޒަފަރް މިރްޒާ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިހަފްތާގައި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 65 އިންސައްތައަކީ އެގައުމުގެ އާންމުންގެ މެދުގައި މިވައިރަސް ފެތުރިގެން ރިކޯޑްކުރެވިފައިވާ އަދަދުތައް ކަމަށެވެ.

އަނެއްކޮޅުން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރަމުންދާ ޑޮކްޓަރުން ވަނީ އާދިއްތަ ދުވަހު ގްރޭންޑް ނޭޝަނަލް ހެލްތު އެލިއަންސް އެއް އުފައްދާ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ މިންވަރަށް ތަކެތި ނެތުމުގެ ސަބަބުން އެކަމާދެކޮޅަށް އަޑުއުފުލާފަ އެވެ. މިއަޑުއުފުންލުންތައް މިއައީ އެގައުމުގައި މަސައްކަތްކުރާ ޒުވާން ޑޮކްޓަރުން އެމީހުންނަށް ބޭނުންވާ ޕީޕީއީ ކިޓްސްތައް ނެތުމުގެ ސަބަބުން އެކަމާ ދެކޮޅަށް މުޒާހަރާ ކޮށްފައިވަނިކޮށެވެ. ލާހޫރްގައި މުޒާހަރާކުރި މިމީހުން ބުނަމުންދިޔައީ ސިއްހީ މަސައްކަތްތެރިންނަށް ވައިރަސް އިން ރައްކާތެރިވުމަށް އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެއްސުމަށެވެ.

މީގެއިތުރުން ކުރިޔަށް އޮތް ރަމަޟާން މަހު އެގައުމުގެ މިސްކިތްތައް ހުޅުވުމާމެދު ބޮޑު ވަޒީރު އިމްރާން ޚާން ވަނީ އެގައުމުގެ އިސް ދީނީ ލީޑަރުންނާއި މަޝްވަރާކުރައްވާފައެވެ. އެގޮތުން ރަމަޟާން މަހު މިސްކިތައް ހުޅުވުމަށް އެގައުމުގެ ސަރުކާރުން ކުރިން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް އިޖުތިމާޢީ ގައިދުރުކަން ހުރިކަން ޔަގީންކުރުމަށް 20 ކަމެއް ހިމެނޭ ގައިޑްލައިނެއް ވަނީ އެކުލަވާލާފަ އެވެ.

މިހާތަނަށް އާއިރު އެގައުމުގެ ސަރުކާރުން މިކަމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޕްލޭނުގައި ވަކި މިންވަރަކަށް މީހުންނަށް މިސްކިތްތަކުގައި ތަރާވީޚު ނަމާދު ކުރުމަށް ހުއްދަ ދިނުމަށެވެ. އެހެންނަމަވެސް ރޯދަ ވީއްލުމާއި ހާރުކެއުމުގެ ކަންކަން މިސްކިތްތަކުގައި ކުރިޔަށް ނުގެންދެވޭނެކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް