Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެއިން ޕޮޒިޓިވްވި 80 އަހަރުގެ މީހާ

80 އަހަރުގެ މީހާއަކީ ސްޓްރޯކް ޖެހިފައިވާ އަދި އިތުރުބަލިތަކަށް ފަރުވާ ހޯދަމުންދާ މީހެއް: ޑރ. މޫސާ

ހަކުރު ބަލި އަދި ކޮލެސްޓްރޯލްއަށް 80 އަހަރުގެ މީހާ ދިޔައީ ފަރުވާ ހޯދަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 އެޕްރީލު 2020 | އަންގާރަ 11:51
އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ، ޑރ. މޫސާ ހުސައިން

އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ، ޑރ. މޫސާ ހުސައިން

އަންގާރަ ދުވަހު މާލެއިން ކޯވިޑު19އަށް، ފައްސިވި މީހުންގެ ތެރޭގައި ހިމެނޭ، 80 އަހަރުގެ ދިވެއްސަކީ ސްޓްރޯކެއް ޖެހިފައިވާ އަދި މީގެ އިތުރުން، ބައެއް ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ން ހާމަކޮށްފިއެވެ.

އަންގާރަ ދުވަހު އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑރ. މޫސާ ހުސައިން ވިދާޅުވީ، 80 އަހަރުގެ މީހާއަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން 2 އަހަރު ވަންދެން އެދުމަތިވެފައިވާ މީހެއް ކަމަށެވެ. އޭނާއަކީ ހަކުރު ބައްޔާއި، ކްލޮސްޓްރޯލް އަދި ލޭމައްޗަށް ދިއުންފަދަ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށާއި، މީގެ އިތުރުން ނިއުމޯނިއާ ޖެހިފައިވާ މީހެއް ކަމަށް ވެސް ޑރ. މޫސާ ވިދާޅުވިއެވެ.

ޑރ. މޫސާ ވިދާޅުވީ މިފަދަ ބަލި މީހަކަށް ކޮވިޑް-19 ޖެހިއްޖެ ނަމަ، އެމީހެއްގެ ހާލު ވަރަށް ބޮޑަށް ދަށްވެގެން ހިނގައިދާނެއެވެ. ޑރ. މޫސާ އަންވަރު ވިދާޅުވި ގޮތުންނަމަ، މީހެއްގެ ހަށިގަނޑުގައި އޮކްސިޖަން ލެވެލް ހުންނަން ޖެހޭނީ 98 އިންސައްތައިގައެވެ.، ނަމަވެސް 80 އަހަރުގެ މީހާގެ ހަށިގަނޑުގައި އޮކްސިޖަން ލެވެލް ހުރީ 94 އިންސައްތައިގައެވެ. އެހެންކަމުން މިއީ އިންޒާރުގެ މެސެޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މޫސާ ވިދާޅުވީ 80 އަހަރުގެ މީހާ ބައްޔަށް ހުށަހެޅިގެން ދިއުމަކީ މި ބަލި ފެތުރިގެން ގޮސްފައިވާ މިންވަރު ދައްކުވައިދޭ ކަމަށެވެ.

80 އަހަރުގެ މީހާ އަށް މިވަގުތު ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންނެވެ. 11 ވަނަ ފަންގިފިލާއަކީ ކޮވިޑް-19 އާއި ގުޅިގެން ހާލުބޮޑުވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ތަނެކެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

މިހާރު ފެތުރެމުންދާ ރޯގާ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ދެ މީހަކު މަރުވެއްޖެ

16 މާރިޗު 2017
މިހާރު ފެތުރެމުންދާ ރޯގާ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ދެ މީހަކު މަރުވެއްޖެ
16 މާރިޗު 2017

ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ

16 މާރިޗު 2017
ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު