ގޮވާޒާތުގެ އެއްޗެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
20 އެޕްރީލު 2020 | ހޯމަ 19:40ރިޕޯޓް ލިބިފައިވަނީ 11 ޖެހިހާއިރު

އަލީ ސަމާޚް | 20 އެޕްރީލު 2020 | ހޯމަ 19:40

ގޮވާޒާތުގެ ތަކެތި ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
މާލެއިން ގޮވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވަ ގޮތުގައި، ގޮވާޒާތުގެ އެއްޗެހި ފެނިފައި ވަނީ ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ސަރަހައްދުންނެވެ.
ރާއްޖެ.އެމްވީއަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތުދިންގޮތުގައި އެމްއެންޑީއެފުން އެ ސަރަހައްދުގައި ހަރަކާތްތެރިވީ ބެޓްރި ބުރިއެއް ފެނިގެން ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. އެކަމާއި ބެހޭގޮތުން އަދި މިހާތަނަށް އެމްއެންޑީއެފުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއްނުވެއެވެ.







