Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް އެތުލެޓިކޯ މެޗު

"ލިވަޕޫލް-އެތުލެޓިކޯ މެޗު ކުރިއަށް ދިޔައީ ގޯސް ވަގުތެއްގައި"

20 އެޕްރީލު 2020 | ހޯމަ 10:12

މި މެޗު ކުޅުނީ މިދިޔަ މާޗު މަހުގެ 11 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އެޕްރީލު 2020 | ހޯމަ 10:12
ލިވަޕޫލް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ލިވަޕޫލް ދަނޑުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު ކުރިއަށްދިޔައީ ގޯސް ވަގުތެއްގައި ކަމަށް މެޑްރިޑްގެ މޭޔަރު ހޯސޭ ލުއިޒް މާޓިނޭޒް-އަލްމެއިޑާ ވިދާޅުވެއްޖެ އެވެ.

އެންފީލްޑް ސްޓޭޑިއަމްގައި ލިވަޕޫލް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗު ކުޅެފައިވަނީ މިދިޔަ މާޗު މަހުގެ 11 ވަނަ ދުވަހު އެވެ. މި މެޗަށްފަހު ޔުއެފާއިން ވަނީ ޗެމްޕިއަންސް ލީގުގެ މެޗުތައް ފަސްކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން 3-2 އިން އެތުލެޓިކޯ މޮޅުވި މެޗު ބަލަން ސްޕެއިނުން 3،000 ސަޕޯޓަރުން ވަނީ އިންގްލެންޑުގެ ލިވަޕޫލަށް ގޮސްފައެވެ.

މެޑްރިޑްގެ މޭޔަރު ހޯސޭ ލުއިޒް މާޓިނޭޒް-އަލްމެއިޑާ ވިދާޅުވީ މި މެޗު ކުޅުނީ ގޯސް ވަގުތެއްގައި ކަމަށާއި، އެގޮތުން މި މެޗު ކުޅުމުގެ ދެ ދުވަހެއް ކުރިން ސްޕެއިންގެ އެކި ސަރަހައްދުތަކުގައި 1،000 މީހުންނަށް ވުރެން ގިނަ މީހުން އެއްވެ އުޅުން މަނާކޮށް، ސްކޫލުތައް ވެސް ބަންދުކޮށްފައިވާ ކަމަށެވެ. އެ ފަދަ ހާލަތެއްގައި ސްޕެއިންގެ ބަޔަކު ވެސް އެހެން ގައުމަކަށް ގޮސް ގިނަ ބަޔަކު އެއްވެ އުޅުން ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލިވަޕޫލާއި އެތުލެޓިކޯ މެޗަށް ފަހު އެ ސަރަހައްދުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރު ވެގެން ދިޔައެވެ. އަދި އެ މެޗަށް ދިޔަ ގިނަ ބަޔަކަށް ވެސް އެ ވައިރަސް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 120،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، ސްޕެއިނުން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނޫ 200،000 އަށްވުރެ މައްޗަށް އަރާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޗެމްޕިއަންސް ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮގަސްޓް މަހުގެ 29 އަށް ތާވަލުކުރަން ޔުއެފާއިން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި އޮތީ މެއި މަހުގެ 30 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލް ގައެވެ.

ޗެމްޕިއަންސް ލީގާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޔުއެފާއިން ނިންމާފައިވާއިރު، މި މުބާރާތް އަލުން ފަށާނެ ހާލަތެއް ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ، މުބާރާތް ކެންސަލްކުރަން ޖެހިދާނެ ކަމަށްވެސް ޔުއެފާ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް