Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ އަލުން ބާސާއަށް ގެނައުން

ނޭމާ އަލުން ބާސާއަށް ގެންނަށް މެސީ އަދިވެސް ބޭނުންވޭ: ރޮސެލް

19 އެޕްރީލު 2020 | އާދީއްތަ 21:44

ބާސާއިން އަންނަނީ ނޭމާ ހޯދުމަށް މަސައްކަތް ކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 އެޕްރީލު 2020 | އާދީއްތަ 21:44
ނޭމާ އާއި ލިއޮނެލް މެސީ އެކުގައި

ނޭމާ އާއި ލިއޮނެލް މެސީ އެކުގައި

ނޭމާ އަލުން ބާސެލޯނާއަށް ގެންނަށް ލިއޮނެލް މެސީ ބޭނުންވާ ކަމަށް އެކްލަބުގެ ކުރީގެ ރައީސް ސެންޑްރޯ ރޮސެލް ވިދާޅުވެއްޖެ އެވެ.

ބާސާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ބާސާއިން ވަނީ އެޓީމުގެ ކުރީގެ ކުޅުންތެރިޔާ އަލުން އަނބުރާ ގެނައުމަށް މިސީޒަން ފެށުމުގެ ކުރިން ވެސް މަސައްކަތް ކޮށްފައެވެ. އަދި ނޭމާ ވެސް ވަނީ އޭނާ އެނބުރި ބާސާއަށް ބަދަލުވާން ބޭނުންވާކަން ހާމަކޮށްފައެވެ.

މީގެ ކުރިން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ވެސް ވަނީ ނޭމާ ގެންނަން ބޭނުންވާކަން މީޑިއާގައި ހާމަކޮށްފައެވެ. އެގޮތުން އޭރު މެސީ ބުނީ ނޭމާ ބާސާ ދޫކޮށް ދިޔައީ އެންމެ ރަނގަޅު ގޮތުގައި ނޫން ކަމަށް ވިޔަސް، އޭނާ އަށް ހުރިހާ ދޮރެއް ބަންދުނުކުރާނެ ކަމަށެވެ.

ދާދި ފަހުން ބާސާގެ ކުރީގެ ރައީސް ސެންޑްރޯ ރޮސެލް ވިދާޅުވީ މެސީ އަބަދުވެސް ނޭމާ ގެންނަން ބޭނުންވާ ކަމަށެވެ. އަދި ބާސާގެ ރައީސްގެ މަގާމުގައި އަދިވެސް އޭނާ ހުރިނަމަ، ނޭމާ ގެންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

2013 ވަނަ އަހަރު ނޭމާ ބާސާއަށް ބަދަލުވިއިރު، އޭރު ބާސާގެ ރައީސަކީ ރޮސެލް އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނޭމާ އަލުން އަނބުރާ ހޯދުމަށް ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބާސާއިން އެ ޓީމުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން އާއި ޕީއެސްޖީގެ ނޭމާ ބަދަލުކުރަން ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ފީފާއިން އެކުވާލި އާ ޓްރާންސްފާ ގަވާއިދުގައިވާ ގޮތުން އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަދަދު ނުހިމަނައި ހަދާ އެއްބަސްވުންތަކުގެ ފުރަތަމަ ތިން އަހަރު ހަމަވުމާއެކު، ކުޅުންތެރިޔާ ކްލަބު ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެ ކުޅުންތެރިޔާ ވިއްކާނެ އަގެއް ކަނޑައަޅާނީ ފީފާއިންނެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ކުރިން ބުނި ގޮތުގައި ފީފާ އިން ނޭމާގެ އެއްބަސްވުމަށް ބެލުމަށް ފަހު، އޭނާގެ އަގު ކަނޑަޅާއިރު އެ އުޅޭނީ 180 މިލިއަން ޔޫރޯގަ އެވެ. އެހެންކަމުން ބާސާއިން ނޭމާ ހޯދަން ކުރާ ބިޑުގައި މި ސީޒަނުގައި އެ ޓީމާ ގުޅުނު ގްރީޒްމަން ހިމަނާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

2017 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ނޭމާއަށް އަދި މިހާތަނަށް އެޓީމުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، މިހާތަނަށް އޭނާ ޕީއެސްޖީއަށް ކުޅެދިން 52 މެޗުގައި ވަނީ 47 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް