Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަސްޕެންޝަން ކެންޑިޑޭޓުންގެ މައްސަލަ

ކައުންސިލްތަކުގެ އިންތިހާބު: ސަސްޕެންޑް ކުރެވިފައިވާ ކެންޑިޑޭޓުންގެ މައްސަލާގައި ސީއެސްސީން ކޯޓަށް!

18 އެޕްރީލު 2020 | ހޮނިހިރު 04:18

ސަސްޕެންޝަނުގައި ތިބި ކެންޑިޑޭޓުންގެ ރޯދަމަހުގެ އެލަވަންސާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރާ ދަނީ މަޝްވަރާ ކުރުމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 އެޕްރީލު 2020 | ހޮނިހިރު 04:18
ސިވިލް ސަރވިސް ކޮމިޝަން

ސިވިލް ސަރވިސް ކޮމިޝަން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުން އަދާކުރަމުންދިޔަ ސިވިސް ސަރވިސް ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކޯޓަށް ހުށަހެޅުމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.

ސީއެސްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލެއްގެ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބަކަށް، ސިވިލް ސަރވިސްގައި ހިމެނޭ މީހަކު ކައުންސިލެއްގެ މެމްބަރުކަމަށް ކުރިމަތިލައިފިނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީޚުން ފެށިގެން އެމީހަކު ހުރި ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްވާނެ ކަމަށެވެ. އަދި އެ މީހަކަށް ސިވިލް ސަވިސް ވަޒީފާއިން ލިބެމުންދިޔަ މުސާރައާއި އަދި އެއްވެސް އިނާޔަތެއް ނުލިބޭނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމުގެ ސަބަބުން، އިންތިހާބަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ސަސްޕެންޑް ކުރެވިފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަންގެ މުއްދަތު އިތުރުވެގެންދާ ދިއުމަށް ހައްލެއް ގެނެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް ސީއެސްސީގެ ބަޔާނުގައި ވެއެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމުގެ ސަބަބުން އިންތިހާބަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ސަސްޕެންޑް ކުރެވިފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންދާ ގެއްލުންތަކަށް ގާނޫނީ ހައްލެއް ހޯދުމަށްޓަކައި މިމައްސަލަ ޝަރުއީ މަރުހަލާއަށް ހުށަހެޅުމަށް ވެސް ނިންމާފައިވާ ކަމަށް ސީއެސްސީގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ސީއެސްސީން ބުނެފައިވާ ގޮތުގައި، އެ މުވައްޒަފުން ސަސްޕެންޝަނުގައި ތިބި މުވައްޒަފުން ވަޒީފާއިން އެކަހެރި ކުރެވިފައިވާތީއާއި، ވަޒީފާތަކަށް އެހެން މުވައްޒަފުން ނެގެން ނެތުމުން ބައެއް ސިވިލް ސަރވިސްގެ އިދާރާތައް ހިންގުމުގައި ވެސް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

ސީއެސްސީ މިހެން ބުނިއިރު، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އަދި ރާއްޖޭގައިވެސް މިބަލި ފެތުރެމުންދާތީ، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި، މިދިއަ މާރޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ގިނަ އޮފީސްތަކުގެ މަސައްކަތްތައް މިދަނޑިވަޅުގައި ގޭގައި ތިބެގެން ކުރުމަށް ބާރުއަޅާފައިވާއިރު، މިހާރު މާލެ ސަރަހައްދު ލޮކްޑައުންކޮށް، އަދި އެއްރަށުން އަނެއް ރަށަށް ނުދެވޭގޮތަށް ރަށްތައްވެސް މިވަނީ ލޮކްޑައުންކޮށްފަ އެވެ.

މީގެއިތުރުން، ސަރުކާރުން ޚަރަދުތައް ކުޑަކުރަން ހިފާފައިވާ މިދަނޑިވަޅުގައި އަދި ވަޒީފާތަކަށް މީހުން ނެގުން ވެސް ވަނީ މަޑުޖައްސާލާފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން ވަނީ، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޚާއްސަ ބިލް 2020"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. އެބިލްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާއިރު، އެބިލްގައި ބުނެފައިވާ ގޮތުން، އެންމެ ލަސްވެގެންވެސް އަންނަ ޖެނުއަރީ 6 ގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަންޖެހެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް