Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރު ގަތުމުގެ މައްސަލަ

ބޭރުގެ ހަތަރު ޖަމީއްޔާއަކުން ރާއްޖެއަށް ވެންޓިލޭޓަރު ހަދިޔާކުރަނީ

14 އެޕްރީލު 2020 | އަންގާރަ 19:48

ރާއްޖޭގެ އެއްވެސް ކުންފުންޏަކަށް އަދި ފައިސާ ނުދައްކާ

އަލީ ސަމާޚް
އަލީ ސަމާޚް | 14 އެޕްރީލު 2020 | އަންގާރަ 19:48
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ބައިނަލްއަގްވާމީ ހަތަރު ޖަމިއްޔާއަކުން ރާއްޖެއަށް ވެންޓިލޭޓަރު ހަދިޔާކުރަން ނިންމާފައިވާކަަމަށް ސަރުކާރުން ބުނެފި އެވެ.

އަންގާރަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޔުނައިޓެޑް ނޭޝަން ޗިލްޑްރެން އެމެޖެންސީ ފަންޑު (ޔުނިސެފް) ގެ ފަރާތުން ދެ ޓްރާންސްޕޯޑަބަލް ވެންޓިލޭޓަރާއި، ވޯލްޑް ބޭންކުގެ ފަރާތުން 18 ވެންޓިލޭޓަރަކާއި، އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ހަތަރު ވެންޓިލޭޓަރެއްގެ އިތުރުން އިސްލާމިކް ޑިވޮލޮޕްމެންޓް ބޭންކު (އައިޑީބީ) އިން ތިން ވެންޓިލޭޓަރެއް ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މަބްރޫކް ވަނީ ސަރުކާރުން ގެންނަން ހަމަޖެހިފައިވާ 151 ވެންޓިލޭޓަރުގެ ތަފްސީލުވެސް ޕްރެސް ބްރީފިން ގައި ހާމަކުރައްވާފައެވެ. އެގޮތުން 26 ވެންޓިލޭޓަރު ގެނައުމަށް 8.3 މިލިއަން ރުފިޔާ ދައްކާގޮތަށް ނާޑް ނަމަކަށް ކިޔާ ކުންފުންޏަކާއި އެކު ވަނީ އެގްރީމެންޓް ހަދާފައެވެ. އަދި އިތުރު 50 ވެންޓިލޭޓަރު ގެންނަން 14.4 މިލިއަން ރުފިޔާ ހޭދަކުރުމަށް މެޑްޓެކް ކުންފުންޏާއެކު އެގްރީމެންޓް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. މިއިން އެއްވެސް ކުންފުންޏަކަށް އަދި މިހާތަނަށް ފައިސާ ދައްކާފައިނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

34 މިލިއަން ރުފިޔާ ހޭދަކޮށްގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޭ ތެރޭގައި ހިމެނެނީ އައިސީޔޫގައި ބަހައްޓާ 65 ސްޓޭޝަނަރީ ވެންޓިލޭޓަރު އަދި ދަތުރުމަތީގައި ބޭނުންކުރާ 10 ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރުތަކަށް ގެނައުމަށް އެގްރީމެންޓް ކުރެވިފައިވަނީ ދުބާއީގެ އެކްޒިކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއެވެ.

އޭނާ ވިދާޅުވީ، ވެންޓިލޭޓަރު ނުގެނެވިގެން އުޅެނީ، ދުނިޔޭގެ ގައުމުތަކުގައި ދަތުރުފަތުރު ކުރުމުގައި ދިމާވެގެން އުޅޭ ދަތިތަކުގެ ސަބަބުން ކަމަށެވެ. އެކަމަކު އެތަކެތި ގެނައުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 ބަލިޖެހޭ މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ބައެއް މީހުންނަށް ފަރުވާދޭން ޖެހެއެވެ. ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެތައް ގައުމެއްގައި ބަލި ޖެހިގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ގިނަވެފައިވާއިރު، ވެންޓިލޭޓަރުތައް މަދުވުމުގެ މައްސަަލަ ގިނަ ގައުމުތަކަކަށް ވަނީ ކުރިމަތިވެފައެވެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް