Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރޯޑްކާސްޓަރުންގެ މާލީ ހާލަތު ދެނެގަންނަނީ

ކޮވިޑް-19 އާ ގުޅިގެން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ ޙާލަތު ދެނެގަންނަނީ

ކޮމިޝަނުން އެދިފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ފޯމް ލުމަށް އެދިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 އެޕްރީލު 2020 | އަންގާރަ 12:55
ރާއްޖެ ޓީވީގެ އޮންއެއަރ ކޮންޓްރޯލް ރޫމް

ރާއްޖެ ޓީވީގެ އޮންއެއަރ ކޮންޓްރޯލް ރޫމް

ކޮވިޑް-19 އާ ގުޅިގެން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ ޙާލަތު ދެނެގަތުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.

ބްރޯޑްކޮމް އިން ބުނީ ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގައި އަޅާފައިވާ ޞިއްޙީ ރައްކައުތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ފަރާތްތަކަށާއި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކަށް ދިމާވެދާނޭ ދަތިތަކާއި މާލީ ނުތަނަވަސްކަމަށް ކޮންމެވެސް ލުއިކަމެއް ގެނައުމަށް އެ ކޮމިޝަނުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރެވިދާނޭ ކަންކަން ބެލުމުގެ ގޮތުން، ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް މިހާރު މެދުވެރިވެފައިވާ ޙާލަތު ދެނެގަތުމަށް ކޮމިޝަނުން ބޭނުންވާ ކަމަށެވެ.

އެގޮތުން މިހާރު ޚިދުމަތް ދެމުންދާ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ ތެރެއިން، އެއްވެސް ފަރާތަކަށް އެ ފަރާތަކުން ފޯރުވައިދޭ ޚިދުމަތް ދިނުމުގައި ކޮވިޑް-19 އާ ގުޅިގެން ދިމާވެފައި މިވާ ޙާލަތުގެ ސަބަބުން އެއްވެސް ދައްޗެއް ނުވަތަ މާލީ ނުތަވަސްކަމެއް ދިމާވެފައިވާނަމަ، “ކޮވިޑް-19 އާ ގުޅިގެން ޙާލަތު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު ފޯމު” ފުރިހަމަކުރެއްވުމަށްފަހު ކޮމިޝަނުގެ އީ-މެއިލް info@broadcom.org.mv އަށް، 21 އޭޕްރިލް 2020 ގެ ކުރިން ފޮނުއްވުން އެދިފައިވެއެވެ.

މި ފޯމުގައި ބްރޯޑްކާސްޓަރުންގެ މާލީ މައުލޫމާތު ހިމެނުމަށް ވަނީ އެދިފައެވެ. އެގޮތުން ބްރޯޑްކާސްޓް އަދި ރިބްރޯޑްކާސްޓް ކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓާއި، 2020 ވަނަ އަހަރަށް އަންދާޒާކުރި ފައިދާ އަދި ގެއްލުމާއި، އާމްދަނީ ހޯދާ ވަސީލަތްތައް، މުވައްޒަފުންގެ އަދަދާއި، މުވައްޒަފުންނަށް މަހަކަށް ޖެހޭ އެވްރެޖް މުސާރަ އަދި ޖުމްލަ މުސާރަ ހިމެނެއެވެ.

މީގެ އިތުރުން މުވައްޒަފުންގެ މުސާރަ ނުލާ ރިކަރަންޓް ހަރަދާއި، ލޯނުގެ ތަފްސީލުތަކާއި، އިންޝިއަރުރަންސްގެ މައުލޫމާތާއި، ކޮވިޑް-19 އާއި ގުޅިގެން ލިބިފައިވާ ގެއްލުމާއި، ލިބެމުންދާ ގެއްލުމާއި، ގެއްލުން ފޫބައްދަން ކުރެވިދާނެކަމަށް ބްރޯޑްކާސްޓަރުންނަށް ފެންނަން ކަންކަން ހިމެނުމަށް ވަނީ މި ފޯމުގައި ބުނެފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު