Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަލްފުގެ ޤައުމުތަކުގެ ޙާލަތު

ކޮވިޑް-19: ގަލްފުގެ ޤައުމުތަކުގެ ޙާލަތު

14 އެޕްރީލު 2020 | އަންގާރަ 08:30

ޖީސީސި ޤައުމުތަކުން މިހާތަނަށް 15،000އަށް ވުރެ ގިނަ މީހުންވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 14 އެޕްރީލު 2020 | އަންގާރަ 08:30
ޔޫއޭއީގައި ލެބޯރެޓަރީ ޓެކްނީޝަނަކު ކޮވިޑް-19ގެ ސްވެބް ސާމްޕަލްއެއް ނަގަނީ

ޔޫއޭއީގައި ލެބޯރެޓަރީ ޓެކްނީޝަނަކު ކޮވިޑް-19ގެ ސްވެބް ސާމްޕަލްއެއް ނަގަނީ

ޢަރަބި ޤަލްފުގެ ޤައުމުތަކުން މިހާތަނަށް 15،000އަށް ވުރެ ގިނަ މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް ގަލްފުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ގަލްފުގެ ހަ ޤައުމުގެތެރެއިން އެންމެ ފުރަތަމަ ކޮވިޑް-19 ރިޕޯޓުކުރެވުނީ ބަހްރައިނުންނެވެ. އެއީ މިދިޔަ މާރޗްމަހުގެ 16 ވަނަ ދުވަހެވެ. ބަހްރައިނުން ވައިރަސް ފެނުމާއި ގުޅިގެން ގަލްފް ޞަރަޙައްދުގެ ޤައުމުތަކުން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް، އަދިވެސް އެޤައުމުތަކުގައި ވައިރަސް ކޮންޓްރޯލްނުވެ ދަނީ ފެތުރެމުންނެވެ.

ޔޫރަޕްއަދި އެމެރިކާއަށްވުރެ ކުރިން ގަލްފް ޞަރަހައްދުން ވައިރަސް ރިކޯޑްކުރެވުނެވެ. އެހެންނަމަވެސް ސީދާ އެޤައުމުތަކަށް ވައިރަސް އިމްޕޯޓުވީ ކިހިނެއްކަމެއް އަދި ޞައްޙަ މަސްދަރަކުން އެނގިފައެއް ނުވެއެވެ. ބައިލަންއަޤުވާމީ ބައެއް މުހައްލިލުން ބުނާގޮތުގައި ގަލްފަށް ވައިރަސް ދިޔައީ އަލަށް ވައިރަސް ފެނުނު ޗައިނާއިންނެވެ. އަނެއް ބަޔަކު ބުނާގޮތުގައި ވައިރަސް ދިޔައީ މެދުއިރުމަތީގައި މިހާރު އެންމެ ނުރައްކާތެރި މިންވަރަށް ވައިރަސް ފެތުރެމުންދާ އީރާނުންނެވެ.

ވައިރަސް އައިގޮތް އަދި ކަށަވަރުނުވި ނަަމަވެސް، ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެއީ ދުނިޔޭގެ އެހެން ޞަރަޙައްދުތަކައް ވުރެ ހަރިކަށީ ވަރުގަދަ ފިޔަވަޅުތައް ކޮވިޑް-19އާއި ދެކޮޅަށް ގަލްފުގެ ޤައުމުތަކުން އެޅިކަމެވެ. ނަތީޖާއެއްގެ ގޮތުން ވައިރަސް ފެތުރޭ މިންވަރުދަށްކުރެވުނު ކަމަށް ބައިނަލްއަޤުވާމީ މުފައްކިރުން ބުނެއެވެ. ވައިރަސް ފެތުރެން ފެށިތާ ފުރަތަމަ ދެހަފުތާގައި ވައިރަސްޖެހިގެން ރިޕޯޓުކުރެވޭ މިންވަރު ގިނަ ނަމަވެސް، މިހާރު ވައިރަސް ފެތުރެ ނިޞްބަތް ގަލްފުގެ ޤައުމުތަކުގައި ވަނީ ދަށްކުރެވިފައެވެ.

ސައުދީ އަރަބިއްޔާ:

ގަލްފު ޞަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓުކުރެވިފައިވަނީ، ސައުދީ އަރަބިއްޔާއިންނެވެ. ސައުދީ އަރަބިއްޔާއަކީ ގަލްފުގެ ޤައުމުތަކުގެ ތެރެއިން ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން އެންމެ ބޮޑު ޤައުމެވެ. އެޤައުމުން މިހާތަނަށް އައިއިރު 4،934 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ 65 މީހުން މަރުވެފައިވެއެވެ. 34.76 މިލިއަން ގެ އާބާދީއެއް އޮންނަ ސައުދީގައި ވައިރަސް ފެތުރޭ މިންވަރު ނިޞްބަތުން ބަލާއިރު ކޮންމެ މިލިއަން މީހެއްގެ ތެރެއިން 141 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ސައުދީއަކީ ގަލްފުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފަހުން ވައިރަސް ރިޕޯޓުކުރެވުނު ޤައުމެވެ. އެޤައުމުން އެންމެ ފުރަތަމަ ވައިރަސް ކޭސް އެއް ރިިކޯޑުކުރެވުނީ، މާރްޗްމަހުގެ 2 ވަނަ ދުވަހު އީރާނުގައި ހުރި ސައުދީގެ ރައްޔިތަކު އަނބުރާ ޤައުމަށް އައުމުންނެވެ. އެހާ ހިސާބުން ސައުދީ އަރަބިއްޔާއިން ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން އެޤައުމުގެ ރަސްކަމުގެ ދަރުބާރުން، މަދަނީ އަދި ބައިނަލްއަޤުވާމީ ވައިގެ އުދުހުންތައް މެދުކަނޑާލިއެވެ. އަދި ވިޔަފާރިތައް ބަންދުކޮށް ޙަރަމްފުޅާއި، މައި މުޤައްދަަސް ބިނާތަކާއި ބިންތައް ބަންދުކުރިއެވެެ. އަދި މައި ސިޓީތައް "ލޮކްޑައުން" ކޮށް އެހެން ސިޓީތަކުގައި ކަރފިއުގެ އަމުރު އިޢުލާނުކުރިއެވެ.

ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓަރ ޑރ. ތައުފީޤް އަލް-ރާބިއާ ވިދާޅުވެފައިވަނީ، ސައުދީގައި ވައިރަސްޖެހޭ މީހުންގެ އަދަދު 200،000އަށް އަރާނެކަމަށް އަންދާޒާކުރައްވާފައެވެ. މިގޮތައް އަންދާޒާކުރައްވާފައި ވަނީ ކަމާއި ގުޅޭ ފަންނީ މާހިރުންނާއި، މުފައްކިރުންގެ ދިރާސާތަކައް ރިޢާޔަތްކޮށްނެވެ. އެންމެ ދަށް ޢަދަދެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވަނީ 10،000 އެވެ. ސައުދީގައި މިހާތަނަށް އައިއިރު، 4,934 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 65 މީހުން ވަނީ މަރުވެފައެވެ.

ޔުނިއިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ):

ގަލްފުގެ ޤައުމުތަކުގެ ތެރެއިން ދެވަނަޔަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ ޔޫއޭއީގައެވެ. އެޤައުމުން މިހާތަނަށް 4،521 މީހުން ވައިރަސްއަށް ޕޮޒިޓިްވެ، 25 މީހުން މަރުވެފައިވެއެވެ. ޔޫއޭއީން އެންމެ ފުރަތަމަ ވައިރަސް ރިކޯޑުކުރެވުނީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އެޤައުމަށް އައި އުމުރުން 73 އަހަރުގެ ޗައިނާގެ ފަތުރުވެރިއެއްގެ ގައިންނެވެ.

ފުރަތަމަ ކޭސް ރިކޯޑުކުރެވުމާއި ގުޅިގެން އެޤައުމުން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ސްކޫލް، ކޮލްޖް، ޔުނިވަރސިޓީތަކާއި، ޢާންމު ވިޔަފާރި ބަންދުކުރުމެވެ. އަދި މާރޗް މަހުގެ 26 ވަނަ ދުވަހު ރޭގަނޑުގެ ވަގުތު ކަރފިއު އިޢުލާނުކޮށް ޤައުމީ ފެންވަރެއްގައި ޑިސްއިންފެކްޓްކުރުމުގެ ޕްރޮގުރާމެއް ފެށިއެވެ. އަދި އެޕްރީލް މަހުގެ 4 ވަނަ ދުވަހު، ކާއިފިއުގެ އަމުރު 24 ގަޑިއިރަށް މުއްދަތެއް ނެތްގޮތައް ދިގުދަންމާލިއެވެ. ކައިފިއުގެ އަމުރު ހިންގަން ފެށިފަހުން އެއްވެސް މީހަކަށް ގެއިން ބޭރަށް ނިކުމެވެނީ ޚާއްޞާ ހުއްދައަކާއި އެކުގައެވެ.

މިހާރު އެޤައުމުން މަސައްކަތްކުރަމުންދަނީ ކޮވިޑް-19 އަށް ތަހުލީލު ކުރެވޭނެ ނިޒާމު ވަރުގަދަ ކުރުމަށެވެ. އެގޮތުން އެބަޔަކު ތިބިތަނަކަށް ގޮސް ކޮވިޑް-19 އަށް ސާމްޕަލްނެގުމުގެ އިންތިޒާމު މިހާރު އެޤައުމުގެ ހުރިހައި ސިޓީތަކެއްގައިވެސް ވަނީ ހަމަޖައްސާފައެވެ.މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެނެގަނެ، އެމީހުންގެ ގެއަށް ގޮސް ސާމްޕަލް ނެގުމުގެ ޚިދުމަތްވެސް ދޭން ވަނީ ފަށާފައެވެ.

ޤަތަރު:

ޤަތަރަކީ ގަލްފުގެ ޤައުމުތަކުގެ ތެރެއިން، ތިންވަނަޔަށް އެންމެ ގިނައިން ކޮވިޑް-19 ރިޕޯޓުކުރެވުނު ޤައުމެވެ. އެޤައުމުން 3،231 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 7 މީހުންވަނީ މަރުވެފައެވެ. 2.76 މިލިއަންގެ އާބާދީއެއް އޮންނަ ޤަތަރުން އެންމެ ފުރަތަމަ ކޭސްއެއް ރިޕޯޓުކުރެވުނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ޤަތަރުގައި އެންމެ ގިނައިން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ބިދޭސީ މަސައްކަތްތެރިންނެވެ. މިހާރު އެޤައުމުގައި ވަނީ ހުކުރު ނަމާދު ޖަމާޢަތުގައި ކުރުން ހުއްޓާލާ ސިނާއީ ޞަރަޙައްދުތައް އެއްކޮށް "ލޮކް ޑައުން" ކޮށްފައެވެ.

ބަހްރައިން:

ގަލްފުގެ ޤައުމުތަކުގެ ތެރެއިން ބަހްރައިންއަކީ ހަތަރު ވަނަޔަށް އެންމެ ގިނައިން ކޮވިޑް-19 ކޭސް ރިކޯޑުކުރެވުނު ޤައުމެވެ. އެގޮތުން މިހާތަނަށް 1،361 މީހުންނަށް ވައިރަސް ޖެހިފައިވާއިރު, 6 މީހުން ވަނީ މަރުވެފައެވެ. ބަހްރައިނުން އެންމެ ފުރަތަމަ ކޭސްއެއް ރިކޯޑުކުރެވުނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެއީ އީރާނުން އެނބުރި އައި އެޤައުމުގެ ރައްޔިތެއްގެ ފަރާތުންނެވެ.

ބަހްރައިންއަކީ އެންމެ ފުރަތަމަ ކޮވިޑް-19 ގައި މީހަކު މަރުވި ފުރަތަމަ ގަލްފުގެ ޤައުމެވެ. މަރޗްމަހުގެ 16 ވަނަ ދުވަހު ޙާލުދެރަވެ މަރުވީ އެޤައުމުގެ އުމުރުން 65 އަހަރުގެ އަންހެނެކެވެ. އަވަށްޓެރި އެހެން ޤައުމުތަކެކޭ އެއްފަދައިން ސްކޫލް މަދަރުސާތައް ބަންދުކޮށް އެއްގަމާއި ވައިގެ ދަތުރުތައް ބަހްރައިނުންވެސް ހުއްޓުމަކަށް ގެނައެވެ. އަދި މަދަނީ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް ގެނެސް، ބައިނަލްއަޤުވާމީ އުދުހުންތައް މެދުކަނޑާލިއެވެ.

ކުވައިތު:

ކުވައިތަކީ ޤަލްފުގެ ޤައުމުތަކުގެ ތެރެއިން، ދެވަނަޔަށް އެންމެ މަދުން ވައިރަސް ރިޕޯޓުކުރެވުނު ޤައުމެވެ. މިއަދާހަމަޔަށް އެޤައުމުން 13,00 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ 2 މީހުން ވަނީ މަރުވެފައެވެ. އެޤައުމުން އެންމެ ފުރަތަމަ ކޭސްއެއް ރިޕޯޓުކުރެވުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެޤައުމަށްވެސް ވައިރަސް އެތެރެވީ އީރާނުންނެވެ. ކުވައިތުގައި ވަނީ މާރޗުމަހުގެ 22 ވަނަ ދުވަހުން ފެށިގެން 11 ގަޑިއިރުގެ ކާރފިއުގެ އަމުރެއް އިޢުލާނުކޮށް ތަންފީޒުކުރަމުންނެވެ. އަދި އެޤައުމުންވަނީ ސްކޫލްތަކާއި، ޔުނިވަރިސިޓީތަކާއި، ކޮލެޖުތައް ބަންދުކޮށް، އާންމު މިޔަފާރިވެސް ހުއްޓުވާފައެވެ.

އޮމާން:

އޮމާންއަކީ ޤަލްފުގެ ޤައުމުތަނުން މިހާތަނަށް އެންމެ މަދު ކޭސް ރިޕޯޓުކުރެވުނު ޤައުމެވެ. އޮމާނުން މިހާތަނަށް 727 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 4 މީހުން ވަނީ މަރުވެފައެވެ. އޮމާނުން އެންމެ ފުރަތަމަ ކޭސްއެއް ރިކޯޑުކުރެވުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އޮމާނުން އެންމެ ފުރަތަމަ ވައިރަސްއަށް ޕޮޒިޓިވްވީ އީރާނަށް ދަތުރުކުރުމަށްފަހު އެނބުުރި ޤައުމަށް އައި އެޤައުމުބެ އުމުރުން ދުވަސްވީ އަންހެނެކެވެ. ގަމްފުގެ އެހެން ޤައުމުތަކާއި ޚިލާފަށް އޮމާނުގައި ވަނީ ވައިރަސްއަށް ޕޮޒިޓިވްވަމުންދާ މީހުންގެ ނިޞްބަތް އެއްވަރެއްގައި ހިފެހެއްޓިފައެވެ.

އެޤައުމުގެ ސުލްޠާން ހައިތަމް ބިން ޠާރިޤު ވަނީ ހަރުކަށީ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ވެރިރަށް މަސްކަޓް ހިމެނޭ ގޮތައް މައި ގިނަ ސިޓީތައް ވަނި އެއްކޮށް "ލޮކް ޑައުން" ކޮށްފައެވެ. އަދި އެހެން ސިޓީތަކުގައި ވަނީ ކާރފިއުގެ އަމުރު އިޢުލާނުކޮށްފައެވެ.

އޮމާނުގެ ހެލްތު މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު އުބައިދު އަލް-ސައިދީ ވިދާޅުވީ އަދި އެޤައުމުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެޤައުމު ޕީކަށް ނުދާކަމަށާއި، މިކަމާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކަލަށް އަޅަންޖެހޭ އެންމެގައި ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2019

ކަޝްމީރުގެ ޙާލަތު ރަނގަޅެއްނޫން، ޙާލަތު ބަދަލުކުރަންޖެހޭ

03 ނޮވެމްބަރު 2019
ކަޝްމީރުގެ ޙާލަތު ރަނގަޅެއްނޫން، ޙާލަތު ބަދަލުކުރަންޖެހޭ
27 ސެޕްޓެމްބަރު 2019

ސައުދީ އަރަބިއްޔާ ހުރިހާ ޤައުމުތަކުގެ ފަތުރުވެރިންނަށް ހުޅުވާލަނީ

27 ސެޕްޓެމްބަރު 2019
ސައުދީ އަރަބިއްޔާ ހުރިހާ ޤައުމުތަކުގެ ފަތުރުވެރިންނަށް ހުޅުވާލަނީ
08 އެޕްރީލު 2018

މިޙާލަތުގައި ސާރކްއާއެކު ކުރިއަށްދާން ދަތި: އިންޑިއާ

08 އެޕްރީލު 2018
މިޙާލަތުގައި ސާރކްއާއެކު ކުރިއަށްދާން ދަތި: އިންޑިއާ
18 މާރިޗު 2018

ލަންކާގައި އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފި

18 މާރިޗު 2018
ލަންކާގައި އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފި
11 ޖެނުއަރީ 2018

އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ

11 ޖެނުއަރީ 2018
އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ
03 ޖެނުއަރީ 2018

މިސްރުގެ ކުއްލި ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

03 ޖެނުއަރީ 2018
މިސްރުގެ ކުއްލި ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
06 ނޮވެމްބަރު 2017

އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!

06 ނޮވެމްބަރު 2017
އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!
26 އޮކްޓޯބަރު 2017

ގަލްފުގެ މައްސަލަ:މަޝްވަރާއަށް ތައްޔާރުކަމަށް ބުނާ ބުނުން ޤަތަރުން ތަކުރާރު ކޮށްފި

26 އޮކްޓޯބަރު 2017
ގަލްފުގެ މައްސަލަ:މަޝްވަރާއަށް ތައްޔާރުކަމަށް ބުނާ ބުނުން ޤަތަރުން ތަކުރާރު ކޮށްފި
09 ސެޕްޓެމްބަރު 2017

ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި

09 ސެޕްޓެމްބަރު 2017
ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި
24 ޖޫން 2017

ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

24 ޖޫން 2017
ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް