Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުޑަކުދިންނާއި ގުޅޭ މައްސަލަތައް

ކުޑަކުދިންނާއި މެދު އިހުމާލުވެފައިވާ މައްސަލަތައް ދަނީ ބަލަމުން: ކޮމިޝަން

ކުދަކުދިން ބައިތިއްބާ މަރުކަޒްތަކުގެ ތެރެއިން ހަތަރު ތަނަކަށް ޒިޔާރަތްކޮށްފައިވާ ކަން ފާހަގަކޮށްފައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 14 އެޕްރީލު 2020 | އަންގާރަ 03:41
ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑުއުފުލަނީ

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑުއުފުލަނީ

ކުޑަކުދިންގެ ހައްޤުތަކަށް އިހުމާލުވެފައިވާ ވަކިވަކި މައްސަލަތައް ބަލައި ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފިއެވެ.

ހޯމަދުވަހު އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ވަނީ 20 ފެބްރުއަރީގައި ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަން އުފެއްދެވުމަށްފަހު ކޮމިޝަނުން މިހާތަނަށް ކުރެވިފައިވާ މަސައްކަތަތަކުގެ ތެރޭގައި ކޮމިޝަންގެ މަސައްކަތްތައް ރާވާ ކުރިއަށް ގެންދާނެ ގޮތުގެ ވަރކް ޕްލޭނެއް އެކުލަވައިލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ވަރކް ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ އަދާކުރާ ދައުލަތުގެ 7 އިދާރާއަކާއި ކޮމިޝަންގެ ފަރާތުން ބައްދަލުކޮށް، އެ އިދާރާތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމުގައި ނިޒާމީ ސިފައެއްގައި އެ އިދާރާތަކަށް ދިމާވާ ގޮންޖެހުންތަކާއި މެދު މަޝްވްރާކުރެވިފައިވާ ކަމަށެވެ.

ހަމައެއާއި އެކު ދައުލަތުގެ ބެލުމުގެ ދަށުގައި ކުދަކުދިން ބައިތިއްބާ މަރުކަޒުތަކުގެ ތެރެއިން ހަތަރު ތަނަކަށް އެ ކޮމިޝަނުން ޒިޔާރަތްކޮށް އެތަންތަނުގެ ޙާލަތު ވަޒަން ކުރުމުގެ މަސައްކަތް ކުރެވިފައިވާ ކމަށެވެ.

އެގޮތުން މިދިޔަ މަރޗްމަހުގެ 10 އަދި 11 ގައި ކުޑަކުދިންގެ ހިޔާއަށް ކުރި ޒިޔާރަތުގައި އެތަނުގެ ޢާންމު ސާފުތާހިރުކަމާއި، ތަނުގެ ސެކިއުރިޓީއާއި، ތަނުގެ ހިންގުމާއި، އަދި ކުދިންނަށް ލިބޭ ޚިދުމަތްތަކާއި ގުޅިގެން އެ މަރުކަޒުގައި މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ވުމާއި އެކު އެކަންކަން އިޞްލާޙުި ކުރުމަކީ ކުޑަކުދިންގެ ހިޔާގައި މިހާރު ތިބި ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ ކަމެއް ކަމުގައިވާތީ އެކަންކަން ކަމާއި ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކުޑަކުދިންގެ ހިޔާ އާއި ގުޅޭ ރިޕޯޓެއް އެ ކޮމިޝަނުން އެކުލަވާލާފައިވާނެ ކަމަށާއި މި ރިޕޯޓުގައި ކުޑަކުދިންގެ ހިޔާގައި މިހާރު ތިބި ކުދިންނާއި ގުޅޭގޮތުންނާއި، ތަނުގެ ހިންގުމާއި، ޢާންމު ސާފުތާހިރުކަމާއި، ތަނުގެ ސެކިއުރިޓީއާއި، ދައުލަތުގެ ބެލުމުގެ ދަށުގައި އެތަނުގައި ތިބި ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިޞްލާޙުކޮށް ވަގުތުން ފިޔަވަޅު އަޅަންޖެހޭކަމަށް އެ ކޮމިޝަނަށް ފެންނަ 34 ކަމެއް ބަޔާންކޮށްފައިވާނެ ކަމަށެވެ.

ކުޑަކުދިންގެ ހިޔާއާއި ގުޅޭ ޕްރިލިމިނަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކުރެވިފައިވާއިރު، ކުޑަކުދިންގެ ހިޔާގައި އިޞްލާޙު ކުރަންޖެހޭކަމަށް ކޮމިޝަނުން ފާހަގަ ކޮށްފައިވާ ކަންކަން ސަރުކާރުގެ ފަރާތުން ތަންފީޒް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ކޮމިޝަނަށް ދެއްވާފައިވާކަން ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ކުޑަކުދިން ޝާމިލުވާ މައްސަލަތަކުގައި ކަމާއިބެހޭ އިދާރާތަކުން ޢަމަލުކުރުމަށް އެކުލަވާލާފައިވާ ޤަވާއިދުތަކާއި، އުޞޫލްތަކާއި، ސްޓެންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރސްތައް ރިވިއުކުރުމާއި، ކުޑަކުދިންގެ ޙައްޤުތަކަށް އިހުމާލްވެފައިވާ ވަކިވަކި މައްސަލަތައް ބަލައި ދިރާސާކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

އަދި ކޮމިޝަނުގެ މަސައްކަތަށް ހުރިހާ މުއައްސަސާއަކުން ދެއްވާ އެއްބާރުލުމަށް ވަނީ ޝުކުރުއަދާކޮށްފައެވެ. ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ މިންވަރަކުން ހާމަކުރެވެން ހުރި މަޢުލޫމާތު ހިއްސާކުރަމުންގެންދާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު