Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕިއޭ-އެމެރިކް އޮބާމަޔަން

ކްލަބު ބަދަލުކުރަން އޮބާމަޔަންއަށް ގޮބެނީސް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ގޮވާލައްވައިފި

13 އެޕްރީލު 2020 | ހޯމަ 07:56

"އޮބާމަޔަން ދަނީ އާސެނަލްގައި ފެއިލްވަމުން"

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 އެޕްރީލު 2020 | ހޯމަ 07:56
އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލްގައި ފެއިލްވަމުންދާތީ ކްލަބު ބަދަލުކުރަން އެޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންއަށް ގޮބެނީސް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ޕިއޭ އެލައިން މޯންގުއެންގިއު ގޮވާލައްވައިފި އެވެ.

ގެބޮން އަށް އުފަން އުމުރުން 30 އަހަރުގެ އޮބާމަޔަން ހޯދުމަށް ޗެލްސީ އާއި ބާސެލޯނާއިންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޮބާމަޔަން މި ވަގުތު އާސެނަލްގެ އެއްބަސްވުމުގައި ހުރީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އާސެނަލުން އޮބާމަޔަން އަށް އައު އެއްބަސްވުމެއް ދޭން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެހެންކަމުން މި ސީޒަނަށްފަހު އޮބާމަޔަން ވިއްކާލަން އާސެނަލުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ގޮބެނީސް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ވިދާޅުވީ އާސެނަލާއެކު އޮބާމަޔަންއަށް އެއްވެސް ކާމިޔާބީއެއް ހޯދިފައިނުވާ ކަމަށާއި، އާސެނަލުން މިހާރު ގެންގުޅޭ ޓާގެޓަކީ ޔޫރަޕްގެ އެހެން ކްލަބުތަކާ އަޅާ ބަލާއިރު، ކުޑަ ޓާގެޓެއް ކަމަށެވެ. އަދި ވިދާޅުވީ އޮބާމަޔަންއަކީ ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ކްލަބެއްގައި ހުންނަން ޖެހޭނެ ކުޅުންތެރިއެއް ކަމަށާއި، މުޅި ގޮބެންގެ ހުރިހާ ރައްޔިތުންވެސް އޭނާއާ ދޭތެރޭ ދެކެނީ އެފަދަ ހުވަފެންތަކެއް ކަމަށެވެ. އަދި ހާއްސަކޮށް ވަރުގަދަ ކްލަބެއްގައި ކާމިޔާބު ކެރިއަރެއް ނިންމާލުމަކީ އޮބާމަޔަންއަށް މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އޮބާމަޔަން ހޯދަން ޗެލްސީ އާއި ބާސާއިންވެސް މަސައްކަތް ކުރަމުން އަނަނއިރު، މިފަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އޮބާމަޔަން ހޯދަން ބާސާއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެކަމަކު އޮބާމަޔަންއަށް ބާސާއިން އަދިވެސް ޝައުގުވެރިވާ ކަމަށާއި، މި ސީޒަން ނިމުމުން އޮބާމަޔަން ހޯދަން 50 މިލިއަން ޔޫރޯގެ ބިޑެއް ކުރަން ބާސާ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ދެ އަހަރު ކުރިން ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 63 މިލިއަން ޔޫރޯ އަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 96 މެޗުގައި 61 ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް