Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް

8 ފެބްރުއަރީގައި ރޯކޮށްލި ބައެއް ޕޮލިސް ސްޓޭޝަންތައް އަލުން އިމާރާތްކުރަނީ

މި ތަންތަން ހަދަން ނިންމާފައިވަނީ ޑިޒައިން، ބިލްޑް އަދި ޕްރީ-ކާސްޓް އުސޫލުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 އެޕްރީލު 2020 | ހޯމަ 07:34
8 ފެބްރުއަރީގައި ރޯކޮށްލި ތިނަދޫ ޕޮލިސް ސްޓޭޝަން

8 ފެބްރުއަރީގައި ރޯކޮށްލި ތިނަދޫ ޕޮލިސް ސްޓޭޝަން

2012 ފެބްރުއަރީ 8 ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ރޯކޮށްލި 2 ޕޮލިސް ސްޓޭޝަނަކާއި ފުހުންގެ 3 އެކަމަޑޭޝަނެއް ޑިޒައިން، ބިލްޑް އަދި ޕްރީ-ކާސްޓް އުޞޫލުން ހަދަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޑިޒައިން، ބިލްޑް އަދި ޕްރީ-ކާސްޓް އުޞޫލުން ޢިމާރާތް ކުރުމަށް ނިންމާފައިވަނީ ގދ. ތިނަދޫ އަދި ސ. ގަމުގައި ޕޮލިސް ސްޓޭޝަން އަދި އެކޮމޮޑޭޝަން ޢިމާރާތުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން ސ. ހިތަދޫގައި ޕޮލިހުންގެ އެކޮމޮޑޭޝަން ޢިމާރާތުގެ މަސައްކަތް ޑިޒައިން، ބިލްޑް އަދި ޕްރީ-ކާސްޓް އުޞޫލުން ކުރުމަށް ވަނީ ނިންމާފައެވެ.

މިއީ މި އަހަރުގެ ތެރޭގައި ފެށުމަށް ހަމެޖެހިފައިވާ 3 މަޝްރޫޢެކެވެ. އެގޮތުން މި ތަންތަނުގައި ޕޮލިސް ސްޓޭޝަން އަދި އެކޮމޮޑޭޝަން ޢިމާރާތުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ 2012 ވަނަ އަހަރު ފެބްރުއަރީ 8 ގައި ހިނގި ހަމަ ނުޖެހުންތަކުގައި އެތަންތަން ރޯކޮށްލާ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫޢުތަކުގެ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުޞޫލުގެ މަތިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި, ބަލައިގަންނާނީ 17 މާރޗް 2020 އިން 05 މޭ 2020 އަށް، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 12:00 އަށެވެ. އަދި ރަމަޟާން މަހު ހެނދުނު 09:30 އިން 11:30 އަށް، އަދި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަސްތަކުގައި ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 އަށް މިމިނިސްޓްރީ އިންނެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު