Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮވިޑް-19 އިން ރަނގަޅުވި ދިވެހި ޑޮކްޓަރުގެ އިލްތިމާސް: ސޯޝަލް ޑިސްޓެންސް ގެންގުޅޭ އަތްދޮވުން މުހިންމު

13 އެޕްރީލު 2020 | ހޯމަ 07:25

ކަރަންޓީނު ނިންމާ މުޖުތަމަޢުއަށް ނިކުންނަ ފަރާތްތަކުން ވީހާވެސް ބޮޑަށް ސެލްފް އައިސޮލޭޝަންގައި ތިބުމަކީ މުހިންމު ކަމެއްކަމަށް ޑޮކްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 އެޕްރީލު 2020 | ހޯމަ 07:25
ޑރ. ޝައްފާނާ ހަމީދު - ރާއްޖެއެމްވީ

ޑރ. ޝައްފާނާ ހަމީދު - ރާއްޖެއެމްވީ

އިނގިރޭސިވިލާތުގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަނިކޮށް އެވައިރަސްއަށް ޕޮޒިޓިވްވެ އަދި މިހާރު ރަނގަޅުވެފައިވާ ޑރ ޝައްފާނާ ހަމީދު ދިވެހި ރައްޔިތުންނަށް ދެއްވަން ބޭނުންވާ މެސެޖަކީ ވީހާވެސް ބޮޑަށް ސޯޝަލް ޑިސްޓޭންސް ގެންގުޅެ ގިނަގިނަ އިން އަތްދޮވުމެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގުރާމަށް ދެއްވި ޚާއްޞަ އިންޓަވިއުގައި ދިވެހިންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖަކީ ކޮބައިތޯ ދެންނެވުމުން ޑރ ޝައްފާނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މިހާރުވެސް ކުރަމުން ގެންދާކަންކަމެއް ކުރުން މުހިންމު ކަމަށެވެ. ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ކަރަންޓީނު ކުރުމާއި، ކަރަންޓީނުގައި ތިބޭ މީހުން ދޫކޮށްލުމުގެ ކުރިން ވައިރަސް ހުރޭތޯ ޓެސްޓުކުރުމަކީ ކުރުން މުހިންމު ކަންތައްތައްކަަމަށް ޑޮކްޓަރ ވިދާޅުވި އެވެ. ޢާންމު ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް ދެއްވަން ބޭނުންފުޅުވާ މެސެޖަކީ އަދި ވަކިން ޚާއްސަކޮށް ކަރަންޓީނު ނިންމާ މުޖުތަމަޢުއަށް ނިކުންނަ ފަރާތްތަކުން ވީހާވެސް ބޮޑަށް ސެލްފް އައިސޮލޭޝަންގައި ތިބުމަކީ މުހިންމު ކަމެއްކަމަށް ޑޮކްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އިނގިރޭސިވިލާތުގައި ޑރ ޝައްފާނާ މަސައްކަތްކުރައްވާތާ 7 އަހަރު ވެފައިވާއިރު ޑޮކްޓަރ މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ހޮސްޕިޓަލުގައިވެސް ކޮވިޑް-19 ޖެހިގެން ބަލި މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އެތާންގެ ތަޖުރިބާއަށް ބައްލަވާ ދިވެހި މުޖުތަމަޢުގެ ތެރެއަށް ވައިރަސް ފެތުރިއްޖެނަމަ ކޮންޓްރޯލްކުރަން އުނދަގޫވާނެތީ އެކަމާއި ހާސްވެވަޑައިގަންނަވާ ކަމަށް ޑރ ޝައްފާނާ ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް މާލެފަދަ ތޮއްޖެހިފައިވާ ތަނެއްގައި ކޮންޓްރޯލްކުރަން އުނދަގޫވާނެކަމަށާއި ވައިރަސް ފެތުރިއްޖެނަމަ ހުރި ހޮސްޕިޓަލްތައްވެސް މިވައިރަސްގެ ބަލި މީހުންނާއިގެން ފުރޭނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އެކަމަށް ދުރާލާ ތައްޔާރަށް ތިބެންޖެހޭނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ އިނގިރޭސިވިލާތުގައި މިވައިރަސް ޖެހިގެން އަންނަ މީހުންނަށް ދެނީ ސަޕޯޓިވް ޓްރީޓްމެންޓެއްކަމަށެވެ. އެގޮތުން ޕެރެސެޓްމޯލާއި އޮކްސިޖަން އާއި ވެންޓިލޭޓަރގެ ބޭނުންކުރާ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ވައިރަސް އިން ރަނގަޅުކުުރުމަށް ވަކިން ޚާއްޞަ ބޭހެއް އަދި ނެތުމުން ވަކިވައްތަރެއްގެ ބޭހެއް ބޭނުންނުކުރާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ މިވައިރަސް އަށް ވެކްސިނެއް ހޯދުމަށް އަދިވެސް ވަރަށް ގިނަ ދުވަސްތަކެއް ނަގާނެކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅުގޮތަކީ ސޯޝަލް ޑިސްޓޭންސް ގެންގުޅޭ ބަލިން ރައްކާތެރިވެވޭނެ ގޮތްތަކަށް ދިރިއުޅުންކަމަށް ޑޮކްޓަރ ޝައްފާނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް